Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލ؛ިސް

ބާރަށު ދާއިރާގެ ވޯޓު ގުނުމުން ދެ ކެންޑިޑޭޓުންނަށް އިތުރު ހަތް ވޯޓު!

11 އެޕްރީލު 2019 | ބުރާސްފަތި 12:41

އަހުމަދު ކުރި ހޯއްދެވީ 42 ވޯޓުގެ ތަފާތުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 11 އެޕްރީލު 2019 | ބުރާސްފަތި 12:41
އަހުމަދު އަބްދުﷲ: ތިން ފޮށްޓެއް ގުނުމުން ވެސް ކުރި ހޯއްދެވި

އަހުމަދު އަބްދުﷲ: ތިން ފޮށްޓެއް ގުނުމުން ވެސް ކުރި ހޯއްދެވި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާގެ ބާތިލު ވޯޓު އަލުން ގުނުމުން, އެ ދާއިރާއަށް ވާދަ ކުރެއްވި ދެ ކެންޑިޑޭޓުންނަށް ހަތް ވޯޓު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ބާރަށު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވުމަށް ނުކުންނެވި، އެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއާ ވާދަ ކުރައްވައި، އެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީ އަހުމަދު އަބްދުﷲ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރިން ވެސް ކުރައްވާފައިވާ އަހުމަދު އަބްދުﷲ އެ ގޮނޑި ކާމިޔާބު ކުރެއްވީ 42 ވޯޓުގެ ފަރަގުންނެވެ.

Advertisement - newsAdvertisement

އެ ދާއިރާގެ ބާތިލު ވޯޓު 64 އަރާފައިވުމުން، އިލެކްޝަންސް ކޮމިޝަނުން ބުދަ ދުވަހުގެ ރޭ ވަނީ އެ ދާއިރާގެ ތިން ވޯޓު ފޮށްޓެއް އަލުން ގުނާފައެވެ. ވޯޓު އަލުން ގުނުމުން ބާތިލު ވޯޓުތަކުގެ ތެރެއިން ބައެއް ވޯޓުތައް ވަނީ ސައްހަ ވޯޓުގެ ގޮތުގައި ކަނޑައަޅާފައެވެ.

އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލުމާތު ދެއްވަމުން އެ ކޮމިޝަންގެ ސްޕޯކްސްޕާސަން އަހުމަދު އަކްރަމް ވިދާޅުވީ ބާރަށު ދާއިރާގެ ފުރަތަމަ ފޮށި ގުނިއިރު، ކުރިން ނުލިބޭ ހަތް ވޯޓު ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ކަމަށެވެ. ނަމަވެސް އެ ދާއިރާގެ ދެ ވަނަ ފޮށްޓާއި ތިން ވަނަ ފޮށި ގުނިއިރުގައި އިތުރު ބަދަލުތަކެއް ނައުމުން، ދެން އެ ދާއިރާގެ ވޯޓު ފޮށިތައް އަލުން ނުގުނުމަށް ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"މި ވާގޮތަކީ ފަރަގަށް ވުރެ 22 ވޯޓު އިތުރު ކަމަށް މި ދައްކަނީ. އެހެންވީމަ އަޅުގަނޑުމެން ގުނިއިރުގަ، ފުރަތަމަ ފޮށިން ކުރިން ނުލިބޭ ހަތް ވޯޓު ކޮންމެ ކެންޑިޑޭޓަކަށް ލިބިފައި އެބަވޭ. ދެން އަޅުގަނޑުމެން ދެ ވަނަ ފޮށްޓާއި ތިން ވަނަ ފޮށި ގުނިއިރު، އިތުރު ބަދަލުތަކެއް ނައީމަ، ބާރަށު ދާއިރާގެ ވޯޓު ގުނުން ނިންމާލާފަ،" އަކްރަމް ވިދާޅުވިއެވެ.

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު އަބްދުﷲ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ބާރަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 1524 ވޯޓު ހޯއްދަވައިގެންނެވެ. އެ ދާއިރާގެ މިހާރުގެ މެމްބަރަށް ލިބިވަޑައިގެންނެވީ ޝުޖާއުއަށް ލިބިވަޑައިގެންނެވީ 1482 ވޯޓެވެ.

ތިން ރަށެއްގެ މައްޗަށް އެކުލެވޭ ބާރަށު ދާއިރާގެ އާބާދީއަކީ 4783 އެވެ. އެ ދާއިރާގައި ހިމެނޭ ރަށްތަކަކީ ހއ. ބާރަށާއި ހއ. މުރައިދޫ ދާއި ހއ. ތަކަންދޫ އާއި ހއ. އުތީމެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި
12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް