Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިހާބު 2019

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

12 އެޕްރީލު 2019 | ހުކުރު 05:57

ފަސް ކެނޑިޑޭޓުންވެސް ނިސްބަތް ވަނީ އެމްޑީޕީއަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 12 އެޕްރީލު 2019 | ހުކުރު 05:57
އެންމެ ގިނަ ވޯޓް ހޯއްދެވި 5 ބޭފުޅުން

އެންމެ ގިނަ ވޯޓް ހޯއްދެވި 5 ބޭފުޅުން

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަަށް ނިސްބަތްވާ ފަސް ބޭފުޅުންނެވެ.

އެންމެ ގިނަ ވޯޓު ހޯއްދެވީ ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ނާޒިލެވެ. ހިތަދޫ ދެކުނު ދާއިރާއަށް ވޯޓްލުމުގެ ހަައްގު ލިބިފައިވާ 4،154 މީހުން ތިބިއިރު، ވޯޓްލާފައި ވަނީ 2798 މީހުންނެވެ. އޭގެ ތެރެއިން 1931 ވޯޓް ނާޒިލް ވަނީ ހޯއްދަވައިފަ އެވެ. އެއީ 70.29 ޕަސެންޓް ވޯޓެވެ. ނާޒިލްއާ އެންމެ ގާތުން ވާދަކުރެއްވި ޑރ. އަހުމަދު އަދީލަށް ލިބިވަޑައިގަތީ 646 ވޯޓެވެ.

Advertisement - newsAdvertisement

ނާޒިލް އަށް މި ފަހަރުގެ އިންތިޚާބުގައި އެހެން ކާމިޔާބެއް ވެސް ލިބިވަޑައިގެންފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުން ނާޒިލްއަށް އަލަށް ފުރުސަތު ލިބިވަޑައިގެންނެވިއިރު، އޭނާގެ އަނބިކަނބަލުން މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން ވެސް ވަނީ އޭނާ ވާދަކުރެއްވި ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.

މި އިންތިޚާބުގައި ދެ ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ހޯރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަހުމަދު ސަލީމެވެ. އޭނާއަށް މި އިންތިޚާބުގައި 1829 ވޯޓް ލިބިވަޑައިގަތެވެ. އެ ދާއިރާގެ ތިން ރަށުގައި ވޯޓް ލިބުމުގެ ހައްގު ލިބިގެންވާ 3،423 މީހުން ތިބި އިރު ވޯޓް ލާފައިވަނީ، 3112 މީހުންނެވެ. ސަލީމް މިފަހަރުގެ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވިއިރު، ވާދަވެރި ކެންޑިޑޭޓް މުހަައްމަދު އިސްމާއިލްއަށް ލިބިވަޑައިގަތީ 1232 ވޯޓެވެ.

ތިންވަނަ އަދި އެންމެ ގިނަ ވޯޓު ހޯއްދެވީ ފޭދޫ ދާއިރާއަށް ވާދަކުރެއްވި މުހައްމަދު ނިހާދެވެ. އެ ދާއިރާއަށް ވޯޓްލި 3306 މީހުންގެ ތެރެއިން ނިހާދު އަށް 1781 ވޯޓް ލިބިވަޑައިގަތެވެ. ފޭދޫ ދާއިރާއަށް ވޯޓް ލުމުގެ ހައްގު ލިބިގެންވަނީ 4032 މީހުންނަށެވެ. ނިހާދާއިއެކު ވާދަކުރެއްވި، މިހާރުވެސް އެދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ މެންބަރު އިބުރާހިމް ދީދީ (އައިބީ)އަށް ލިބިލެއްވީ 1460 ވޯޓެވެ.

ދާއިރާ ނަން ވޯޓްގެ އަދަދު ހިތަދޫ ދެކުނު ދާއިރާ އިބްރާހިމް ނާޒިލް 1931 ހޯރަފުށީ ދާއިރާ އަހުމަދު ސަލީމް 1829 ފޭދޫ ދާއިރާ މުހައްމަދު ނިހާދު 1781 ހިންނަވަރު ދާއިރާ ޖީހާން މަހުމޫދު 1779 ފުވައްމުލަކު އުތުރު ދާއިރާ މުހައްމަދު ރަޝީދު 1775

އިންތިޚާބުގައި ހަތަރު ވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ހިންނަވަރު ދާއިރާއަށް ކުރިމަތި ލެއްވި ޖީހާން މަހުމޫދެވެ. އޭނާއަށް 1779 ވޯޓް ލިބިވަޑައިގަތެވެ. އަދި ފަސް ވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު (ދޮންބެ) އެވެ. އޭނާ 1775 ވޯޓު ހޯއްދެވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، މިއީ އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ޖުމުލަ މީހުންގެ އަދަދަކީ 264442 މީހުނަށެވެ. އޭގެ ތެރެއިން ވޯޓު ލާފައިވަނީ 201279 މީހުންނެވެ. އިންތިޚާބުގައި އެމްޑީޕީން ވަނީ 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދައިފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް