Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ ކުންފުނި

ބޭރުގައި އުޅޭ ދިވެހިންނަށް ހާއްސަ ކުރި މެރަނާ ސްކީމުގައި 2690 މީހުން ރަޖިސްޓްރީ ކޮށްފި

12 އެޕްރީލު 2019 | ހުކުރު 13:49

އަހަރަކު 150،000 ރުފިޔާ ހަމަޖެހިގެން ދާނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 12 އެޕްރީލު 2019 | ހުކުރު 13:49
އާސަންދަ ކުންފުނި

އާސަންދަ ކުންފުނި

އާސަންދަ ކުންފުނިން އަލަށް ތައާރަފް ކުރި މެރަނާ ސްކީމުގައި މިހާތަނަށް 2,690 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މެރަނަ ސްކީމްގެ މައުލޫމާތުތައް ހިއްސާކުރުމަށް ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އައިމިނަތު ޒީނިޔާ ވިދާޅުވީ މެރަނާ ސްކީމުގެ ހިދުމަތް ލިބޭނީ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި ދިގު މުއްދަތަކަށް ދިރިއުޅުމުންގެންދާ ރައްޔިތުންނަށް ކަމަށާއި އެ ސްކީމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެ ސްކީމްގެ ދަށުން ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ހުސްނުވާ އާސަންދައިގެ ހިދުމަތް ނުލިބޭނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
" މެރަނަ ސްކީމުގެ ވެރިފަރާތަކީ އާސަންދަ ކުންފުނި. މި ސްކީމުން ހިދުމަތް މި ލިބެނީ ކުރިން ބުނިހެން އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި ދިގު މުއްދަތަކަށް ދިރިއުޅޭ ދިވެހި ރައްޔިތުންނަށް. ދިގު މުއްދަތަށޭ މި ބުނަނީ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ވިސާގައި ތިބޭ ދިވެހި ރައްޔިތުންނަށް،" ޒީނިޔާ ވިދާޅުވިއެވެ.

"މެރަނާ" ސްކީމުގެ ކޮންމެ ބައިވެރިއަކަށް ޖުމުލަ ކަވަރޭޖުގެ ގޮތުގައި އަހަރަކު 150،000 ރުފިޔާ ހަމަޖެހިގެން ދާއިރު އެނދުމަތި ނުކޮށް (އައުޓް ޕޭޝަންޓް / އޯ.ޕީ) ޚިދުމަތުގެ ޖުމުލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10،000 ރުފިޔާ އަދި އެނދުމަތި ކޮށްގެން (އިންޕޭޝަންޓް/އައި.ޕީ) އެޑްމިޝަން ހިމަނައިގެން ޖުމުލަ ކަވަރޭޖާއި އެއްވަރުގެ އަދަދެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައުޓްޕޭޝަންޓްގެ ގޮތުގައި ދައްކާނަމަ ހަރަދުވާ އަދަދު އަނބުރާ ދޭ ކަމަށް ވެސް ޒީނިޔާ ވިދާޅުވިއެވެ. މި ހިދުމަތް އާސަންދައިގެ ފަރާތުން ވެސް ލިބޭނީ އެ ތިން ގައުމުގެ އާސަންދަ އެމްޕެނަލްޑް ހޮސްޕިޓަލްތަކުން އެކަންޏެވެ. އަދި ހޮސްޕިޓަލުން ހިދުމަތަށް ނަގާ އަދަދު ކަނޑައަޅާނީ އާސަންދަ އާއި ހޮސްޕިޓަލާއި ހެދިފައިވާ އެގްރީމެންޓެއްގެ ދަށުން އެއްބަސްވެފައިވާ އަދަދެއް ކަމަށާއި ބާކީ އަމިއްލައަށް ދައްކަންޖެހޭނެ ކަމަށް ވެސް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޒީނިޔާ ވިދާޅުވީ އޭޕްރީލް އެއް ވަނަ ދުވަހުން ފެށިގެން އިންޑިއާ އަދި ސްރީލަންކާގައި މި ހިދުމަތް ލިބޭނެ ކަމަށާއި މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުނަށް މެރަނާ ސްކީމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ވާންޖެހޭ އިދާރީ ތައްޔާރީތައް ވަމުންދާއިރު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް މި ޚިދުމަތް ލިބެންދާނެ ކަމަށެވެ.

އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ހޮސްޕިޓަލަކުން މިވަގުތު ވެސް މި ސްކީމްގެ ޚިދުމަތް ލިބެން ހުރިއިރު "މެރަނާ" ސްކީމްގައި ރެޖިސްޓަރ ވެވޭނީ abroad.aasandha.mv މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާތަނަށް ސްރީލަންކާއިން ވަނީ ހަތަރު ބޭފުޅަކު މި ހިދުމަތުގެ ދަށުން ބޭސްފަރުވާކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް