Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު

ޕޯޓް ބަދަލު ކުރަނީ ގުޅީފަޅަށް: ރައީސް ސޯލިހު

ރައީސް އެހެން ވިދާޅުވީ، ބުދަ ދުވަހުގެ ރޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 3 އެޕްރީލު 2019 | ބުދަ 18:09
ރައީސް ސޯލިހު

ރައީސް ސޯލިހު

މާލޭ ޕޯޓް ބަދަލު ކުރަނީ ގުޅީފަަޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، އެމްޑީޕީ ޓިކެޓްގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ޔާމީން އަހުމަދު (ޔާންޓެ)ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކުރިން ޕޯޓް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ތިލަފުއްޓަށެވެ. އެހެން ނަމަވެސް މިރޭ ރައީސް ވިދާޅުވީ، އެތައް ދިރާސާ ތަކެއް ހެދުމަށް ފަހު މިހާރު ޕޯޯޓް ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅަށް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވި، ރާއްޖެ ތަރައްގީ ކުރަން ވިސްނާއިރު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ކުރަން އެބަހުރި ކަމަށެވެ. އަސާސީ ހިދުމަތްތައް ނުލިބި އެތައް ރަށްތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލެ ވެސް ތަރައްގީ ކުރުމަށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުކުރެވި އެބަހުރި ކަމަށެވެ. މާލެ ތަރައްގީ ކުރުމުގެ ތަސައްވަރެއް އެބަ އޮތް ކަމަށާއި އޭގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

''އެގޮތުން އެއްކަމަކަށް އަޅުގަނޑުމެން ކުރާނެ އެންމެ ބޮޑު އެއް ކަމަކީ މާލޭގައި އޮތް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް. އަޅުގަނޑުމެންގެ ވިސްނުން ކުރީގައި ހުރީ ތިލަފުއްޓަށް އެ ބަދަލުކުރަން. އެހެން ނަމަވެސް އެތައް ދިރާސާ ތަކެއް ކުރުމަށް ފަހުގައި މިހާރު އެކަމުގެ މާހިރުންނަށް ފެނުނީ ތިލަފުއްޓަށް ބަދަލުކުރުމަށް ވުރެ ގުޅީފަޅަށް އެ ބަދަލުކުރުން ރަނގަޅު ކަމަށް. އެހެން ކަމުން އެ ވިސްނުމުގައި މިހާރު އެކަންތައްތައް ތައްޔާރު ވަމުން އެބަދޭ'' ރައީސް ސޯލިހު ވިދާޅުވިއެވެ.

މާލޭ ޕޯޓު ގުޅީފަޅަށް ބަދަލު ކުރެވެމުން ދާއިރު އެ ސަރަހައްދަށް ތަރައްގީގެ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، ޕްރޮޖެކްޓްގެ ތަފްސީލުތައް ފައިނަލް ވުމާއެކު ހާމަކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ޕޯޓް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ، އިންޑިއާއިން ރާއްޖެ އަށް ކްރެޑިޓްގެ ގޮތުގައި ދީފައިވާ 800 މިލިއަން ޑޮލަރުން ކަމަށް ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރް ވަނީ ވިދާޅުވެފައެވެ. އެ ލޯނަކީ ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ ލޯނެކެވެ. ރައީސް ސޯލިހު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ރައްޔިތުން ނޫނެކޭ ބުނީ ކޮރޮޕްޝަނަކީ ރައްޔިތުން ގަބޫލުކުރާ އެއްޗަކަށް ނުވާތީ ކަމަށެެވެ. އޭރު ސަރުކާރުގައި މަގުމަތީގައި މީހުން މެރުން އޮތީ އާއްމުވެފައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު