Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އިންތިހާބު ފަސްކުރުމުގެ ޗަރުކޭހުގަ އެމްޑީޕީން ބައިވެރިއެއްނުވާނެ : އަފްޝަން

ރައީސް ސޯލިހު ވެސް ވަނީ އެކަމަށް ސަމާލުވެ ހުންނެވި ކަމަށް ވިދާޅުވެފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މާރިޗު 2019 | އާދީއްތަ 10:22
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް

އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް

ކުރިއަށް އޮތް މަޖިލިސް އިންތިހާބު ފަސްކުރުމަށް އިދިކޮޅު ފަރާތްތަކުން ދައްކަވާ "ޗަރުކޭހުގައި" އެމްޑީޕީން ބައިވެރިނުވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އިނދިކޮޅު ފަރާތްތަކުން އަބަދުވެސް އިންތިހާބު ފަސްކޮށް އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށާއި، އެފަދަ ކަންކަމަށް އެމްޑީޕީން އެއްބާރުލުން ނުދޭނެ ކަމަށެވެ.

" އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވަނީ ކުރީގައި ވެސް އަޅުގަނޑުމެން ދަންނަވާފައިވާ ފަދައިން އިންތިހާބު ލަސްކުރުމާއި، އިންތިހާބަށް ނުފޫޒު ފޯރުވައި މިފަދަ ކަންތައްތައް ކުރުމަކީ އެބޭފުޅުން އާންމުކޮށް ކުރައްވާ ކަންތައްތަކެއް، އެއީ މަކަރާއި ހީލަތް ހެދުމަށް ފުރުސަތު ހޯދުމަށާއި، އިންތިހާބުގެ އެކިއެކި ކަންކަމަށް އެބޭފުޅުން ނާޖާއިޒް ގޮތުގައި ނުފޫޒު ފޯރުވާ، އިންތިހާބުން ބަލިވާން ފެށީމަ އަބަދު ވެސް އެބޭފުޅުން ކުރައްވަމުން ގެންދަވާ ކަންތައްތަކެއް، ދެން އެބޭފުޅުން ވިސްނުން މި ހުންނަނީ ތިމަންނަމެން މޮޅުވަންދެން އިންތިހާބު ފަސްކުރުމާއި، އިންތިހާބުގެ ކަންތައްތަކަށް ނުފޫޒު ފޯރުވުމާއި، މިފަދަ ކަންތައްތައް ކުރެއްވުމަކީ އަޅުގަނޑުމެންނަށް ކުރީގައި ވެސް ފެނިފަވާ ކަންތައްތައް ކަަމަށް އަދި އިލެކްޝަންސް ކޮމިޝަނުން ވެސް މިއަދު އެކަމަށް ފުރުސަތު ނުދެއްވާނެކަން ވިދާޅުވެފައިވާތީ އަޅުގަނޑުމެން އެކަން ބަލައިގަނެ، އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުގަ ތަކުރާރުކޮށް އެދި މި ދަންނަވަނީ ތާވަލު ކޮށްފައިވާ ތާރިޚުގައި އިންތިހާބު ބޭއްވުމަށް، އަދި މި އިންތިހާބު ފަސްކުރުމުގެ ޗަރުކޭހުގަ އެމްޑީޕީން އެއްގޮތަކަށް ވެސް ބައިވެރި ނުވާނެ ކަމަށް އަޅުގަނޑުމެން ދަންނަވަން" އަފްޝަން ވިދާޅުވިއެވެ.

އަފްޝަން އެހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން އިންތިހާބު ފަސްކުރުމަށް މަސައްކަތްކުރާކަމުގެ އަޑުތައް އިވިވަޑައިގެންފައިވާ ކަމަށާއި، އެކަމަށް ސަމާލުވެ ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ޕީޕީއެމުން ވެރިކަމުގައި އޮތް އިރު ވެސް މަސައްކަތް ކުރެއްވި ގޮތް ކަމަށާއި، ނަމަވެސް އެކަމަށް ހުންނެވީ ވަރަށް ބޮޑަށް ސަމާލުވެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު