Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ސިއްހަތު

ލުނބޯއިން ހަށިގަނޑަށް ލިބޭ ފައިދާ

ނޭވާލާން އުދަނގޫ ތަކެއް ކުރިމަތިވާނަމަ ލުނބޯ ފަނި ބުއިމުން ފަސޭހަވޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 14 އެޕްރީލު 2019 | އާދީއްތަ 04:15
ލުނބޯ ފަނީގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭ

ލުނބޯ ފަނީގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭ

ލުނބޯ ފަންޏަކީ ހަށިގަނޑަށް ފައިދާ ހުރި އެންމެ މުހިއްމު ބުއިމުގެ ތެރެއިން އެއް ބުއިމެވެ. ހެނދުނު ހެނދުނާ ހާބަނޑާ ހުރެ ލުނބޯ ފަނިތައްޓެއް ބޯލުމުން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިބެއެވެ. މީހާގެ ހަންގަނޑު ރީތިކޮށް ދިނުމުގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ. ވިޓަމިން ސީގެ އިތުރުން އެހެނިހެން މާއްދާތައް ހިމޭނެ ލުނބޯ އަކީ ކެލޮރީ މަދު އަދި ހަކުރު މަދު ބުއިމެކެވެ. ކޮންމެ ދުވަހަކު ލުނބޯ ފެން ތައްޓެއް ބޯލުމުން ހަށިގަނޑަށް އޭގެ ސަބަބުން އެތައް ފައިދާ ތަކެއް ލިބޭއެވެ.

1. ހަށިގަނޑު ހައިޑްރޭޓެ ކޮށްދޭ

ޑިހައިޑްރޭޝަން އަކީ އާއްމުކޮށް ހުރިހާ އުމުރުގެ މީހުންނަށް ދިމާވާ ކަމެކެވެ. ދުވާލެއްގެ މައްޗަށް އަންހެނަކު 2.7 ލީޓަރު ފެން ބޯން ޖެހޭއިރު ފިރިހެނަކު 3.7 ލީޓަރު ބޯން ޖެހޭއެވެ. އެއީ ފެނުގެ އިތުރުން އެހެން ދިޔާ ތަކެތި ހިމެނޭ ގޮތަށެވެ. އެ މިންވަރަށް ފެން ނުބޮވޭނަމަ ލުނބޯ ފެން ބުއިމުން ހަށިގަނޑަށް ދުވާލަކަށް ލިބެން ޖެހޭ ފެން ލިބެއެވެ. ލުނބޯ އަކީ އޭގެ ޒާތުގައި ''ވިޓަމިން ސީ''ގެ މާއްދާއިން މުއްސަނދި ވެފައިވާ މޭވާއެކެވެ. ލުނބޯއެއްގެ ދެބައި ކުޅަ އެއްބައި ފެން ޖޯޑެއް ބުއިމުން ދުވާލަކަށް ލިބެން ޖެހޭ ވިޓަމިން ސީ ލިބެއެވެ. ހިތުގެ ބަލިތަކުގެ އިތުރުން ސްޓްރޯކް ފަދަ ބަލިތަކުން މީހާ ދުރުކޮށްދެއެވެ.

2. ހަންގަނޑު ރީތިކޮށްދޭ

ހަށިގަނޑުގައި ޕެކްޓިން ފައިބާރތައް ހުންނައިރު، ލުނބޯ ފެން ބުއިމުން ބަނޑުހައި ވުމާއި ފޮނި އެއްޗެހި ކެއުމުން ދުރުހެލި ކޮށްދެއެވެ. ހަންގަނޑު އޮމާން ކޮށް ރީތީ ކޮށްދެއެވެ. ވިޓަމިން ސީގެ ސަބަބުން ހަންގަނޑުގައި ރޫ ޖެހުމާއި ކުރަކިވުމާއި، އިރުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ދުރުކޮށްދެއެވެ. ހަށިގަނޑުގައި ހުންނަ ބޭކަރު އެއްޗެހި ދުއްވާލައި ހަށިގަނޑު ރީތި ކޮށްދޭއެވެ. ލުނބޯ ޖޫސް ބުއިމުގެ ސަބަބުން މީހާ ތާޒާކޮށްދެ އެވެ.

3. ހަޖަމް ކުރަން ފަސޭހަވޭ

ބޭރަށް ހިނގާ ފަދަ ބަލިތަކަށް އެންމެ ރަނގަޅު ބުއިމަކީ ލުނބޯ ފެނެވެ. ހެނދުނު ގަޑީގައި ލުނބޯ ފެންތައްޓެއް ބޯލުމުން މީހާގެ އެތެރެހަށީގެ ނިޒާމަށް ލުއިތަކެއް ލިބޭއެވެ.

4. ނޭވާލަން ފަސޭހަވޭ

ނޭވާލާން އުދަނގޫ ތަކެއް ކުރިމަތިވާނަމަ ލުބޯ ޖޫސް ބޭނުން ކުރުމުން އެކަމަށް ހައްލެއް ލިބޭނެއެވެ. ނޭވާލުމުން ދުރުހެލިވާން ކޮންމެ ކެއުމަކަށް ފަހު ހޫނު ލުނބޯ ފެން ތައްޓެއް ބޯން ޖެހެއެވެ.

5. ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށްދޭ

ލުނބޯގައި ހިމެނޭ މައުދަނެއް ކަމަށްވާ ސެޓްރިކް އެސިޑްގެ ސަބަބުން ކިޑްނީ ގައި ހިލަ އުފެދުމުން ދުރުކޮށްދޭއެވެ. ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށް ދިނުމަށް ލުނބޯއަކީ އެންމެ ފައްކާ އެއްޗެވެ. ލުނބޯ އަކީ ހިމެނޭ ސެޓްރިކްގެ ސަބަބުން އުފެދޭ ކުދި ހިލަތައް ފުނޑުފުނޑު ކޮށްލައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީނަޓް ބަޓަރު - ހަށިގަނޑަށް ރަނގަޅު އެއްޗެއްތަ؟

ޕީނަޓް ބަޓަރު - ހަށިގަނޑަށް ރަނގަޅު އެއްޗެއްތަ؟

03 ޖޫން 2018
ނިދުން: ފައިދާ ހުރި ކަސްރަތެއް

ނިދުން: ފައިދާ ހުރި ކަސްރަތެއް

29 މެއި 2018
ސެލެޑް: ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭ، ނުކާންވީ ސަބަބެއް ނެތް

ސެލެޑް: ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭ، ނުކާންވީ ސަބަބެއް ނެތް

27 މެއި 2018
ކަދުރުން ލިބޭ އަޖައިބެއް ފަދަ ފައިދާ

ކަދުރުން ލިބޭ އަޖައިބެއް ފަދަ ފައިދާ

15 މެއި 2018
ބީޓާ ކެރޮޓީން- ހަށިގަނޑަށް ކިހާ މުހިއްމުތަ؟

ބީޓާ ކެރޮޓީން- ހަށިގަނޑަށް ކިހާ މުހިއްމުތަ؟

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު