Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ޔާމީން މަޑުން ހުންނެވުމަށް ނަޝީދު ޖެއްސެވި މިސާލަކީ މިއުޒިކަލް ޗެއާސް!

4 އެޕްރީލު 2019 | ބުރާސްފަތި 02:28

ގަޓު ހެއްދެވިގެން އުޅުއްވީ ރައްޔިތުންނަށް ބިރު ދައްކަން ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 އެޕްރީލު 2019 | ބުރާސްފަތި 02:28
މައްޗަންގޮޅީގެ ތިން ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން: ނަޝީދު ގެންދަވަނީ ޔާމީނަށް ބަހުގެ ހަމަލާ ގެންދަވަމުން

މައްޗަންގޮޅީގެ ތިން ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން: ނަޝީދު ގެންދަވަނީ ޔާމީނަށް ބަހުގެ ހަމަލާ ގެންދަވަމުން

ބޮޑު އަގުލަބިއްޔަތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނެފައިވާ ކަމަށާއި އެމަނިކުފާނު ދެން މަޑުން ހުންނެވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

މައްޗަންގޮޅީގެ ދާއިރާތަކަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އިކޮނޮމިސްޓަކަށް ހެދިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ރައްޔިތުން އަޑު ނަހާ ކަމަށާއި އެކަން އެނގެނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ނާކާމިޔާބު ވެވަޑައިގެންނެވުމުން ކަމަށެވެ.

Advertisement - newsAdvertisement

މައްޗަންގޮޅީ ގިނަ ބަޔަކު ބައިވެރިވި އެ ޖަލްސާގައި ނަޝީދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ޔާމީނަށް ރައްދު ކުރައްވައި، މަޖާޒީ ބަސްތަކުން ފާޑުވިދާޅުވެފައެވެ. އެގޮތުން ތާއިދު ގެއްލުމުން މަޑުން ހުންނެވުމަށް ވިދާޅުވެ، މިސާލެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ކުޅިވަރެއްގެ ގޮތުގައި ކުޅޭ "މިއުޒިކަލް ޗެއާސް"ގެ ވާހަކައެވެ.

"... މިވަރު ވީމާ ދެން ރައީސް ޔާމީނަށް ދެން މަޑުމަޑުން ހުންނަވާ. އަޅުގަނޑުމެން މަދުރަސާގައި އުޅޭއިރު ކުޅެމެންނުންތޯ މިއުޒިކަލް ޗެއާސް. ރައީސް ޔާމީން އަޑު އައްސަވައްޗޭ. އޭގައި ވާންޖެހޭ ގޮތަކީ މިއުޒިކް ހުއްޓާލީމަ އިށީންނަން ޖެހޭނީ. ރައީސް ޔާމީން އިށީންނަވާ," ރައީސް ނަޝީދު ވިދާޅުވިއެވެ.

ޔާމީން ވެރިކަން ކުރެއްވީ "ގަޓު" ހެއްދެވިގެން ކަމަށާއި އެމަނިކުފާނު އުޅުއްވީ ރައްޔިތުންނަށް ބިރު ދެއްކެވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ "ގަޓު" ހެއްދެވިގެން ކުރެއްވި ކަމަކީ އަމިއްލަ ނަފްސަށް އަނިޔާ ކުރެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް ޔާމީން ހިންގެވީ މުޅިން އެހެން މަގެއްގައި. ގަޓު ރައީސް ހެދިވަޑައިގަންނަވާ އަތްފުޅާކޮށް ރަށު ތެރެއަށް ނުކުންނަވައި، މުޅި ރަށު ރައްޔިތުން ބިރު ގެންނެވީމަ، ތިމާ ވަރެއް ނެތި އުޅުއްވީމާ، އެއީ ދެން ވަރަށް ގަޓު ބޭފުޅެއްގެ ގޮތުގައި މަންޒަރު ދައްކަވާން އުޅުއްވީ،" ރައީސް ޔާމީނަށް ބަހުގެ ހަމަލާ ރައްދު ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހެއްދެވި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އެއީ "ހިޔާލި ފޮލާ"އެއް ކަމަށެވެ. ރައީސް ޔާމީންގެ ވިސްނުންފުޅަކީ ރާއްޖޭގެ އަތޮޅުތައް އުވާލައި، ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ސަރަހައްދަށް ގެނެސް، ހިއްކި ބިމަކަށް ޖަމާ ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް