Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރިލަންކާ

ލަންކާ އިން ރާއްޖެއަށް ފުރަން އުޅުނު ނުރައްކާތެރި ކުށްވެރިންތަކެއް ހައްޔަރުކޮށްފި

29 މާރިޗު 2019 | ހުކުރު 08:14

ހައްޔަރު ކުރި މީހުންނަކީ ނުރައްކާތެރި ކުށްވެރިޔާ މަކަންދުރެ މަދުޝަންކައާ ގުޅުން އޮންނަ މީހުން

އަލީ ސަމާޚް
އަލީ ސަމާޚް | 29 މާރިޗު 2019 | ހުކުރު 08:14
ބީއައޭ އެއާޕޯޓްގެ ޑީޕާޗާ ބޯޑް - ރާއްޖެއަށް ފުރަން ފުލައިޓެއް ތައްޔާރުވެފައި

ބީއައޭ އެއާޕޯޓްގެ ޑީޕާޗާ ބޯޑް - ރާއްޖެއަށް ފުރަން ފުލައިޓެއް ތައްޔާރުވެފައި

އަވަށްޓެރި ސްރީލަންކާގެ ބަންޑާރަ ނައިކެ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ) އިން ރާއްޖެއަށް ފުރަންވެގެން އުޅެނިކޮށް، ލަންކާ ފުލުހުން ހޯދަމުން ދިޔަ ނުރައްކާތެރި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ކްރިންމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއަޑީ) އިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ލަންކާގެ ނުރައްކާތެރި ކުށްވެރިޔާ މަކަންދުރެ މަދުޝްއާ ގުޅުން އޮންނަ މީހުންނެވެ. ސަދަން ޑިވޮލޮޕްމެންޓް އޮތޮރިޓީގެ ޗެއާމަން ޑެނީ ހިތްތަޓިޔާގެ އިތުރުން އިތުރު ބަޔަކު މަރާލި ކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހޯދަމުން އަންނަ މަކަންދުރެ ހައްޔަރު ކޮށްފައިވަނީ ދުބާއީގެ ހޮޓަލެއްގެ ތެރޭގާއި ބަޔާކާއި އެކު ޕާޓީ ކުރަން ތިއްބައެވެ.

މަކަންދުރެ މަދުޝް -- ފޮޓޯ: ޑެއިލީ މިރާ / އެލްކޭ

ހައްޔަރު ކުރި މީހުންގެ ތެރޭގައި ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަމަލް ޕެރޭރާވެސް ހިމެނެއެވެ. ފުލުހުން ވަނީ މަކަންދުރެއާ ގުޅުން އޮންނަ މީހުން ހައްޔަރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ދުބައީން ދަނީ މަކަންދުރޭ ލަންކާގެ ފުލުހުންނާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މަކަންދުރެ އާއި ގުޅުން އޮންނަ ހަތަރު މީހުން ދުބާއިން ޑީޕޯޓްކޮށްލާފައިވާއިރު، އެމީހުން ލަންކާ އަށް އައީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް އެސްޕީ ރުވާން ގުނަސޭކަރަ ވިދާޅުވީ، މި ހަތަރު މީހުން ލަންކާ އަށް އައުމަށްފަހު އުޅުނީ ރާއްޖެއަށް ފުރަންވެގެން ކަމަށެވެ. އެހެން ނަމަވެސް ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ރާއްޖެއަށް ފުރުމުގެ ކުރިން މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އެންމެންނަކީ ވެސް މީހުން މަރާލުމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ މީހުންނެވެ.

ރާއްޖެއަށް ފުރަން އުޅެނިކޮށް ހައްޔަރު ކުރި މީހުން -- ފޮޓޯ: ޑެއިލީ ނިއުސް / އެލްކޭ

ހައްޔަރު ކުރި މީހުންނަކީ، ކަންޖިޕަނީ އިމްރާން، އަނުޝްކާ ކައުޝަލް، އަމީލާ ސަންޕަތުގެ އިތުރުން އެންޑަސަން ފެނާންޑޭޒް އެވެ.

މި މީހުންގެ ތެރެއިން އިމްރާން ހޯދަމުން ދަނީ، މާލިގާވައްތަ އަލަމް އިގްބާލް އެވިނިއުގައި މީހަކު މަރާލުމުގެ އިތުރުން ތިން މީހަކު މަރާލި ކަމުގެ ތުހުމަތުގައެވެ. އިމްރާންގެ ކުރީގެ އަންހެނުން އާޝާ ފަރީ މަރާލަން އުޅުނު ކަމުގެ ތުހުމަތުތައްވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެެވެ.

މީހަކު މަރާލުމުގެ އިތުރުން ހެންޑް ގްރެނޭޑް ގެންގުޅުނު ކަމުގެ ތުހުމަތުގައި އަނުޝްކާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. މި އެންމެންވެސް ވަނީ ކުށްކުރުމަށްފަހު ފިލައިގެން ދުބާއިއަށް ގޮސްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
30 އެޕްރީލު 2017

މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ

30 އެޕްރީލު 2017
މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
22 މާރިޗު 2017

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

22 މާރިޗު 2017
އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް