Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ސޯލިހު 100 ދުވަސް

ރައީސްކަމުގައި 60،000 އަށްވުރެ ގިނަ ސެލްފީ، ކެމްޕެއިންގައި ދެ ލައްކައަށް ވުރެ ގިނަ!

ހެނދުނު އޯޓްސް ފަރިއްކުޅުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 މާރިޗު 2019 | ބުދަ 11:39
ރައީސް ސޯލިހު ސަޕޯޓަރުންނާއެކު ސެލްފީއެއް ނަންގަވަނީ

ރައީސް ސޯލިހު ސަޕޯޓަރުންނާއެކު ސެލްފީއެއް ނަންގަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކެތްތެރި، ހިތްތިރި ބޭފުޅެކޭ އެންމެންވެސް ކިޔައެވެ. ސިޔާސީ ގޮތުން އެންމެ ހަލަބޮލި ދަނޑިވަޅުތަކުގައި ވެސް ރައީސް ފެނިވަޑައިގަންނަވަނީ ވަރަށް މަޑުމައިތިރިކަމާ އެކު، ހިކުމަތްތެރިކަމާ އެކު އެކަމަކާ ކުރިމަތިލައްވައި ހައްލު ހޯއްދަވާ ތަނެވެ. ސާދާ ދިރިއުޅުމެއް އުޅުއްވާ، ރައްޔިތުންނާ ގާތް ބޭފުޅެއްގެ ގޮތުގައި ރައީސް ސިފަކުރައްވާ ގިނަ ފަރާތްތަކުން ބުނަނީ ރައީސްގެ ކެތްތެރިކަމާ ހިތްތިރި ކަމުގެ އެއް މިސާލަކީ ވަރުބަލިކަމެއް ނެތި ރައްޔިތުންނާ ބައްދަލު ކުރައްވައި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އިސްކަންދެއްވާ މިންވަރު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރުމަށްފަހު ރައީސްކަމުގެ މަޤާމަށް ވަޑައިގަތުމުން ވެސް ރައީސްގެ ކިބައިން ފެނިގެން ދިޔައީ ހިތްހެއުކަމާއި މަޑުމައިތިރިކަމެވެ. އެތައް ގަޑިއިރަކު ރައްޔިތުންނާ ބައްދަލުކުރައްވައި "ސެލްފީ" ނަންގަވަން ޖެހިވަޑައިގަތަސް ފަސްޖެހިވަޑައިގަތުމެއް ނެތި ވަރުބަލިފުޅުވުުމެއް ނެތި ކިއޫ ހަދައިގެން ތިބޭ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް ފޮޓޯނަންގަވައެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގަައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގަތް ފަހުން ވެސް 60،000 އަށްވުރެ ގިނަ ސެލްފީ ނެންގެވިފައިވާނެ ކަމަށާއި، މިހާތަނަށް މާ ގިނަ ރަށްތަކަކަށް ނުދެވުނު ނަމަވެސް، ކޮންމެ ރަށަކުން ވެސް ބައިވަރު މީހުން ސެލްފީ ނަގާ ކަމަށެވެ. އަދި އޭގެ ކުރިން ކެމްޕެއިނު ދުވަސްވަރު ދުއިސައްތަ ހާހަކަށް ސެލްފީ ނެންގެވިފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" އާންމުންނާ އެކީގައި ބައްދަލުވާ ކޮންމެ ބައްދަލުވުމެއްގައި ހަމަ އެދޭ އެނގޭތޯ، އެހެންވީމާ ސެލްފީ ނެގޭ، ގާތްގަނޑަކަށް ބަލާލާއިރުގަ ވެރިކަމަށް އައި ފަހުން ނެގިއްޖެ 60،000 އަށްވުރެ ގިނަ ސެލްފީ، ދެން އޭރު އަޅުގަނޑު ބަލާލިއިރު ކެމްޕެއިން ތެރޭގައި ހަމަ ދެލައްކަ އަށްވުރެ މަތީގަ އުޅޭ ވާހަކަ އަޅުގަނޑު ދެންނެވިން ދެއްތޯ ، މިހާރު އޭގެ ފަހުން ނެގިއްޖެ އެހާވަރަށް" ރައީސް ސޯލިހު ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް ރައީސް ސޯލިހު ވަނީ އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަފުޅުތައް ފަށާއިރު ޕްރޮގްރާމުގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ރައީސްގެ ދުވަސް ފެށޭ ގޮތް ކިޔާދެއްވަމުން ވިދާޅުވީ، ފަތިސް ނަމާދު ކުރެއްވުމަށްފަހު ކުޑަ ވަގުތުކޮޅަކު އަރާމު ކުރައްވާ ކަމަށާއި، ދެން އެންމެ އިސްކަމެއްގެ ގޮތުން އެގަޑީގައި ކުރައްވާ ކަމަކީ ފޯނުގެ މެސެޖުތައް ވިދާޅުވުން ކަމަށެވެ.

" ހެނދުނު އެބަ ހޭލަން 5:15 ގައި ބަންގިިއާއެކީގައި، ފަތިސް ނަމާދަށް ފަހު ކުޑަ ބްރޭކެއް އަޅުގަނޑު ރެސްޓެއް ނަގަން އެގަޑީ، ނަގާފައި ދެން 6:30 ކަންހާއިރު މަސައްކަތް ފަށަނީ، ފުރަތަމަ ކަމަކަށް އަޅުގަނޑު މި ކުރަނީ ހުރި މެސެޖުތައް ބެލުން ފޯނުގަ، އެއީ ވަރަށް ބުރަ މަސައްކަތެއް،" ސަމާސާ ރާގެއްގައި ރައީސް ވިދާޅުވިއެވެ.

ގަޑިން ގަޑިއަށް ފަރިއްކުޅުވުމަށް އިސްކަންދެއްވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ފޯނުން މެސެޖުތައް ބެއްލެވުމަށްފަހު ގާތްގަނޑަކަށް 8:00 ހާއިރު ހެނދުނުގެ ނާސްތާ ބައްލަވާ ކަމަށާއި، އޭގެ ފަހުން 10:00 ހާއިރު ކުޑަ ސައެއް ބައްލަވާ ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ކާއެއްޗެއްސައް މާ ބޮޑު ބަދަލެއް ނުގެންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" ހެނދުނު އަޅުގަނޑު އޯޓްސް މި ކަނީ، މެންދުރު ގިނައިން ގަރުދިޔައާ ބަތާ، ދެން ރޭގަނޑު ކޮންމެވެސް ވެޖިޓަބަލްއެއް ނޫނީ ތަންކޮޅެއް ލުއިކޮށް ގެންދަނީ، އަޅުގަނޑަށް (އޯޓްސް) މީރު، ކުރީގަ އަޅުގަނޑު ޕާން ކަނީ، ބްރައުން ބްރެޑް، އެއަށްފަހު އޯޓްސްއަށް ބަދަލުކުރިތާ 4 އަހަރު 3 އަހަރު ވެދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޯޓްސް ފަރިއްކުޅުވާއިރު ރަހަ މީރުކުރެއްވުމުގެ ގޮތުން މާމުއި ނުވަތަ ކޮންމެވެސް މޭވާއެއް އަޅުއްވާ ކަމަށެވެ.

ރައީސް ސޯލިހުގެ ހިތުގެ މައްސަލައެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ކުރައްވާފައިވާ ތުހުމަތުތަކާ ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ރައީސުންގެ ސިއްހީ ހާލަތު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި، މީގެ 11 އަހަރު ކުރިން މެޑިކަލް ޗެކަޕެއް ހެއްދެވިއިރު ހިތުގެ ނާރެއްގައި ބްލޮކެއް ހުރި ކަމަށާއި، އެކަމާ ގުޅިގެން "އެންޖިއޯގްރާމް" އެއް ހައްދަވާފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ޗެކަޕް ހައްދަވާ ކަމަށާއި، އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު