Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ސްކޫލް ފުޓުބޯލް

އިންޓަސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ވީއައިއެޗްއެސް ހޯދައިފި

9 އެޕްރީލު 2019 | އަންގާރަ 14:18

ވީއައިއެޗްއެސް މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި 0-2 އަކުން ސީއެޗްއެސްއީ ބަލިކޮށްގެން

މިއުނާ ހަސަން
މިއުނާ ހަސަން | 9 އެޕްރީލު 2019 | އަންގާރަ 14:18
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް

މަމެން އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ހޯދައިފިއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް މެޗު ކާމިޔާބު ކުރީ ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާއި ވާދަކޮށް 0-2 ގެ ނަތީޖާ އަކުންނެވެ.

ދިރާގުން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ މަމެން އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާއިން ނެގިއިރު މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ވީއައިއެޗްއެސްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުން ވަނީ ފުރަތަމަ ހާފްގެ ފަހުކޮޅު ލީޑް ނަގާފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ވީއައިއެޗްއެސްއަށް ކާމިޔާބު ކޮށްދިނީ އަހުމަދު ސަމާހު އެވެ.

ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ވީއައިއެޗްއެސް ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސީއެޗްއެސްއީގެ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދަން އެޓީމުން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް މާ އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

މި ހާފްގައި ވީއައިއެޗްއެސްއިން ވަނީ ސީއެޗްއެސްއީގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަަތީޖާއެއްގެ ގޮތުން މެޗުގެ ނިމެން ގާތް ވެފައި ވަނިކޮށް ވީއައިއެޗްއެސްއިން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާ ކުރިއެވެ.

ވީއައިއެޗްއެސްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަހުމަދު ސަމާހުގެ އެހީތެރި ކަމާއެކު އިބްރާހިމް އިމްރާންއެވެ.

މި މުބާރާތުގެ އެނެމެ މޮޅު 10 ކުޅުންތެރިން ތެރޭގައި ހިމެނިފައިވަނީ ވިލާ ކޮލެޖްގެ އިބްރާހިމް އިމްރާން، އަހުމަދު ސަމާހުގެ އިތުރުން އިސްމާއިލް މިމްރާހު މުއީން އާއި މުހައްމަދު ލޫތު އިބްރާހިމް އަދި ހަމްދޫން އަބްދުލް ލަތީފް، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ސީއެޗްއެސްއީގެ މުހައްމަދު މާއިޝް މައުސޫމް، މުހައްމަދު މިންވާލް އާއި އިސްމާއިލް ރިޔާޝްގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މުހައްމަދު ރައްޒާން އިބްރާހިމް އާއި ގާޒީ ސްކޫލުގެ މިޖްދަފް އަބްދުލް މަޖީދްއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދާފައިވަނީ ވީއައިއެޗްއެސްގެ ކީޕަރު ހަސަން އަލީފް އިބްރާހިމްއެވެ.

އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރަތަކީ މިވަގުތު ކްލަބް ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ކުޅެމުން އަންނަ މޮޅު ކުޅުންތެރިންތަކެއްގެ ފެށުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް