Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ފަހަތުން އަރައި ސައުތުހެމްޕްޓަން ބަލިކޮށް ލިވަޕޫލް ތާވަލުގެ އެއްވަނައަށް

6 އެޕްރީލު 2019 | ހޮނިހިރު 09:30

ލިވަޕޫލް މެޗު ކާމިޔަބުކުރީ ސައުތުހެމްޕްޓަންއާ ވާދަކޮށް 1-3 އިން

މިއުނާ ހަސަން
މިއުނާ ހަސަން | 6 އެޕްރީލު 2019 | ހޮނިހިރު 09:30
ލިވަޕޫލާއި ސައުތުހެމްޕްޓަން ވާދަކުރި މެޗްގެ ތެރެއިން

ލިވަޕޫލާއި ސައުތުހެމްޕްޓަން ވާދަކުރި މެޗްގެ ތެރެއިން

އިންގްލިޝް ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗު ފަހަތުން އަރައި ކާމިޔާބުކޮށް، ލިވަޕޫލް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލް މެޗު ކާމިޔަބުކުރީ ސައުތުހެމްޕްޓަންއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ސައުތުހެމްޕްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެފައި ވަނީ ލިވަޕޫލުންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ލިވަޕޫލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ބޭނުންހިފައި ސައުތުހެމްޕްޓަން ވަނީ މެޗުގެ ލީޑް ނަގާފައެވެ. ސައުތުހެމްޕްޓަންގެ ފުރަތަމަ ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕައިއަރ ހޮބަރގްގެ އެހީތެރި ކަމާ އެކު ޝޭން ލޯންގްއެވެ.

ސައުތުހެމްޕްޓަންގެ ލަނޑާ އެކު ލިވަޕޫލްގެ ކުޅުން ރަނގަޅުކޮށް، ލިވަޕޫލުން ވަނީ ސައުތުހެމްޕްޓަންގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ޓްރެންޓް އެލެގްސެންޑަރ އަރނޯލްޑްގެ އެހީތެރިކަމާ އެކު ކާމިޔާބުކޮށް ދިނީ ނަބީ ކެއިޓާއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ލިވަޕޫލްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު، އެ ޓީމުން ވަނީ ސައުތުހެމްޓަންގެ ގޯލާއި އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް ސައުތުހެމްޓަންގެ ޑިފެންޑަރުން ވަނީ މި ހަމަލާތަށް ދިފާއުކޮށްފައެވެ.

މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލްއަށް ލީޑް ނަގައިދިނީ ޖޯރޑަން ހެންޑަރސަންގެ އެހީތެރިކަމާއެކު އެ ޓީމުގެ ތަރި މުހައްމަދު ސަލާޙްއެވެ. ސަލާހުގެ ލަނޑާއެކު އުފާ ފާޅުކުރުމަށް ޖޯޒީ ބޭލުމުން އޭނާ އަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ސައުތުހެމްޕްޓަންއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ.

ލިވަޕޫލްއަށް ނަތީޖާގެ ފަރަގު އިތުރަށް ފުޅާ ކޮށްދިނީ މެޗުގެ 86 ވަނަ މިނެޓުގައި ރޮބާޓޯ ފަރމީނޯގެ އެހީތެރި ކަމާއެކު ޖޯރޑަން ހެންޑަރސަންއެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ކުޅުނު 33 މެޗުން ލިބުނު 82 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި އޮތީ ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ސިޓީއަށް ލިބިފައި ވަނީ ކުޅުނު 32 މެޗުން 80 ޕޮއިންޓެވެ.

މެޗުން ބަލިވި ސައުތުހެމްޕްޓަން އޮތީ ކުޅުނު 32 މެޗުން ލިބުނު 33 ޕޮއިންޓާ އެކު ތާވަލުގެ 16 ވަނާގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް