Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލ؛ިސް

މަޖިލީހުގައި އެމްޑީޕީ މެމްބަރުންގެ ބަހުގެ ހޫނު ހަމަލާ ގާސިމަށް

27 މާރިޗު 2019 | ބުދަ 16:38

ދައުލަތަށް ގާސިމް ހަރާންކޯރު ވެވަޑައިގަންނަވާ: އީވާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 27 މާރިޗު 2019 | ބުދަ 16:38
މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހިމް

މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހިމް

ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެން، ދައުލަތުގެ ތިން ބާރުގެ މަސައްކަތަށް ބުރޫއެރުވުމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އަމަލު ކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ބަހުގެ ހޫނު ހަލަމާތަކެއް ރައްދު ކުރައްވައިފިއެވެ.

ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ގާސިމް ބަހުގެ ހޫނު ހަމަލާތަކެއް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ރައްދު ކުރެއްވީ އެޖެންޑާއަށް ކުއްލި ބަދަލެއް ގެންނެވުމުންނެވެ. އެގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުން އަމަލު ކުރާނެ ގޮތާ ގުޅޭ ގޮތުން އިސްތިޝާރީ ލަފައެއް ހޯދުމާ ގުޅޭ ގޮތުން ބަހުސް ފެއްޓެވުމުންނެވެ.

Advertisement - newsAdvertisement

ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ އެޖެންޑާ ކުރީ ގާނޫނުއަސސީއާ ހިލާފަށް ކަމަށެވެ.

"އިއްޔެއާ ހަމައަށް މިއަދުގެ އެޖެންޑާ ނެރެފައި އޮތްއިރު މި މައްސަލައެއް ނެތް. ސުޕްރީމް ކޯޓަށް ލަފައަށް ފޮނުވާ ވާހަކައިގައި މައްސަލައެއް ނެތް. ސުޕްރީމް ކޯޓުގެ ސިޓީއެއްގެ ވާހަކައެއް ނެތް. އެކަމަކު ރޭގައި ފޮނުއްވި އެޖެންޑާގައި ކުއްލިއަކަށް އެބައޮތް މި އައިޓަމް ވެސް އެޖެންޑާކޮށްފަ. އެއް ކަމަކަށް އިއްޒަތްތެރި ރައީސް، އެހެނެއް އެޖެންޑާއެއް ވެސް ބަދަލެއް ނުކުރެވޭނެ. ދެވަނަ ކަމަކަށް، މި ކަންތައް އެޖެންޑާކޮށްފައި މި އޮތީ، ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް،"

ބަހުސް ހޫނުވެ، އީވާ ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިއްބެވީ ގާސިމްގެ "ރަހުމަތްތެރިން"ތެރިންތަކެއް ކަމަށެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ގާސިމް އަމަލު ކުރައްވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އީވާ ވިދާޅުވީ މަޖިލީހުގެ ގަވާއިދު ގާސިމް "އޮޅާލައި" ދައުލަތަށް އެމަނިކުފާނު "ހަރާންކޯރު" ވެވަޑައިގަންނަވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ، ފަސް ފަނޑިޔާރުންގެ ލަފަޔަކަށް ޤައުމު އެއްކޮށް ހިންގަން ނިންމަންވީ ނޫންތޯ... މަނިކުފާނު، މަނިކުފާނު މިހާރު ތިޔަ އޮޅާލަނީކީއެއް ރައްޔިތުންގެ މަޖިލީހުގެ 15 ގަވާއިދު އެކަންޏެއް ނޫން. ތި ޚިލާފުވެވަޑައިގަންނަވަނީކީ ހަމައެކަނި ޤާނޫނުއަސާސީއަކާ ނޫން. ދިވެހިރާއްޖޭގެ މުޅި ދައުލަތުގެ މުޅި 3 ބާރު ވަކިވެފައިވާ ނިޒާމަށް މަނިކުފާނު، މަނިކުފާނު މިހާރު ތިޔަ ހަރާންކޯރުވެވަޑައިގަންނަވަނީ އިއްޒަތްތެރި ރައީސް،" އީވާ ވިދާޅުވިއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ ސުޕްރީމް ކޯޓުގައި އެ މައްސަލައާ ގުޅޭގޮތުން އިސްތިޝާރީ ލަފައެއް އަހަން ނުޖެހޭނެ ކަމަށާއި އެފަދަ މައްސަލައެއްގައި އިސްތިޝާރީ ލަފައަކަށް އެހުމަކީ "މަޖިލީހުގެ ހައިބަތާއި އިއްޒަތާއި ޤަދަރު ގެއްލޭ ކަމެއް" ކަމަށެވެ.

"ަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މެންޑޭޓު އެނގެންޖެހޭނެ. އެހެންވީމާ، މިއީ ވަރަށް ދެރަ ކަމެއް. މިއީ މިގޮތަށް ކޮށްގެންވާނެ ކަމެއް ކަމުގައި އަޅުގަނޑު ނުދެކޭ ވާހަކަ ދަންނަވަން. އަދި ގަ ރާރު ހުށަހެޅުމަށް ވެސް އޮންނަނީ ބިލު ހުށަހެޅުމުގެ އުސޫލުގެ ތެރެއިން،" ނާޝިދު ވިދާޅުވިއެވެ.

މަޖިލީހުގެ ބާރުވެރިކަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަތްމައްޗަކަށް ދުލެއް ނުކޮށްލެވޭނެ ކަމަށް ވިދާޅުވެ، ކުޅުފުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުޣަފޫރު މޫސާ ވިދާޅުވީ ތިން ބާރު ވަކިކުރެވިފައި އޮތް ނިޒާމެއްގައި މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރަން ސުޕްރީމް ކޯޓަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"މި ޤަ އުމު ޖެހޭނީ ރައްޔިތުން ޤައުމެއްގެ ގޮތުގައި އޮންނަން. މި ދިވެހި ރައްޔިތުންގެ ރައްޔިތުންގެ މަޖިލިސް، އިއްޒަތްތެރި ރައީސް. މި މަޖިލީހުގެ ބާރުވެރިކަން ސުޕްރީމް ކޯޓުގެ މި 5 ފަނޑިޔާރުންގެ އަތްމައްޗަކަށް ދުލެއް ނުކޮށްލެވޭނެ، އިއްޒަތްތެރި ރައީސް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން، އިއްޒަތްތެރި ރައީސް. އެ ވާހަކަ އަޅުގަނޑުމެން ދެއްކީ. 3 ބާރު ވަކިކުރެވިފައި އޮތް ނިޒާމެއްގައި އެކަންކަން ކުރާކަށް އަޅުގަނޑުމެންނަކަށް ފުރުޞަތެއް ނުދެކޭނެ،" ޣަފޫރު ވިދާޅުވިއެވެ.

ވަޒީރުންނާއި، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އަމަލު ކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ކޮށްފައިވާ ހުކުމެއް މުރާޖާކޮށް ދިނުމަށް މަޖިލީހުން ހުށަހެޅުމުން، ސުޕްރީމް ކޯޓުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އިސްތިޝާރީ ލަފައަކަށް އެދެވޭނީ މަޖިލީހުން ފާސްކުރާ ގަރާރަކުން ކަމަށެވެ. އެ މައްސަލާގައި އެ ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް މަޖިލީހަށް ބުދަ ދުވަހު ގަރާރު ހުށަހެޅުމުން އެ ގަރާރު ފާސްކުރަން މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުނެވެ. އެ ގަރާރު ފާސްކުރަން އެންމެ ތިން މެމްބަރުން ވޯޓު ދެއްވިއިރު، ގަރާރާ ދެކޮޅަށް 30 މެމްބަރުން ވޯޓު ދެއްވިއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް