Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތުޅާދޫ ދާއިރާގެ ގޮނޑި

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ގޮނޑި ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު ކަމަށް އޯޑިއޯގައި ބުނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 އެޕްރީލު 2019 | އާދީއްތަ 02:39
ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ގާނޫނީ ވަކީލް ހިސާން ހުސައިން ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު

ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ގާނޫނީ ވަކީލް ހިސާން ހުސައިން ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު

ބ. ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާނެ ކަމަށް ބުނާ އޯޑިއޯއެއް ލީކްވެއްޖެއެވެ.

އެ އޯޑިއޯ އިން އިނގޭ ގޮތުގައި އެ ދާއިރާގެ ގޮނޑި ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނެވެ.

Advertisement - newsAdvertisement

ލީކްވެފައިވާ އޯޑިއޯގައި ވާހަކަ ދައްކާފައިވަނީ ދެ މީހެކެވެ.. އޭގެ ތެރެއިން އެކަކަކީ ވަކީލެއް ކަން އެނގެއެވެ.

މި އޯޑިއޯގައި ވަކީލާ ވާހަކަ ދެއްކި މީހާ ބުނާ ގޮތުން އޭނާ އަތުގައި ޕީޕީއެމުން ދިން ސިޓީ އާއި އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއަށް ދިން ސިޓީގެ ޖަވާބު އެބައޮތެވެ. އަދި އިލެކްޝަނުން ދިން ސިޓީގެ ޖަވާބުގައި ބުނާ ގޮތުން އެ މައްސަލަ އިތުރަށް ބަލަން ބޭނުންވާ ނަމަ ސުޕްރީމް ކޯޓަށް ދިއުމަށް އަންގާފައިވާ ކަމަށް އެމީހާ ބުނެއެވެ. އެމީހާގެ އެ ވާހަކަތަކަށް ރައްދުދީ ވަކީލު ބުނެފައިވަނީ އެ މައްސަލަ އަދި ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް މައްސަލަ ނިމޭނެ ގޮތް ނޭނގޭ ކަމަށެވެ.

ވަކީލުގެ އެވާހަކަތަކާ ގުޅިގެން އެމީހާ ބުނެފައި ވަނީ "އެއީ ގެރެންޓީ އެއްޗެއް" ކަމަށާއި އެ ވާހަކަ އިތުރަށް ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި އެކަހަލަ ބޭކާރު ކަމެއް ނުކުރާނެ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

ވަކީލު މާ ގިނަ އަޑުއެހެންތަކަށް ދާން ނުޖެހޭނެކަން ފާހަގަކޮށް އެމީހާ ބުނެފައިވަނީ ސުޕްރީމް ކޯޓުން އަމުރެއް ނެރޭނެ ކަމަށެވެ. އަދި އެ މައްސަލާގައި މާބޮޑު ވަކާލާތު ކުރުންތަކެއް ނޯންނާނެ ކަމަށް ވެސް އެމީހާ އޯޑިއޯގައި ވަކީލު ކައިރީގައި ބުނެފައިވެއެވެ.

އިލްކްޝަންސް ކޮމިޝަންގެ ދާއިމީ ނަތީޖާތައް ދައްކާ ގޮތުން ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ގާނޫނީ ވަކީލް ހިސާން ހުސައިނެވެ. އިންތިހާބުގައި ހިސާންއަށް 1521 ވޯޓް ލިބިފައިވާއިރު މި ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓް މުހައްމަދު އަތީފަށް ލިބިފައިވަނީ އެންމެ 796 ވޯޓެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު