Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނެއްލައިދޫގެ ކަރަންޓްގެ މައްސަލަ

ކަރަންޓުގެ މައްސަލާގައި ނެއްލައިދޫގެ ރައްޔިތުން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައިފި

8 އެޕްރީލު 2019 | ހޯމަ 15:54

ނެއްލައިދޫގެ ކަރަންޓްގެ މައްސަލަ ހައްލު ކޮށްދެއްވުމަށް އަންގާރަދުވަހު ޓެކްނިކަލް ޓީމެއް އެރަށައް ދާނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 8 އެޕްރީލު 2019 | ހޯމަ 15:54
ނެއްލައިދޫ ފެނެކަ އޮފީސް ކައިރީގައި ރައްޔިތުން އިހުތިޖާޖު ކުރަނީ

ނެއްލައިދޫ ފެނެކަ އޮފީސް ކައިރީގައި ރައްޔިތުން އިހުތިޖާޖު ކުރަނީ

ހދ. ނެއްލައިދޫ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައިގައި މުޒާހަރާކުރަމުން ދަނިކޮށް އެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އެންގުމުން މުޒާހަރާ ހުއްޓާލާފައި ވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނައިބުރައީސް މުހައްމަދު އިލްހާމް ވިދާޅުވީ މުޒާހަރާ ހުއްޓާލީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ރަށުގެ ކައުންސިލަށް ގުޅުއްވާ ކަރަންޓްގެ މައްސަލަ ހައްލު ކޮށްދެއްވުމަށް އަންގާރަ ދުވަހު ޓެކްނިކަލް ޓީމެއް ފޮނުއްވާނެ ކަމަށް ވިދާޅުވުމުން ކަމަށާއި އަދި ރައްޔިތުން އެދޭ ގޮތަށް އެކަން ހައްލުވެގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިލްހާމް ވިދާޅުވީ ހޯމަ ދުވަހުގެ ހެނދުނު ދިހައެއްޖަހާކަންހާއިރު ފެށި މި އިހްތިޖާޖު ކުރަމުން ދިޔައީ ފެނަކަ އޮފީސް ސަރަހައްދުގައި ކަމަށާއި އިހްތިޖާޖުގައި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކަމަށެވެ.

ނެއްލައިދޫއަށް ކަރަންޓްގެ މައްސަލަ ދިމާވަމުން ދަނީ ޖަނަރޭޓަރުތައް ސާރވިސް ނުކޮށް ހުރުމުގެ ސަބަބުން ކަމަށާއި ޖަނަރޭޓަރުތައް ސާރވިސް ނުކުރާތާ 15 ވަރަކަށް އަހަރު ވެފައިވާ ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ނެއްލައިދޫގައި ހުންނަނީ 160 ކިލޯ ވޯޓްގެ 2 ޖަނަރޭޓަރާއި 120 ކީލޯ ވޯޓްގެ ޖަނަރޭޓަރު ކަމަށެވެ.

އެ ޖަނަރޭޓަރުތަކުން މުޅި ރަށައް ބޭނުންވާ ކަރަންޓް ފޯރުކޮށް ނުދެވުމުގެ އިތުރުން އަޅާފައިވާ ކަރަންޓް ކޭބަލް ހިމަވުމުގެ ސަބަބުންވެސް ޚާއްސަގޮތެއްގައި އިންޖީނުގެއާ ދުރު ގޭގެއަށް ކަރަންޓް ލިބުމުގައި ވެސް ބޮޑަތި ދަތިތަކެއް ކުރިމަތި ވަމުން ދާކަމަށެވެ.

ފާއިތުވެގެން މިދިޔަ ދެ މަސް ދުވަހު ކަރަންޓްގެ މައްސަލަ ވަކިން ބޮޑަށް ދިމާވަމުން ދާކަން ފާހަގަ ކުރައްވާ އިލްހާމް ވިދާޅުވީ ކަރަންޓް ދެމުން ގެންދަނީ ފަހަރަކު މަގަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގޭބިސީތަކުގައި ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ހަލާކުވަމުން ދާ ކަމަށެވެ.

މިހާރު ވެސް ސްކޫލާއި ސިއްހީ މަރުކަޒު ފަދަ މުހިންމު ތަންތަނުގައި ކަރަންޓް ނެތް ކަމަށާއި ދަރިވަރުންނަށް ކިޔަވައިދެނީ ކުލާހުން ބޭރުގައި ސްކޫލު ގޯތިތެރޭގައި ކަމަށެވެ.

ރައްޔިތުން ޑިމާންޑްކުރަމުންދަނީ ކަރަންޓް މައްސަލަ ހައްލުވާނެ ތާރީހެއް ހޯދުމަށް ކަމަށާއި ފެނަކަ އޮފީހުގެ ސަރަހައްދީ ވެރިންނާއި މައި އޮފީހުގެ ވެރިންނާ ވެސް ވާހަކަދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިމައްސަލާގައި ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނެއްލައިދޫ ބުރާންޗުގައި ހުރި 160 ކިލޯ ވޯޓްގެ 2 ޖަނަރޭޓަރާއި 120 ކީލޯ ވޯޓްގެ ޖަނަރޭޓަރުން އެރަށައް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ދަނިކޮށް މަދުބަޔަކު އިންޖީނުގެ ކޮންޓްރޯލް ރޫމްގެ ދޮރުފަތް ހަލާކުކޮށްލައިގެން އެތަނަށް ވަދެ ތިން ޖެނަރޭޓަރު ނިއްވާލާ ފެނަކައިގެ މުވައްޒަފުންނަށް ބިރުދައްކާ އެމީހުންނަށް ނުނުކުމެވޭނެހެން ދޮރު ބަންދު ކުރި ކަމަށެވެ.

އިތުރަށް މި ބަޔާނުގައި ބުނެފައި ވަނީ އެރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހުސްވި މާރިޗު މަހުގެ ފަހުކޮޅު ވެސް 120 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހުރި ޖަނަރޭޓަރުތައް އޯވަހޯލް ކުރުމަށް ބޭނުޔްވާ ސްޕެއާރތައް ފޮނުވާފައިވާ ކަމަށާއި ފެށޭ ހަފްތާގެ ތޭރެގައި މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއް ކަމުން ހޫނުވެ ޓެމްޕަރޭޗަރ މަތިވެ، ދޭތެރެ ދޭތެރެއިން އެރަށުން ކަރަންޓް ކެނޑެމުން ދާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ފެނަކައިގެ ބަޔާނުގައި މިހެން ބުނެފައި ވީނަމަވެސް އިލްހާމް ވިދާޅުވީ އެހުރިހާ ވާހަކަ ތަކަކީ ދޮގުވާހަކަތަކެއް ކަމަށެވެ.

އިތުރަށް އިލްހާމް ވިދާޅުވީ މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި ކަރަންޓްގެ މައްސަލާގައި އަޑުއުފުލުމަށް އިންތިހާބުގެ ކުރިންވެސް މަސައްކަތްކުރިން ކަމަށާއި ނަމަވެސް އިންތިހާބަށް ހިޔަނި އެޅިދާނެތީ ފަސްކުރީ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް