Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

މަޖިލިސް އިންތިހާބު ކާމިޔާބުކުރާނީ ރާއްޖޭގެ އެންމެ ތަފާތު ބޮޑު ނަތީޖާ އިން: ސައްލެ

ދާއިރާގެ ތިން ރަށް އޮތީ ވަރަށް ނިކަމެތި ހާލުގައި ކަމަށް ސައްލެ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މާރިޗު 2019 | އާދީއްތަ 08:21
ސައްލެގެ ކެމްޕެއިން ލޯންޗިންގ ހަފްލާގެ ތެރެއިން

ސައްލެގެ ކެމްޕެއިން ލޯންޗިންގ ހަފްލާގެ ތެރެއިން

ހޯރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާނީ ރާއްޖޭގެ އެންމެ ތަފާތު ބޮޑު ނަތީޖާއާ އެކު ކަމަށް އެމްޑީޕީން އެ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާދިއްތަ ދުވަހު ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ބޭއްވި އެޖެންޑާ 19 ގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސައްލެ ވިދާޅުވީ، ހޯރަފުށީ ދާއިރާގެ ތިން ރަށް ވެސް އޮތީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށާއި، އަމާޒަކީ ރައީސް ސޯލިހުގެ އަރިހުގައި މަސައްކަތް ކުރައްވައި ދާއިރާއަށް ދިރުން ގެނައުން ކަމަށެވެ.

"އަޅުގަނޑުމެންގެ ދާއިރާގެ ތިން ރަށަކީ އަޅުގަނޑު އަބަދު ވެސް ދަންނަވާ ގޮތަށް ވަރަށް ނިކަމެތި ހާލުގަ އޮތް ތިން ރަށް. މި ހަޤީޤަތް އަޅުގަނޑުމެންނަށް ޤަބޫލުކުރެވިގެން ނޫނީ އަޅުގަނޑުމެންގެ ރަށްތަކަކަށް ދިރުމެއް ނުގެނެވޭނެ. ބައްލަވާ ސިއްހީ ޙިދުމަތް އޮތް ފެންވަރު. ތިން ރަށުގައި ވެސް ހަމަ އެ ގޮތް. ބައްލަވާ މަގުތައް އޮތް ގޮތް. ބައްލަވާ އަޅުގަނޑުމެންގެ ގެދޮރު ހުރި ގޮތް. ބައްލަވާ އަޅުގަނޑުމެންގެ ޒުވާނުން ތިބި ހާލު. ކޮބާތޯ ވަޒީފާގެ ފުރުސަތެއް އުއްމީދެއް. ދިރުމެއް ނެތް. އެހެންވެގެން އަޅުގަނޑުމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހު މަސައްކަތްކޮށް. އަޅުގަނޑުމެން މި އުޅެނީ މި ތިން ރަށަށް ދިރުން ގެންނަން. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ހޯރަފުށީ ދާއިރާގެ ގޮނޑި ރާއްޖޭގެ އެންމެ ތަފާތުބޮޑު ނަތީޖާއާ އެކުގައި ކާމިޔާބު ކުރާނަން،" ސައްލެ ވިދާޅުވިއެވެ.

ސައްލެ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހަކީ ވައުދުވެ ވަޑައިގަންނަވާ އަދި އެހާމެ އަވަހަށް ވައުދު ފުއްދަވާ ރައީސެއް ކަމަށާއި، އެކަން ވަރަށް ރަނގަޅަށް އެނގިިގެން ގޮސްފި ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ޤަބޫލުކުރެވޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހަޤީޤަތުގައި ވެސް ދެންމެ މިތާ ކައުންސިލުގެ ރައީސް އެ ވިދާޅުވި ފަދައިން ވަރަށް ހަލުވި ސްޕީޑުގައި ވައުދު ފުއްދަވާ ބޭފުޅެއްކަން. އެނގިވަޑައިގަންނަވާނެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވަމުން ދިޔަ ވައުދުތަކުގެ ފޮނި މީރުކަން މިއަދު އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. އެންމެ ފަހުން އަޅުގަނޑުމެންނަށް ލިބުނު ޚަބަރަކީ ދެން އަންނަ ކަރަންޓް ބިލު އަންނާނީ ކުޑަވެގެންނޭ، އެހެންވެގެން މަނިކުފާނަށް އަޅުގަނޑުމެން ޝުކުރުވެރިވަނީ،" ސައްލެ ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގައި 4645 ރައްޔިތުން ތިބިއިރު، އެ ދައިރާގެ ރައްޔިތުންގެ އުއްމީދެއް ކަމަށްވާ އެއާޕޯރޓް އެޅުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، އެމްޓީސީސީން މިހާރު ދަނީ އެއާޕޯރޓް އެޅުމަށްޓަކައި ހިއްކަންޖެހޭ ސަރަހައްދުތަކުގައި ކަޑަ ޖެހުމުގެ މަސައްކަތް ކުރަމުން ކަމަށް ސައްލެ ވިދާޅުވިއެވެ. އަދި އެ ދާއިރާގެ އުލިގަމުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް ކަމަށްވާ ފެނާއި ނަރުދަމާގެ މައްސަލަ އަށް ވެސް ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހައްލެއް ހޯދިފައިވާ ކަމަށާއި، 36 މިލިއަން ރުފިޔާއަށް އެ ޕްރޮޖެކްޓް ސްޓެޓިކް ކޮމްޕެނީއަށް ހަވާލުކުރެވިފައިވާއިރު، އެ ދާއިރާގެ ތުރާކުނގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ތުރާކުނުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފަންނީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރަކު ހޯދަން މިހާރު އިއުލާނުކޮށްފައިވާ ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު