Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް

ބަދަލު ހޯދަން ނާޒިމް ހުށައެޅުއްވި މައްސަލަ ކޯޓުން ބަލައެއްނުގަތް

2 އެޕްރީލު 2019 | އަންގާރަ 14:15

ބަލައިނުގަތީ މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ނެތް ކަމަށް ބުނެ

އަމަން ހަލީމް
އަމަން ހަލީމް | 2 އެޕްރީލު 2019 | އަންގާރަ 14:15
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ ގޮނޑި ގެއްލުވާލި މައްސަލައިގެ ބަދަލު ހޯއްދަވަން ސިވިލް ކޯޓަށް މައްސަލަ ހުށައެޅުއްވުމުން، އެ މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންއިފިއެވެ.

ނާޒިމްގެ ގޮނޑި ގެއްލުނީ، މެމްބަރުކަމުގައި ހުންނަވަނިކޮށް އޭނާގެ މައްޗަށް 2015ވަނަ އަހަރު ސާބިތުވީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެންނެވެ. ނަމަވެސް ނާޒިމްގެ ފަރާތުން އެ މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުށައެޅުއްވުމުން ކޯޓުން ވަނީ އޭނާގެ ހުކުމް ބާތިލް ކޮށްފައެވެ.

Advertisement - newsAdvertisement

ގޮނޑި ގެއްލުމުގެ ސަބަބުން އެވީ މުއްދަތުގެ ތެރޭގައި ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަން ފައިސާ ދޭން ކަނޑައަޅައި ދިނުމަށް އެދި ނާޒިމް އެއްމެ ފުރަތަމަ ސިވިލް ކޯޓަށް ހުށައެޅުއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގައެވެ. ނަމަވެސް ހަމަ އެ މަހުގެ ދިހަވަނަ ދުވަހު ސިވިލް ކޯޓުގެ ރަޖިސްޓްރަރ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފައެވެ.

ރަޖިސްޓްރަރ މިހެން ނިންމެވީ، މަތީ ކޯޓަކުން ނިންމާ މައްސަލަތަކުގައި ބަދަލު ދިނުމުގެ އިހްތިސާސް ސިވިލް ކޯޓަށް ނެތްކަމަށް ބުނެއެވެ. ރަޖިސްޓްރަރގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ސިވިލް ކޯޓުގެ އިސް ގާޒީއަށް ހުށައެޅުއްވުމުން، މާޗް 25ވަނަ ދުވަހު ގާޒީ ނިންމެވީ ރަޖިސްޓްރަރގެ ނިންމުން ރަނގަޅު ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނާޒިމް ނިންމަވާފައިވާ އިރު، މިފަހަރު ވެސް ކުރިމަތިލައްވަނީ ދިއްގަރު ދާއިރާއަށެވެ. ނާޒިމްގެ ގޮނޑިގެއްލުމަށް ފަހު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވުމަށް ފަހު މިހާރު އެ ދާއިރާގެ މެމްބަރަކަށް ހުންނެވީ ފާރިސް މައުމޫނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް