Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުހައްމަދު ޖަމީލް އަހުމަދު

ނައިބު ރައީސްގެ މަޤާމުން ވަކިކުރި މައްސަލާގައި ޖަމީލް ސުޕްރީމް ކޯޓަށް !

މަޤާމުން ވަކި ކުރީ މަޖިލިހުގެ 78 މެމްބަރުންގެ އަޢުލަބިއްޔަތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އެޕްރީލު 2019 | ބުރާސްފަތި 09:29
ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު

ނައިބު ރައީސް ކަމުގެ މަޤާމުން ވަކިކުރި މައްސަލާގައި ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުޕްރީމް ކޯޓަށް ބުރާސްފަތި ދުވަހު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އެކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޖަމީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު މަގާމުން ދުރުކުރީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށާއި، އޭރު މަޖިލީހުން މައްސަލަ ނިންމާފައިވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އެއްވެސް އިޖުރާއަތަކަށް އަދި އުސޫލަކަށް ވެސް ބެލުމެއް ނެތި ކަމަށެވެ.

އަދި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ވެސް އެމަނިކުފާނުގެ އެއްވެސް ކުށެއް އޮވެގެން ނޫން ކަމަށާއި، ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ގިނަ ހައްގުތަކެއް ވެސް ނިގުޅައިގެންފައިވާ ކަމަށެވެ.

ރައީސް ޔާމީނުގެ ނައިބަކަށް ވަޑައިގަތުމުގެ ކުރިން ޖަމީލު ވަނީ ރައީސް މައުމޫންގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ސިވިލް އޭވިއޭޝަން މިނިސްޓަރުކަމާއި ރައީސް ވަހީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ވެސް ޖަމީލް ވަނީ ކުރައްވާފައެވެ.

ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޖަމީލު ރާއްޖެވަޑައިން ބޭރަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ މެއި މަހުއެވެ. އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ނާއިބު ރައީސްކަމުގެ މަގާމުން ޖަމީލު ވަކިކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން ތިން އަހަރާއި 4 މަސް ވަންދެން އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯދަވައިގެން ހުންނެވުމަށް ފަހު ޖަމީލް މާލެ ވަޑައިގަތީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ 78 މެމްބަރުންގެ އަގުލަބިއްޔަތުން ނައިބު ރައީސްކަމުގެ މަގާމުން ޖަމީލު ދުރުކުރެއްވުމަށް ފަހު، އެ މަގާމަށް މަޖިލީހުން އައްޔަން ކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އަދީބު އެ މަގާމަށް އައްޔަން ކުރީ ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ފާސްކުރިތާ ޖެހިގެން އައި ދުވަހުއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު