Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްޕީއާރުސީ ރޯޑްޝޯވް

ސައުތު އެފްރިކާގައި ރާއްޖެ ޕުރޮމޯޓު ކުރުމަށްޓަކައި އެމް.އެމް.ޕީ.އާރް.ސީއިން ހަރަކާތްތަކެއް ފަށައިފި

މިރޯޑްޝޯވްއަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 އެޕްރީލު 2019 | އަންގާރަ 11:00
އެމްއެމްޕީއާރްސީން އެފްރިކާގައި ކުރިއަށްގެންދާ ރޯޑްޝޯވ

އެމްއެމްޕީއާރްސީން އެފްރިކާގައި ކުރިއަށްގެންދާ ރޯޑްޝޯވ

ދިވެހިރާއްޖެ ސައުތު އެފްރިކާގައި އިތުރަށް ޕުރޮމޯޓު ކުރުމައްޓަކައި އެމް.އެމް.ޕީ.އާރް.ސީގެ ފަރާތުން މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޚަރަކާތްތައް ފަށައިފިއެވެ.

މިގޮތުން ފުރަތަމަ ކުރިއަށް ދަނީ "ޖާރނީ ޓު ދަ ސަނީ ސައިޑް" ގެ ނަމުގައި ހިންގާ ރޯޑްޝޯއެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.. މިސިލްސިލާގެ ފުރަތަމަ ރޯޑްޝޯ ފެށިގެންކުރިއަށް ދަނީ ސައުތު އެފްރިކާގެ ޖޮހަނަސްބާރގް އަދި ކޭޕްޓައުން ގައި 8 އޭޕްރިލުން ފެށިގެން 9 އޭޕްރީލްގެ ނިޔަލަށެވެ.

ސައުތު އެފްރިކާ ރޯޑްޝޯއަށް ފަހު އެމް.އެމް.ޕީ.އާރް.ސީ އާއި އެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖެ ތަމްސީލްކުރުމަށްޓަކައި ޑަބްލިއުޓީއެމް އެފްރިކާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ރޯޑްޝޯގައި ރާއްޖެ އިސްތިހާރުކުރުމަށް ޓަކައި ސޯޝަލްމީޑިއާ ކެންޕެއިންގެ އިތުރުން ދިވެހި ކާނާ ރަހަބެލުމުގެ ފުރުސަތާއި، ދިވެހި ރާއްޖޭގެ ރީތިކަން ވަރޗުއަލް ރިއަލިޓީ މެދުވެރިކޮށް ބަލާލުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސާ ކޮށްފައިވަނީ ރޮބިންސަން ކްލަބް މޯލްޑިވްސް، ވިލާހޮޓެލްސް އަދި ކުރައުން އެންޑް ޗަންޕާ ހޮޓެލްސްއިންނެވެ.

އެމްއެމްޕީއާރްސީން އެފްރިކާގައި ކުރިއަށްގެންދާ ރޯޑްޝޯވ

މި ދެ ޙަރަކާތުގައި ސައުތު އެފްރިކާގެ ޓޮޕް އޮޕަރޭޓަރުންނާއި ބައްދަލުކޮށް ފުޅާ ދާއިރާއެއްގައި ރާއްޖެ އިސްތިހާރު ކުރާނެއެވެ. އެހެންކަމުން "ޖާރނީ ޓު ދަ ސަނީ ސައިޑް" އަދި ޑަބްލިއުޓީއެމް އެފްރިކާ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސައުތު އެފްރިކާ މާކެޓައް އިތުރަށް ވަނުމަށް އެހީތެރިވެދޭނެ އެވެ.

މިއީ ސައުތު އެފްރިކާގައި ރާއްޖެ ތަމްސީލް ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށްވެސް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރު ސައުތު އެފްރިކާއިން ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް ހުރީ 9.9 ޕަސެންޓުގައެވެ. ސައުތު އެފްރިކާއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގަވައިދުން ދަތުރުތައް ފެށިފައިވުމާއެކު، ފަތުރުވެރި ކަމަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް ފަތުރުވެރިކަމުގައި ހަރަކާތް ތެރިވާ ފަރާތް ތަކުންނާއި އެމް.އެމް.ޕީ.އާރް.ސީން ދަނީ ދެކެމުންނެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު