Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗުއްޓީ

ފުލުހުންނާއި، ކަސްޓަމްސްގެ މުވައްޒިފުންނަށްވެސް ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ ލިބޭނެ!

29 މާރިޗު 2019 | ހުކުރު 07:26

ޗުއްޓީދޭ އުސޫލަށް ބަދަލުގެނައި، ސަރުކާރުގެ ސިޔާސަތާއި އެއްގޮތްކުރުމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 29 މާރިޗު 2019 | ހުކުރު 07:26
ކްރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ

ކްރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތް ވާގޮތުގެ މަތިން ފުލުހުނާއި، ކަސްޓަމްސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަސް ދުވަހުގެ ޗުއްޓީ އާއި ފިރިހެން މުވައްޒަފުންނަށް ޕެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު އެއް މަސްދުވަހުގެ ޗުއްޓީ ދޭން ނިންމައިފިއެވެ.

ފުލުހުންގެ މުއައްސަސާއިން ބުނީ، އެ އިދާރާގެ މުވައްޒިފުންނަށް ޗުއްޓީދޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމީ، 2019 މާރިޗު މަހުގެ 27 ވަނަ ދުވަހު ބޭއްވި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި "ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި ބެހޭ ޤަވާއިދަށް" ގެނައި އިސްލާހު ފާސްކޮށް، އެކަން މިނިސްޓަރ އޮފް ހޯމް އެފެއަރޒަށް ދެންނެވުމުން، އެ އިސްލާހާ އެއްގޮތަށް ޗުއްޓީ ދިނުމަށް ނިންމެވުމާއި ގުޅިގެން ކަމަށެވެ. އަދި މި ނިންމެވުމާއި ގުޅިގެން އެގޮތުގެ މަތިން މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ކަނޑައަޅައި އެކަން ވަނީ ބުރާސްފަތި ދުވަހުން މުވައްޒަފުންނަށް އިޢުލާނުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ކަސްޓަމްސް ސާރވިސުން ބުނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ކަނޑައެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނިގެން އެ ބަދަލު މިހާރު ކަސްޓަމްސްގެ މުވައްޒަފުންގެ ޤަވާއިދަށް ގެނެވިފައިވާއިރު، ޤަވާއިދަށް ގެނެވުނު އިސްލާޙު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރެވިފައިކަމަށެވެ.

ސަރުކާރުގެ ގިނަ ކުންފުނިތަކުންވެސް ވަނީ ޗުއްޓީގެ އުސޫލަށް ބަދަލު ގެނެސްފަ އެވެ. އަދި ބައެއް އަމިއްލަ ކުންފުނިތަކުންވެސް އެ ބަދަލު ގެނެސްފައިވެއެވެ.

ސަރުކާރުގެ ފުރަތަމަ 90 ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ ވައުދަކީ ވިހެއުމުންދޭ ޗުއްޓީ 6 މަސް ދުވަހަށް އިތުރުކުރަން ނިންމި ވައުދުކަމަށެވެ. އަދި އެއީ، ސަރުކާރުން ކުރި ވަރަށް މުހިއްމު، އަދި ކުރަން ޖެހިފައި އޮތް ކަމެއްގެ ގޮތުގައި މުޅި ޤައުމު ބަލައިގެންފިކަމެއް ކަމަށާއި، އޭގެ އެއް ހެތްކަކީ، އެ ނިންމުން ނަމޫނާއަކަށް ބަލައިގެން، ޖުޑިޝަރީންވެސް އެގޮތަށް ނިންމުންކަމަށް ރައީސް ވިދާޅުވި އެވެ. އޭގެއިތުރުން ބައެއް ކުންފުނިތަކާއި، ބައެއް މިނިވަން މުއައްސަސާތަކުންވެސް، އެގޮތަށް ޗުއްޓީ ދޭން މިހާރު ނިންމައިފައިކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި، ޖުމްލަ 160 ވަޢުދެއް ހިމެނޭ. އޭގެތެރެއިން މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ވަނީ 83 ޕަސެންޓް ވަޢުދު ފުއްދިފައި. ދެން ހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރެވެމުން."

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް