Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިންގ

3 ވަނަ އައްޑޫސިޓީ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް މި މަހު ފަށާނެ

5 ސެޕްޓެމްބަރު 2017 | އަންގާރަ 03:37

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 11 އިން 15 އަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 ސެޕްޓެމްބަރު 2017 | އަންގާރަ 03:37
ފެތުމުގެ މުބާރާތެއްގެ ތެރެއިން ބައެއް ފެތުންތެރިން

ފެތުމުގެ މުބާރާތެއްގެ ތެރެއިން ބައެއް ފެތުންތެރިން

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ 3 ވަނަ އައްޑޫސިޓީ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް މި މަހު ފަށާނެއެވެ.

ސްވިމިންގ އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 11 އިން 15 އަށެވެ. މި މުބާރާތް ކުރިޔަށްދާނީ ހިތަދޫ ސްވިމިންގ ޓްރެކްގައެވެ. މި މުބާރާތް އެކިއެކި އުމުރުފުރާތަކަށާ ކެޓަގަރީތަކަށް ވަނީ ބަހާލެވިފައެވެ. އަދި އަންހެން ފިރިހެން ދެ ޖިންސްގެ ކެޓަގަރީތަށް މުބާރާތުގައި ހިމެނިފައިވެއެވެ.

އެގޮތުން މުބާރާތް ބަހާލެވިފައިވާ އުމުރުފުރާތަކުގެ ތެރޭގައި 12 އަހަރުން ދަށާ 14 އަހަރުން ދަށާ 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށް ހިމެނެއެވެ. ހަމައެހެންމެ ވަރަށް ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުޅުވާލެވިގެން ބާއްވާ އިވެންޓެއް ވެސް އޮންނާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މުބާރާތުގައި ފެތުންތެރިން ބައިވެރިވާނެ ބައެއް އިވެންޓުތަކުގެ ތެރޭގައި ފްރީސްޓައިލާ ބަޓަރފްލައި ސްޓްރޯކާ ބްރެސްޓް ސްޓްރޯކާ ބެކްސްޓްރޯކް ހިމެނެވެ. މި ސްޓްރޯކުތަކުގެ 25 މީޓަރާ 50 މީޓަރާ 100 މީޓަރުގެ އިވެންޓުތަށް ބޭއްވޭނެއެވެ. އަދި ޓީމު އިވެންޓްތަކުގެ އިތުރުން އިންޑިވިޖުއަލް މިޑް ރިލޭވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުވެސް ބޭއްވުނު އައްޑޫސިޓީ ކިޑްސް ސްވިމިންގ ފެސްޓިވަލްވެސް މިއަހަރު ވެސް ކުރިޔަށްދާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. މި ފެސްޓިވަލް ކުރިޔަށް ދާނީ މި މަހުގެ 8 އަކުން 9 އަކަށް ހިތަދޫ ސްވިމިންގ ޓްރެކް ސަރަހައްދުގައެވެ.

މި ފެސްޓިވަލްގައި 6 އަހަރުން ދަށާ 8 އަހަރުން ދަށާ 10 އަހަރުން ދަށް ހިމެނޭ ގޮތަށް ޖުމްލަ 6 އިވެންޓްގައި ފެތުންތެރިން ވާދަކުރާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ހަމަވެފައިވާއިރު މިއީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ހުޅުވާލެވިގެން އައްޑޫސިޓީގައި ބޭއްވޭ މުބާރާތެކެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް