Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19

ހޮނިހިރު ދުވަހު ނިންމާ ނިންމުމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ނިންމުމަށް އަސަރު ކޮށްފާނެ: ރައީސް

4 އެޕްރީލު 2019 | ބުރާސްފަތި 07:32

ލަންދޫ ތަރައްޤީއަށް ކުރުމަށް ނިންމާފައިވާ ބައެއް ކަންތައްތައް ރައީސް ހިއްސާކުރެއްވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 4 އެޕްރީލު 2019 | ބުރާސްފަތި 07:32
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. ލަންދޫގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. ލަންދޫގައި

އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ނިންމާ ނިންމުމަކީ މުޅި ޤައުމާއި ގުޅިފައިވާ ނިންމުމެއް ކަމަށާއި، އެ ދުވަހު ނިންމާ ނިންމުމުގެ ސަބަބުން ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ނިންމާފައިވާ ނިންމުމަށް އަސަރު ކޮށްފާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުފުޅެއްގައި ނ. ލަންދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ނިންމުން ނިންމަން ވާނީ ވަރަށް ވިސްނެވުމަށްފަހުގައި ކަމަށެވެ. އަދި ނިމުނު ސެޕްޓެމްބަރ މަހުގައި ރައްޔިތުން ނިންމުމެއް ނިންމީ ވަރަށް ގިނަ ކަންތައްތަކަށް ރައްޔިތުން އެދޭތީ ކަމަށާއި، ހޮނިހިރު ދުވަހު ނިންމާ ނިންމުމުގެ ސަބަބުން ސެޕްޓެމްބަރު މަހުގައި ނިންމި ނިންމުމަށް އަސަރު ކޮށްފާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެ މޭރުމުން ވާހަކަފުޅުު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހް ވިދާޅުވީ އެންމެ ދާއިރާއަކުން ނިންމާ ނިންމުމުގެ ސަބަބުން މުޅި ޤައުމަށް އަސަރުކުރާނެ ކަމަށާއި، އެންމެ ވޯޓަކީ ވެސް މުހިންމު ވޯޓެއް ކަމަށެވެ. އެހެންކަމުން ޤައުމުގެ ތަރައްްޤީއާއި، 23 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމި ނިންމުމަށް ރިއާޔަތް ކުރުމަށް ފަހު ހޮނިހިރު ދުވަހު ރައްޔިތުން ނިންމު ނިންމަވައި ދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި އެމަނިކުފާނު ވަނީ މަނަދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ހާރޫނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ހޮނިހިރު ދުވަހު ރައްޔިތުން ނިންމާ ނިންމުން ވެގެންދާނީ ހިޔާނާތާއި، ވައްކަމާއި ފަސާދައަށް އަނެއްކާ ވެސް ފުރުސަތު ދޭނީތޯ ނުވަތަ ނޫންތޯ އެނގިގެންދާނެ ކަމެއް ކަމަށެވެ . އަދި ރައްޔިތުން އަނެއްކާވެސް އެފަދަ ފަރާތްތަކަކަށް ފުރުސަތު ދެއްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ލަންދޫގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު މި އަހަރުގެ ބަޖެޓްގައި ހިމެނި މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ލަންދޫ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރޭގައި ރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރުން ހިމެނޭ ކަމަށާއި، އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.

އޭގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ ލަންދޫއަކީ ރާއްޖޭގެ ތާރީހް ވަރަށް ބޮޑަށް އެނގިގެންދާ ރަށެއްގެ ގޮތުގައި ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ލަންދޫގައި ހާއްސަ ތާރީހީ ސަރަހައްދެއްވާއިރު، އެ ސަރަހައްދު ހިމާޔަތްކޮޮށް، ލޯކަލް ޓޫރިޒަމް ފުޅާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާފަރު އެއާޕޯޓާއެކުގައި ސަރަހައްދުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް