Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެސްއެމްއީ ބޭންކް

އެސްއެމްއީ ބޭންކްއާއެކު ރައްޔިތުންގެ ހުވަފެން ހަޤީޤަތަކަށް!

މި ބޭންކް މެދުވެރިކޮށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ދާއިރާއަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 އެޕްރީލު 2019 | ބުދަ 17:24
އެސްއެމްއީ ބޭންކް

އެސްއެމްއީ ބޭންކް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ވަސީލަތްތަކާއި އެ ވިޔަފާރީތައް ކުރިއެރުވަމަށްޓަކައި އެއްބާރުލުން ނުލިބޭ ވާހަކައަކީ ރައްޔިތުންގެ އަބަދު ވެސް ކުރަމުން އަންނަ ޝަކުވާއެވެ. ވިޔަފާރީގެ މައިދާނަށް ނުކުންނަށް ބޭނުންވެ ދިމާވާ އެކި ގޮންޖެހުންތަކާއެކު އެ މައިދާނަށް ނުކުމެވި ތިބި އެތައް ގިނަ ރައްޔިތުންނެއް އެބަ ތިއްބެވެ. އެ ރައްޔިތުން އުންމީދު ކުރަމުން ދިޔައީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގާ ފަރާތްތަކެކޭ އެއްގޮތަށް އެ މީހުންނަށް ވެސް ވިޔަފާރީގެ މައިދާނުގައި ފައިތިލަ ސާބިތުވެ ކުރިއަރައިގެންދާނެ ދުވަހެއް ފެނިގެން ދިޔުމެވެ. އެސްއެމްއީ ބޭންކްއާއެކު އެ ރައްޔިތުންގެ ޒަމާންވީ ހުވަފެންތައް ހަޤީޤަތަކަށް ވެގެން ހިނގައްޖެ ކަމަށް އެ ރައްޔިތުން ޤަބޫލުކުރެއެވެ.

އެގޮތުން އެސްއެމްއީ ބޭންކް ހުޅުވިގެންދިޔުމާއި ގުޅިގެން ބައެއް ރައްޔިތުން ބުނީ އެސްއެމްއީ ބޭންކް އަކީ ޒުވާނުންނަށް ވިޔަފާރީގެ މައިދާނުގައި ފަހި ފުރުސަތުތައް ހުޅުވާލައިދޭނެ ދޮރެއް ކަމަށާއި އާމްދަނީ ހޯދުމަށްޓަކައި ކުރާ ބައެއް މަސައްކަތްތައް ކަމުގައިވާ ދަނޑުވެރިކަމާއި މަސްވެރިކަން ނަގާ ކޮޅަށް ޖެހުމަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިއީ ވިޔަފާރީގެ މައިދާނަށް ނިކުމެ މަސައްކަތެއް ފަށައިގަންނަން ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބުނު ނުހަނު ރަނގަޅު ފުރުސަތެއް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

އެސްއެމްއީ ބޭންކް ހުޅުވާފައިވަނީ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. މި ބޭންކް މެދުވެރިކޮށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ދާއިރާއަކަށެވެ. އެގޮތުން ލޯނު ދޫކުރުމަށް ނިންމާފައިވަނީ ރަށު ފަތުރުގެ ލޯނާއި, ދަނޑުވެރި ނަފާ ކަމުގެ ލޯނާއި, ހަރުމުދާ ލޯނާއި, ވިޔަފާރީގެ ލޯނެވެ. ރަށު ފަތުރުގެ ލޯނަށް 200,000 ރުފިޔާ އިން ފެށިގެން 5,000,000 ރުފިޔާ އާއި ހަމައަށް ލޯނު ލިބޭއިރު ދަނޑުވެރި ނަފާ ލޯނަށް ރަހުނަކާއި ނުލާ 75،000 ރުފިޔާ އަދި އަމިއްލަ ފަރުދުންނަށް ގިނަވެގެން 500،000 ރުފިޔާގެ ލިބޭނެއެވެ. މީގެ އިތުރުން ވިޔަފާރީ އެހީ ލޯނަށް 500،000 ރުފިޔާއާއި ހަމައަށް ލޯނު ދޫކުރެވޭއިރު ހަރުމުދާ ލޯނުގެ ގޮތުގައި 100,000 ރުފިޔާ އާއި 3,000,000 ރުފިޔާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. ރަށު ފަތުރު ލޯނާއި ހަރުމުދާ ލޯނާއި ދަނޑުވެރި ނަފާ ލޯނުގައި އިންޓްރަސްޓްގެ ގޮތުގައި އަހަރަކު ނަގާނީ 6 ޕަސަންޓެވެ. ވިޔަފާރީ އެހީގެ ލޯނުގެ ގޮތުގައި އަހަރަކު ނަގަނީ އިންޓްރަސްޓަށް 9.5 ޕަސަންޓެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް މަގު ފަހިކޮށްދީ އެ ވިޔަފާރީތައް ކުރިއެރުވުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ސަރުކާރުން ވަނީ މިކަމަށް ހާއްސަ ކުންފުންޏެއް އެސްޑީއެފްސީގެ ނަމުގައި އުފައްދާފައެވެ. މި ކުންފުނީގެ މަޤްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގު ހަމަޖައްސައި ދިނުމެވެ. ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއި ގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަކީ ވެސް މި ކުންފުނީގެ އެއް އަމާޒެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މި ބޭންކް މެދުވެރިކޮށް ރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް އައިސް، ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް ފުޅާވުމުގެ މަގު ކޮށިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!

ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!

23 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު