Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހަށް އިންތިހާބުވި ކުރީގެ ދެ ވަޒީރުންނަށް ކުރެވެނީ ބޮޑެތި ތުހުމަތު، ތަހުގީގު ކުރަންޖެހޭ: މަހުފޫޒް

10 އެޕްރީލު 2019 | ބުދަ 04:49

ތުހުމަތުތައް މަހުފޫޒު ވިދާޅެއް ނުވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 10 އެޕްރީލު 2019 | ބުދަ 04:49
ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު (ވ) އާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު

ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު (ވ) އާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި މުހައްމަދު ސައީދާއި އާދަމް ޝަރީފަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ ތުހުމަތުތައް ތަހުގީގު ކުރެވެންޖެހޭނެ ކަމަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހުފޫޒު ސައީދު ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމްގެ ލީޑާޝިޕަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ ތުހުމަތުތައް ކުރެވޭ ފަރާތްތައް "އެއް ކައިރިކޮށް، އާ ލީޑާޝިޕެއް" އުފެދެންޖެހޭ ކަމަށެވެ. އިދިކޮޅު ލީޑާޝިޕެއްގެ ގޮތުގައި އުފެދެންވީ އެ ތުހުމަތުތައް ތަހުގީގު ކުރަން ބާރު އަޅާނެ ލީޑާޝިޕެއް ކަމަށާއި ރައްޔިތުންގެ ތާއީދު ލިބޭނީ އޭރުން ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ތެރެއިން މަޖިލީހަށް އިންތިހާބުވި މެމްބަރުންގެ އަދަދު މަދުވިޔަސް، ގޯހުން ކަމެއް ދާނަމަ، އެކަމެއް ރަނގަޅު ކުރުމަށް އެ މެމްބަރުން ބަސް ބުނަން ޖެހޭނެ ކަމަށެވެ.

އަލަށް އިންތިހާބުވި އިދިކޮޅު މެމްބަރުންނަށް ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރެވިދާނެ ކަމާމެދު ސުވާލު އުފައްދަވަމުން މަހުފޫޒު ވިދާޅުވީ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ބޮޑެތި ތުހުމަތުތައް ކުރެވޭ ކަމަށެވެ.

"އެ އިންތިހާބުވި މެމްބަރުންނަކީ އެ ބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ހުރި ބޭފުޅުން. ކުރީގެ ދެ ވަޒީރަކު އެބަ އުޅުއްވާ، އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ހުރީ، އިންތިހާއަށް ނިހާޔަތަށް ބޮޑެތި ތުހުމަތުތައް. އެ ތުހުމަތުތަކަކީ ތަހުގީގު ވެސް ކުރެވޭނެ ކަންތައްތައް، ތަހުގީގު ކުރަން ވެސް ޖެހޭނެ ކަންތައްތައް،" މަހުފޫޒު ވިދާޅުވިއެވެ.

މަޖިލީހަށް އިންތިހާބުވި ކުރީގެ ދެ ވަޒީރުންނަށް ކުރެވޭ ތުހުމަތުތަކެއް މަހުފޫޒު ވިދާޅެއް ނުވެއެވެ. ޔާމީންގެ ވެރިކަމުގައި މިނިސްޓްރީތަކާއި ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގައި، ދައުލަތުގެ ފައިސާތައް ވަނީ ސިޔާސީ ބޭނުމަށާއި އަމިއްލަ މަންފާއަށް ބޭނުން ކޮށްފައެވެ.

މަހުފޫޒު ވިދާޅުވީ އެމްޑީޕީން އެކަނި އިންތިހާބުގައި ވާދަކޮށް، ގިނަ ގޮނޑިތައް ކާމިޔާބު ކުރެވުނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ސިޔާސީ ނިންމެވުމުގެ" ސަބަބުން ކަމަށާއި އެމްޑީޕީން މަޖިލިސް އިންތިހާބުގައި ހޯދި ކާމިޔާބީގެ މޭސްތިރިއަކީ އެމަނިކުފާނު ކަމަށެވެ.

"މި ކާމިޔާބީގެ މޭސްތިރިއަކީ ވަކި ބޭފުޅެކޭ ކަނޑައެޅިގެން ދަންނަވަން ޖެހޭކަމުގައި ވެއްޖެއްޔާ ރައީސް މުހައްމަދު ނަޝީދު. ދެން އެއާއެކު އެމްޑީޕީގެ މެމްބަރުން ކުރެއްވި އިތުބާރު،" މަހުފޫޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ކާމިޔާބު ކުރެވުނީ އަށް ގޮނޑިއެވެ. އަދި ޖޭޕީއަށް ފަސް ގޮނޑި ލިބިފައިވާއިރު، އެމްޑީއޭއަށް ލިބުނީ ދެ ގޮނޑިއެވެ. އާ މަޖިލީހުގައި ހިމެނޭ އަމިއްލަ މެމްބަރުންގެ އަދަދު ހަތަކަށް އަރައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް