Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަަލަ ސުރުޚީ

ޖޭޕީން ކުރަން އުޅެނީ ކޮން ކަމެއްކަން ސާފެއް ނުވޭ: މިނިސްޓަރު މާރިޔާ

30 މާރިޗު 2019 | ހޮނިހިރު 23:55

ޖޭޕީގެ މެންޑޭޓް އޮޅުން ނުފިލާ ކަމަށް މިނިސްޓަރު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 30 މާރިޗު 2019 | ހޮނިހިރު 23:55
ޑިފެންސް މިނިސްޓަރު މާރިޔާއާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ޑިފެންސް މިނިސްޓަރު މާރިޔާއާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ ސަރުކާރާ އެކު ތޯ ނުވަތަ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ އެކު ތޯ އެނގެން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ކުރީ ސަރުކާރާއި ހިލާފަށް މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއްގެ މެންޑޭޓެއް އެކުލަވައިލައިގެން ކަމަށެވެ. އެމްޑީޕީން އެކުލަވާލާފައިވާ އެޖެންޑާ 19 އަކީ ދޮރުން ދޮރަށް ހިނގައި ރައްޔިތުންނަށް ކައިރިން އޮޅުން ފިލުވާފައި އެކުލަވާލާފައިވާ އެޖެންޑާއެއް ކަމަށާއި، އެމްޑީޕީގެ މެންޑޭޓު ވަރަށް ސާފު ކަމަށެވެ. އެކަމަކު ޖޭޕީގެ މެންޑޭޓް އޮޅުން ނުފިލާ ކަމަށް ވިދާޅުވެ، އެ ޕާޓީއަށް މިނިސްޓަރު ވަނީ ފާޑުވިދާޅުވެފައެވެ.

Advertisement - newsAdvertisement
ސަރުކާރުގައި ތިއްބެވި ބޭފުޅުން ޖޭޕީ އަކީ އެންމެ ފުރަތަމަ އައިނުން ކޯލިޝަންހެން. އެކަމަކު މިހާރު އިދިކޮޅު ފަރާތެއް ހެންވެސް މަޖިލީހުގައި ވަޑައިގަންނަވަން އެ ވިދާޅުވަނީ އިދިކޮޅަށް ތިއްބަވާނެ ބޭފުޅުންނާ އެކީގައިވެސް ޖޭޕީ. އެހެންވީމާ އެބޭފުޅުން ސްޓޭޓަސް އެއް އޮޅުމެއް ނުފިލާއޭ.؟ އެބޭފުޅުން ކުރަން އުޅުއްވަނީ ކީ ކަމެއް އޮޅުން ނުފިލައޭ؟ މިނިސްޓަރު ވިދާޅުވިއެވެ.

ޖޭޕީން އޮތީ ސަރުކާރާ އެކުގައިކަން، ނުވަތަ ނޫން ކަން ނޭނގުމަކީ ދެރަ ކަމެއް ކަަމށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވެސް ޖޭޕީގެ ސްޓޭންޑް އޮޅުން ފިލުވަން ބޭނުންވާ ކަމަށާއި، ޖޭޕީން އެކަން ސާފުކޮށް ދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކެމްޕޭނު ކުރާނެ ފައިސާ އެއް ނެތް ކަމަށް ބުނެ ޕްރޮގްރެސިވް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ވައްދަން އުޅޭ ކަމުގެ އަޑުތަކެއް އަރާފައިވާއިރު މާރިޔާ ވިދާޅުވީ، ހަރަދު ކުރާނެ ފައިސާ ނެތި އިންތިހާބު ފަސްކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، އިންތިހާބު ލަސްކުރެވޭ ފަދަ ވާހަކަތައް ދެކެވުމަކީ ރައްޔިތުން އެކަމާއި ކަންބޮޑުވާނެ ކަމަށެވެ.

އެތައް ފަހަރެއްގެ މަތިން އެޖެންޑާ ކޮށްގެން ވެސް ރިޔާސީ ކޮމިޝަން ބިލް ފާސްފެވައި ނުވާތީވެ ގިނަ ރައްޔިތުންތަކެއް ތިބީ ''ޑިސަޕޮއިންޓް'' ވެފައި ކަމަށާއި، ގޭގެއަށް ގޮސް ޒިޔާރާތް ކުރުމުން ގިނަ ބަޔަކު އެކަމާ މެދު ކަންބޮޑުކަންފާޅު ކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޖޭޕީގެ ސްޓޭންޑާ މެދު ޑިފެންސް މިނިސްޓަރު ސުވާލު އުފައްދާފައިވާއިރު، ޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް ވަޒީރުން ދަނީ ޖޭޕީން ޕްރޮގްރެސިވް ކޯލިޝަނާ އެކު މަސައްކަތް ކުރަން ނިންމި ނިންމުމަށް ފާޑު ކިޔަމުންނެވެ. އަދި އެ ނިންމުމަކީ ޖޭޕީ ކައުންސިލްގެ މެދުގައި ވޯޓެއް ނަގައިގެން ކުރި ކަމެއް ނޫން ކަމަށާއި ކުރިން ނިންމި ނިންމުމެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް