Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލަކު ރިންގް ރޯޑް

ފުވައްމުލަކު ރިންގް ރޯޑް ޕްރޮޖެކްޓް: ރައްޔިތުންގެ މަޝްވަރާ ނުހޯދާތީވެ ޝަކުވާ

13 އެޕްރީލު 2019 | ހޮނިހިރު 14:40

ރިންގް ރޯޑުގެ ޑިޒައިން ބަދަލު ކުރަން އެދިފައިވާ އިރު ގެނައީ ކޮން ބަދަލުތަކެއް ކަން ކައުންސިލަށް އަންގާފައެއް ނުވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 13 އެޕްރީލު 2019 | ހޮނިހިރު 14:40
ފުވައްމުލަކު ރިންގް ރޯޑް

ފުވައްމުލަކު ރިންގް ރޯޑް

ރައްޔިތުންގެ މަޝްވަރާ އެއް ނެތި ފުވައްމުލަކު ރިންގް ރޯޑް ޕްރޮޖެކްޓް ކުރިއަށް ގެންދާތީވެ އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

'' ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ޑިޒައިންގެ މައްސަލަ ކަމާބެހޭ ފަރާތައް އެންގިން. އޭރުވެސް އެ މައްސަލަ ހައްލު ނުވެ އޮތީ... މިހާރު ވެސް އެވާހަކަ ދައްކަ ދައްކާ މި ތިބެނީ. ކުއްލި އަކަށް މި ފެނުނީ އެ ޕްރޮޖެކްޓް އެމްޓީސީސީ އާ ހަވާލު ކުރިތަން. އިހަށް ދުވަހު ބުނީ ރަސްމިއްޔާތަށް ތައްޔާރު ވާށޭ، އެހެން އެކަމެއް ނުވާނެއް ނުން،''

މިއީ ފުވައްމުލަކު މޭޔާރު އެ ރަށުގެ ރިންގް ރޯޑުގެ ޑިޒައިން ރަށުގެ ރައްޔިތުންނަށް ހާމަކޮށްފައި ނުވާތީވެ ހިތްހަމަ ނުޖެހުން ފާޅުކުރަމުން ވާހަކަ ފެށި ހިސާބެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އެ މަޝްރޫއު ކުރިޔަށް ގެންދަން ފެށުމުން އެ ރަށު ރައްޔިތުން ވަނީ ރިންގް ރޯޑްގެ ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް އެދިފައެވެ. މި ސަރުކާރު ވުޖޫދަށް އައުމަށް ފަހު ރިންގް ރޯޑްގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އެކަމަކު އެ ޙަބަރު ވެސް ލިބުނީ، ނޫސްތަކުން ކަމަށާއި، ރަސްމީކޮށް އެ ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލު ކުރިކަމެއް ކައުންސިލަށް އަންގާފައި ނުވާ ކަމަށް ފަލާހު ވަނީ ވިދާޅުވިއެވެ.

ފުވައްމުލަކު މޭޔަރ ފަލާހް ޝަރީފް

އަދި ރިންގް ރޯޑުގެ ޑިޒައިން ބަދަލު ކުރަން އެދިފައިވާ އިރު ގެނައީ ކޮން ބަދަލުތަކެއް ކަން ރައްޔިތުންނަށް އަންގާފައިނުވާ ކަމަށް ފަލާހު ވިދާޅުވިއެވެ. އެކަމާއި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

'' މީގެ ޕޮއިންޓަކީ މި ފަދަ މަޝްރޫއުތައް ހިންގާއިރު ރައީސް ވިދާޅުވެފައި އޮތީ ރައްޔިތުންގެ މަޝްވަރާއެކު ކަންތައް ކުރިޔަށް ގެންދާނީ. ޑިޒައިންގެ މައްސަލަ ހުށައަޅާ އެ މައްސަލަ ބޮޑުވެފައި އޮއްވާ.. މަޝްވަރާތަކެއް ނުކޮށް ކުއްލިޔަކަށް އިއުލާން ކުރީ. އެއީ ރަނގަޅު ގޮތެއް ނޫންތާ'' ފަލާހު ވިދާޅުވިއެވެ.

މި ސަރުކާރުން ކޮންމެ ރަށެއްގައި ވެސް މަޝްރޫއުތައް ހިންގާނީ އެ ރައްޔިތުންގެ މަޝްވަރާތަކުގެ މަތިން ކަމަށް ރިޔާސީ އިންތިހާބު ތެރޭގައި ރ. ފައިނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން ފުރަތަމަ ކުރާނެ ކަމަކީވެސް މަޝްރޫއާއި ބެހޭ ގޮތުން ރައްޔިތުންނާއި މަޝްވަރާކުރުން. ރަށުގެ ކައުންސިލާއި މަޝްވަރާކޮށް މަޝްރޫއު ކުރިއަށް ގެންދާނެ ގޮތްތައް ނިންމުން. ޚަރަދު ކުރާނީވެސް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް އެނގޭގޮތަށް." ރައީސް ސޯލިހު ވިދާޅުވިއެެވެ.

ފުވައްމުލަކު ރިންގް ރޯޑްގެ މައްސަލާގައި ރައްޔިތުންގެ ކުރި ކަންބޮޑުވުން ޕްލޭނިންގ މިނިސްޓްރީއާ ހިއްސާ ކޮށްފައިވާނެ ކަމަށާއި، އެކަން މިހާތަނަށް ކާމިޔާބު ވެފައިނުވާ ކަމަށް ފަލާހް ވަނީ ވިދާޅުވިއެވެ.

މިކަމާއި ބެހޭ ގޮތުން ޕްލޭނިންގ މިނިސްޓްރީގެ ބަހެއް ހޯދާލުމަށް މީޑިއާ އޮފިޝަލަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

ރިންގް ރޯޑް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ މަޝްރޫއުއަށް 32 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް