Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ބަހުސް

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުން: ނަޝީދު

26 މާރިޗު 2019 | އަންގާރަ 19:47

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ވޯޓެއް ނަގަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 މާރިޗު 2019 | އަންގާރަ 19:47
ކުރީގެ ރައީސް ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް ވާހަކަފުޅު ދައްކަވަނީ

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، އެގޮތަކަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައު މައްޗަންގޮޅި މެދުދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން މެދުގައި ބޭއްވި ބަހުސްގައި އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީއަކީ ވަރަށް ޒަމާންވީ ހުދުމުހުތާރު ރިޔާސީ ނިޒާމަކާ އިދިކޮޅަށް ހިނގި ހަރަކާތެއްގެ ތެރެއިން ލިބުނު އެއްޗެއް ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތްއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގައި ބާރުވެރިކަން ވަރަށް ބޮޑު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ގާނޫނު އަސާސީ ވަކި ހިސާބަކަށް އިސްލާހު ކުރުމަށްފަހުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ތިބޭފުޅުން ހަދުމަފުޅު ހުންނާނެ. އެވޯޓުގައި ރާއްޖޭގައި ވޯޓު ލާން ހައްގުވާ މީހުންގެ އަދަދަށްވުރެ ގިނައިން ވޯޓުލީ ކަމަށް އިއުލާން ވެސް ކުރި،" ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ވޯޓުގައި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރައްވައި ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށް އެމްޑީޕީއާ އިދިކޮޅު ބައެއް ޕާޓީތަކުން ބުނަމުންދާއިރު، ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލެއް ކަނޑައަޅާނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވޯޓުން ވެރިކަމުގެ ނިޒާމުގެ ގޮތުގައި ރިޔާސީ ނިޒާމު ކަނޑައެޅިގެން ދިޔަ ކަމަށާއި، ނަމަވެސް މިއަދު ރައްޔިތުން ބޭނުންވާ ގޮތް ދެނެގަތުމަށް ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭ ކަމަށެވެ.

"[ވެރިކަމުގެ ނިޒާމުގެ] ވޯޓަށްފަހު ރިޔާސީ ނިޒާމެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅިގެން ދިޔައީ، އަޅުގަނޑުމެން މިއަދުވެސް އަމަލުކުރަންޖެހޭ ގޮތްތައް އަލުން އަނބުރާ ދެނެގަތުމަށް ޖެހޭނީ ރައްޔިތުންގެ ވޯޓަށް އަޅުގަނޑުމެންދާން، ރާއްޖޭގެ ރައްޔިތުން މިރާއްޖޭގައި އޮތުމަށް ފެންނަނީ ރިޔާސީ ނިޒާމެއް ކަަމަށް ކަނޑައަޅައިފިނަމަ އެގޮތަށް އަމަލު ކުރަން އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް، ރާއްޖޭގެ ރައްޔިތުން އެހެން ގޮތަކަށް އަމަލު ކުރިނަމަވެސް މިހުރީ ތައްޔާރަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ހޭދަކުރައްވަމުން ގެންދެވީ ދިވެހިރާއްޖޭގައި ސުލުހަވެރި ސިޔާސީ ހަރަކާތް ހިންގުމާއި އެ ހަރަކާތަކީ ރައްޔިތުންގެ ބައިވެރިވެގެން ހިންގޭ ނިޒާމަކަށް ހެދުމަށް ކަމަށެވެ. ދިވެހިރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް އެކަށައެޅިފައިވާ ކަމަށާއި ދިވެހިރާއްޖޭގެ އާމްދަނީ 7 ބިލިއަނުން 30 ބިލިއަން ރުފިޔާއަށް އެމްޑީޕީއަށް ގެނެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން އިންތިޚާބަށް ނުކުތީ އެޖެންޑާ 19 އާއެކުގައި ކަމަށާއި އެމްޑީޕީން ނުކުތީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަން ފުއްދައި ދިނުމަށް ކަމަށާއި، ވަޒީފާ ހޯދައި ދިނުމަށާއި ރައްޔިތުންގެ މައްސަލަތައް ހައްލުކުރެއްވުމަށެވެ.

އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްފައިވާއިރު، ނަޝީދު ވިދާޅުވީ އިތުރު ބަޣާވާތަކަށް އަދި ދީނުގެ ނަން ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ޚިލާފު އުފައްދާކަން ޖާގައެއް ނުދެއްވާނެ ކަމަށެވެ.

"އެއްވެސް ހާލެއްގައި އަޅުގަނޑަކީ ވޯޓު ލުމަކީ ދީނާ ގުޅޭ ކަމެއް ނޫން ކަމަށް މީގެ ކުރިން ވާހަކަ ދައްކާފައިވާ މީހެއް ނޫން. އަދި އެ ވާހަކަތައް ދެއްކުމަށް ފަހުގައި ދެން މިތަނަށް ވަޑައިގެން ވޯޓެއް ދެއްވުމަށް އެދި ވާހަކަ ދެއްކެވުމުގެ ހުތުރު އަމަލު ވެސް އިރާދަކުރެއްވިޔާ އަޅުގަނޑެއް ނުކުރާނަން،" އެ މަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓަކަށް ބަހުގެ ހަމަލާ ދެއްވުމުގެ ގޮތުން ވިދާޅުވި އެވެ.

އެގޮތަށް ވާހަކަ ދައްކަވާފައިވާ ބޭފުޅުން މިހާރު އިންތިޚާބަށް ނުކުމެ ވަޑައިގެން ރައްޔިތުންގެ ގާތު ވޯޓު ހޯއްދަވަން އެއްގޮތަކަށް ވެސް އައްސަވައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ފަނޑިޔާރުން އުމުރަށް މަގާމުގައި ތިބެންޖެހޭ ގޮތަށް ހަދައި، ރަނގަޅު މުސާރައެއް ކަނޑައެޅުނު ކަމަށާއި، ނަމަވެސް އެ ބަދަލުތަކުން ވެސް ރައްޔިތުން ބޭނުންވާ އިންސާފު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، ޖޭއެސްސީ ބަދަލުވާން ޖެހޭ ކަމަށާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖުޑީޝަރީން ވަކިކޮށް ވަކިން ހިންގާ ތަނެއްގެ ގޮތަށް ބަދަލުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން މަސައްކަތްކުރަނީ އިންސާފު ހޯދައި ދިނުމަށްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، ގެއްލުވާލާފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް އެޖެންޑާ 19 ގައި ކަނޑައަޅާފައިވާނެ ކަމަށެވެ. ގޭންގުތަކުގެ ހަރަކާތްތައް އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭ ކަމަށާއި ނަމަވެސް، ގޭންގުތައް އުފެދެން މެދުވެރިވާ ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭޕްރީލް 6 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިފި ނަމަ ރާއްޖެއަކީ ސުލުހަވެރި ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް