Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ކޮމަންވެލްތް އޮބްޒާވަރުންގެ ޓީމުން ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

13 އެޕްރީލު 2019 | ހޮނިހިރު 02:46

އިންތިހާބުގެ ކަންކަން ދިޔަ ގޮތަށް ވަނީ ތައުރީފުކުރައްވާފައި

އަމަން ހަލީމް
އަމަން ހަލީމް | 13 އެޕްރީލު 2019 | ހޮނިހިރު 02:46
ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބު މޮނިޓަރ ކުރަން ރާއްޖެއަށް އައި ކޮމަންވެލްތު އޮބްޒާވަރުންގެ ޓީމުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކޮށްފިއެވެ.

ޖަމައިކާގެ ކުރީގެ ބޮޑުވަޒީރު ހޮނޮރަބަލް ބްރޫސް ގޯލްޑިން އިސްވެ ހުންނެވި އޮބްޒާވަރުންގެ ޓީމުން ބުރާސްފަތި ދުވަހު ހާރިޖީ ވުޒާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ސުލްހަވެރި ތަރުތީބު އިންތިހާބެއް ބޭއްވުމުން އެކަމަށް ތައުރީފުކުރައްވާފައެވެ. އެގޮތުން ގޯލްޑިން ވަނީ އިންތިހާބުގައި ހަރަކާތްތެރިވި އޮފިޝަލުންގެ ޕްރޮފެޝަނަލިޒަމް އާއި ނަޒާހާތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ޒިންމާދާރު ގޮތެއްގައި ޓެކްނޮލޮޖީގެ ބޭނުން ކުރެއްވި ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިންތިހާބު ނިމުމާ އެކު ކޮމަންވެލްތު އޮބްޒާވަރުންގެ ޓީމުން ވަނީ އެ ފަރާތުގެ ހޯދުންތަކަށް ބިނާކޮށް ޕްރިލިމިނަރީ ބަޔާނެއް ނެރެފައެވެ. އޮބްޒާވަރުންގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ އިންތިހާބުގެ ކަންކަން ކަށަވަރު ކުރުމަށް ރަނގަޅު މާހައުލެއް އިންތިހާބުގެ ކުރިން ގާއިމުކުރެވިފައިވާ ކަމާއި، ވޯޓުލީ ދުވަހު ކަންކަން ހިނގައިދިޔަ ގޮތް ރަނގަޅުކަން ފާހަގަކުރައްވާފައެވެ. ފަހުގެ ތާރީހެއްގައި މަޖިލިސް އިންތިހާބުގައި ކަންކަން ހިނގައިދިޔަ ގޮތަށާއި ކުރިޔަށް އޮތް ތާނގައި ރަނގަޅުކުރަން ފެންނަ ކަންކަމަށް ބިނާކޮށް ތަފްސީލީ ބަޔާނެއް އޮބްޒާވަރުންގެ ޓީމުން ނެރެން ވަނީ ހަމަޖެހިފައެވެ.

ހާރިޖީ ވުޒާރާގައި އޮތް ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދުގެ އިތުރުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޙަލީލާއި، ފޮރިން ސެކެޓްރީ އަބްދުލް ގަފޫރު މުހައްމަދު، އެޑިޝަނަލް ސެކެޓްރީ އަދި އެސިސްޓަންޓް ޑިރެކްޓަރު ސަލްމާން ޒަކީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކޮމަންވެލްތް އޮބްޒާވަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ގޯލްޑިންގެ އިތުރުން އެ ޖަމިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ކްލާރާ ކޯލް އާއި ކޮމިއުނިކޭޝަން އޮފިސަރު ނޯބަރ އައްބާސީއެވެ.

މި މަހުގެ ތޭރަ ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ކޮމަންވެލްތް އޮބްޒާވަރުންގެ ޓީމު ރާއްޖެއަށް އައީ މާޗް 30 ވަނަ ދުވަހުގައެވެ. މި ދަތުރުފުޅުގައި އެ ބޭފުޅުން ވަނީ މާލޭގައި ގާއިމްކޮށްފައި ހުރި އިލެކްޝަންސް މެނޭޖްމަންޓް ސެންޓަރުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކަކަށް ވެސް ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން އެ ބޭފުޅުން ވަނީ ސިވިލް ސޮސައިޓީގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2017

ހާރިޖީ ސިޔާސަތު ވިއްކާލާފައިވާކަން އިތުރަށް ހާމަވެއްޖެ:އިދިކޮޅު ޕާޓީތައް

16 ސެޕްޓެމްބަރު 2017
ހާރިޖީ ސިޔާސަތު ވިއްކާލާފައިވާކަން އިތުރަށް ހާމަވެއްޖެ:އިދިކޮޅު ޕާޓީތައް
16 ސެޕްޓެމްބަރު 2017

ވޯޓުގައި ބައިވެރިނުވުމުން ހާރިޖީ ސިޔާސަތު އެހެން ބަޔެއްގެ އަތް މައްޗަށް ދޫކޮށްލާފައިވާކަން ހާމަވޭ: ނަޝީދު

16 ސެޕްޓެމްބަރު 2017
ވޯޓުގައި ބައިވެރިނުވުމުން ހާރިޖީ ސިޔާސަތު އެހެން ބަޔެއްގެ އަތް މައްޗަށް ދޫކޮށްލާފައިވާކަން ހާމަވޭ: ނަޝީދު
16 އޯގަސްޓު 2017

ހޮޓެލް ޖެންގެ ހަތަރުވަނަ ފަންގިފިލާއިން ދުން އަރަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފި

16 އޯގަސްޓު 2017
ހޮޓެލް ޖެންގެ ހަތަރުވަނަ ފަންގިފިލާއިން ދުން އަރަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފި
31 ޖުލައި 2017

މާދަމާވެސް މަޖިލީހުގެ ޖަލްސާއެއް، އެޖެންޑާގައި އޮތީ ވަޒީރާ ސުވާލު ކުރުން އެކަނި!

31 ޖުލައި 2017
މާދަމާވެސް މަޖިލީހުގެ ޖަލްސާއެއް، އެޖެންޑާގައި އޮތީ ވަޒީރާ ސުވާލު ކުރުން އެކަނި!
11 ޖުލައި 2017

ރައީސް ނަޝީދު ލަންކާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

11 ޖުލައި 2017
ރައީސް ނަޝީދު ލަންކާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި
06 ޖޫން 2017

ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު މިދަނީ މުޅި ދުނިޔެއަށް ވިއްކަމުން: ޝާހިދު

06 ޖޫން 2017
ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު މިދަނީ މުޅި ދުނިޔެއަށް ވިއްކަމުން: ޝާހިދު
05 ޖޫން 2017

ދިވެހި ހާރިޖީ ސިޔާސަތު ކަނޑައަޅަނީ ރިޔާޟްގައި ތިބި ފައިސާވެރިން: ރައީސް ނަޝީދު

05 ޖޫން 2017
ދިވެހި ހާރިޖީ ސިޔާސަތު ކަނޑައަޅަނީ ރިޔާޟްގައި ތިބި ފައިސާވެރިން: ރައީސް ނަޝީދު
20 އެޕްރީލު 2017

ރައުދާގެ ކޮލެޖު މީހުންގެ ހާޒިރުގައި ސީއައިޑީގެ ޓީމުން ތަހުގީގު ކުރިއަށް ގެންގޮސްފި

20 އެޕްރީލު 2017
ރައުދާގެ ކޮލެޖު މީހުންގެ ހާޒިރުގައި ސީއައިޑީގެ ޓީމުން ތަހުގީގު ކުރިއަށް ގެންގޮސްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2017
ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް