Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސޯލިހް

މި ސަރުކާރު އިންތިހާބު ކޮށްފައިވަނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ވައުދާއެކު: ރައީސް ސޯލިހް

އެ ވައުދުތައް ހަޤީޤަތަކަށްވުމުގެ އިންތިޒާރުގައި ފަސް އަހަރު ރައްޔިތުން ތިބެންޖެހުމަކީ ހެޔޮވެރިކަމެއްގެ ސިފައެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 31 މާރިޗު 2019 | އާދީއްތަ 18:01
ރައީސް ސޯލިހް ހއ. ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ސޯލިހް ހއ. ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރު އިންތިހާބުކޮށްފައިވަނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ވައުދާއެކުގައި ކަމަށާއި އެ ވައުދުތައް ހަޤީޤަތަކަށްވުމުގެ އިންތިޒާރުގައި ފަސް އަހަރު ރައްޔިތުން ތިބެންޖެހުމަކީ ހެޔޮވެރިކަމެއްގެ ސިފައެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ހއ. ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ސަރުކާރުގައި ރައްޔިތުންގެ ހައްޤުތަކަށް އެންމެ ބޮޑަށް އަރައިގެންފައިވަނީ އެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގައި ކަމަށެވެ. އެ ކަމަކީ އެއީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ނާޖާއިޒު ގޮތަކަށް ހައްޤު ނޫން ގޮތެއްގައި ފްލެޓްތައް މިދިޔަ ސަރުކާރުން ބަހާފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"މިދިޔަ ސަރުކާރުގައި ރައްޔިތުންގެ ހައްޤުތަކަށް އަރައިގެންފައި ވަނީ އެ ރައްޔިތުން އެންމެ ބޮޑަށް އަދި ފުރިހަމައަށް ބޭނުންވާ ކަންކަމުގައި. މި ދެންނެވީ ބޯހިޔާވަހިކަމުގެ މައްސަލަ. ވަރަށް ނާޖާއިޒު ގޮތެއްގައި ހައްޤުނޫން ބަޔަކަށް ފްލެޓްތައް ވަނީ ބަހާލާފައި. ރައްޔިތުން އާދޭސް ކޮށްކޮށް ތިއްބާ އެކަން ކުރެވިގެން ދިޔައީ. އަޅުގަނޑުމެން މި އަންނަނީ އެ މައްސަލަތައް ބަލަމުން. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކަން މި އަރުވަނީ ދައުރު ނިމޭއިރު އިރާދަ ކުރެއްވިއްޔާ ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ވާހަކަ" ރައީސް ސޯލިހް ވިދާޅުވިއެވެ.

އަސާސީ ގިނަ ހައްޤުތަކުން ރައްޔިތުން މަހްރޫމް ކުރެވިފައިވާ ކަމަށާއި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ނެތްކަން ރައީސް ސޯލިހް ވަނީ ފާހަގަ ކުރެއްވިއެވެ. އަދި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިންނާއި ދަނޑުވެރިންނަށް މާލީ އިދާރާތަކުން އަދި ބޭންކުތަކުން ލޯނު ނެގުމާއި ކްރެޑިޓް ސްކީމްގައި ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖެއްސި، އެ ސްކީމްގެ ދަށުން މިހާތަނަށް 208 މަސްވެރިން ބޭންކް އޮފް މޯލްޑިވްސްގެ މަސްވެރިޔާ އެކައުންޓްގައި ހިމެނިފައިވާ ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ދިއްދޫގައި ރަސްމީ ފާލަން އެޅުމަށް ބަޖެޓްގައި ހިމަނާ އެ ފާލަން ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ރަށުގައި ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ދިއްދޫ ތަރައްޤީ ކުރުމަށްޓަކައި ޕްލޭންގައި ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު