Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމްތިޔާޒު ފަހުމީ

އިންތިގެ ސުވާލެއް: އަމިއްލަ ކެންޑިޑޭޓުންގެ ފަހަތުގައި އޮތީ ކޮން އަނދިރިގަނޑެއް؟

3 އެޕްރީލު 2019 | ބުދަ 08:42

އަމިއްލަ މެމްބަރުން އިންތިހާބު ވަނީ ކުޑަ ނިސްބަތަކުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 3 އެޕްރީލު 2019 | ބުދަ 08:42
މާފަންނު އުތުރު ދާއިރާގެ މެމްބަރު ހުސައިން ހަސަން

މާފަންނު އުތުރު ދާއިރާގެ މެމްބަރު ހުސައިން ހަސަން

ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވާ އަމިއްލަ ކެންޑިޑޭޓުންގެ ބޮޑެތި އަދަދުތަކުން ހަރަދު ކުރަމުންދާ ކަމަށާއި އެ ކެންޑިޑޭޓުންގެ ފަހަތުގައި އޮތީ ކޮން އަނދިރިގަނޑެއް ކަމެއް ވެސް ނޭނގޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން އިންތިހާބުވި ކެންޑިޑޭޓުން ވެސް "ތިން ހަތަރު" ފަހަރަށް ޕާޓީ ބަދަލު ކުރި ކަމަށެވެ. އަމިއްލަ ގޮތުން ކުރިމަތިލައްވާ ބައެއް ކެންޑިޑޭޓުން އުޅެނީ ވިޔަފާރިއެއް އަމިއްލަ ނަފްސުގައި އަޅުވާލުމަށް ކަަމަށާއި އެފަދަ މީހުން ބޮޑުތި އަދަދުތަކުން އިންތިހާބުތަކުގައި ހަރަދު ކުރަމުންދާ ކަމަށް އިންތި ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންތި ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވަނީ ވަރަށް ކުޑަ ނިސްބަތަކުން ކަމަށާއި ރާއްޖޭގައި އެފަދަ މެމްބަރުން އިންތިހާބުވުމަށްފަހު ބޮޑު އަގުގައި ނަފްސު ވިއްކާލާ ކާމަށެވެ.

"އަޅުގަނޑަކަށް ނޭނގޭ ކޮން އަނދިރިގަނޑެއް ކަމެއް ފަހަތުގައި އޮތީ އަމިއްލައޭ ބުނާއިރުގަ. އެކަމަކު ޕާޓީއަކުން އަންނަ މީހެއް ވެއްޖެއްޔާ، ހާއްސަކޮށް އެމްޑީޕީން އަންނަ މީހެއް ވެއްޖެއްޔާ، ބުނާނެ ސީދާ އެމްޑީޕީގެ މީހެކޭ. މީނައަކީ އެމްޑީޕީގެ މި އައިޑިއޮލޮޖީގެ މީހެކޭ. މި މީހުންގެ ފަލްސަފާ ތަކަކީ މިއޭ،" މާލެ ސިޓީ ތަމްސީލު ކުރައްވާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެންމެ ބޮޑު އަގުލަބިއްޔަތަކުން މަޖިލީހަށް އިންތިހާބުވި އިންތި ވިދާޅުވިއެވެ.

ތިން ވަނަ ދައުރަކަށް މަޖިލީހަށް ކުރިމަތިލައްވާ އިންތި ވިދާޅުވީ އަމިއްލަ ގޮތުން އިންތިހާބުވާ ކެންޑިޑޭޓުން މަޖިލީހުގައި އަމަލު ކުރާ ގޮތާމެދު ފިޔަވަޅު އެޅޭނެ ގޮތެއް ނޯންނަ ކަމަށާއި ނަމަވެސް އެމްޑީޕީން އިންތިހާބުވާ މެމްބަރެއް ނަމަ، އެ މެމްބަރަކާމެދު އަމަލު ކުރާނެ އުސޫލުތަކާއި ޖަވާބުދާރީ ކުރުވާނެ ގޮތްތަކެއް ހުންނަ ކަަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު މިނިވަން މެމްބަރުންގެ ގޮތުގައި ފަސް މެމްބަރަކު އިންތިހާބު ކުރިއެވެ. އެ މެމްބަރުންނަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލުގެ އިތުރުން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދެވެ. އެ ހުރިހާ މެމްބަރުން ވެސް ވަނީ މަޖިލީހުގެ ދައުރުގެ މެދުން ޕާޓީތަކާ ގުޅިވަޑައިގެންނެވިއެވެ. އަދި ބައެއް މެމްބަރުން ދެތިން ޕާޓީއަށް ސޮއި ކުރެއްވިއެވެ.

އަލަށް އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންގެ އަދަދަކީ 221 އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި

05 މާރިޗު 2017
ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް