Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިންގ

''ބްރޭކް ދަ ބެރިއަރ'' ފެތުމުގެ ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފި

މި ހަރަކާތުގައި 100 އަށް ވުރެ ގިނަ އަންހެނުން ބައިވެރި

މިއުނާ ހަސަން
މިއުނާ ހަސަން | 30 މާރިޗު 2019 | ހޮނިހިރު 16:49
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާފައި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާފައި

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ބްރޭކް ދަ ބެރިއަރ" ފެތުމުގެ ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހަތް ކިލޯ މީޓަރުގެ މި ފެތުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ ބައެއް އަންހެން ވަޒީރުންގެ އިތުރުން އެކި އުމުރުފުރާތަކުން 100 އަށް ވުރެން ގިނަ އަންހެން ކަނބަލުން ބައިވެރިވެފައި ވެއެވެ.

އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ފެތުން ފަށާފައި ވަނީ މިއަދު ހަވީރު މާލެ އަތޮޅު ފުނަދޫއިންނެވެ. މި ހަރަކާތަކީ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. މި ޙަރަކާތް ކުރިއަށްދިޔަ ވަގުތު ފެތުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވެއެވެ.

ފެތުންތެރިން ފަތާފައި އައިސް މާލެ އެރި ވަގުތު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ސާލިހް ވަނީ އެ ސަރަހައްދަށް ވަޑައިގެން ފެތުންތެރިންނާ ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އަދި ގިނަ ޢަދަދެއްގެ ޢާންމުން ވެސް ވަނީ އެ ސަރަހައްދަށް އެއްވެ މިޙާރަކާތުގެ ބައިވެރިންނަށް ހިތްވަރުދީފައެވެ.

ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކުން އަންނަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މި ހަރަކާތްތަކުގައި ސަރުކާރުގެ އަންހެން މިނިސްޓަރުންނާއި، އިސް މަޤާމުތަކުގައި ތިއްބެވި ކަނބަލުންގެ އިތުރުން، އެކި ދާއިރާތަކުން ހިދުމަތްކޮށްދެއްވާފައިވާ އަދި ހިދުމަތް ކޮށްދެމުން އަންނަ ކަނބަލުން ބައިވެރިވެފައި ވެއެވެ.

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2017

ކާމިޔާބުކަމާއެކު ދިރާގު ރޯޑް ރޭސް ނިންމާލިއިރު، ޝިފާޒް ގައުމީ ރެކޯޑު މުގުރާލައިފި

24 ނޮވެމްބަރު 2017
ކާމިޔާބުކަމާއެކު ދިރާގު ރޯޑް ރޭސް ނިންމާލިއިރު، ޝިފާޒް ގައުމީ ރެކޯޑު މުގުރާލައިފި
18 އޮކްޓޯބަރު 2017

މަކީޓާ ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރު މަހު ބާއްވަނީ

18 އޮކްޓޯބަރު 2017
މަކީޓާ ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރު މަހު ބާއްވަނީ
07 އޮކްޓޯބަރު 2017

އިންޓަނޭޝަނަލް ބްރޭކް މަދުކުރަން ފީފާ އިން މަޝްވަރާކުރަނީ!

07 އޮކްޓޯބަރު 2017
އިންޓަނޭޝަނަލް ބްރޭކް މަދުކުރަން ފީފާ އިން މަޝްވަރާކުރަނީ!
02 އޮކްޓޯބަރު 2017

ޓޭބަލް އޮފް ޑިމޮކްރަސީގައި ބާސާ ބައިވެރިވެ، އެޓީމުގެ ހަރަކާތްތައް ހުއްޓާލައިފި

02 އޮކްޓޯބަރު 2017
ޓޭބަލް އޮފް ޑިމޮކްރަސީގައި ބާސާ ބައިވެރިވެ، އެޓީމުގެ ހަރަކާތްތައް ހުއްޓާލައިފި
05 ސެޕްޓެމްބަރު 2017

3 ވަނަ އައްޑޫސިޓީ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް މި މަހު ފަށާނެ

05 ސެޕްޓެމްބަރު 2017
3 ވަނަ އައްޑޫސިޓީ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް މި މަހު ފަށާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު