Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް 2019

ކޮންމެ އިންތިހާބަކަށް އަޅާ ބުދު ފައްޅި! ދުވަހަކު ފެންނާކަށް ނުހުރޭ!

ކޮންމެ އިންތިހާބެއްގައި ވެސް އެމްޑީޕީއާ ދެކޮޅަށް އެންމެ ބޮޑަށް ހަތިޔާރަކަށް ބޭނުންކުރަނީ ދީން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 26 މާރިޗު 2019 | އަންގާރަ 14:26
ސިއްރު ފެންފުށީގައި ހަދާފައިވާ ކޮރަލޭރިއަމް

ސިއްރު ފެންފުށީގައި ހަދާފައިވާ ކޮރަލޭރިއަމް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަކީ އިސްލާމް ދީނާ ދުރު ފިކުރެއްގެ ބައެއް ކަމަށް ބުނަން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ އެމްޑީޕީ ވުޖޫދަށް އައި އިރު ވެސް އެ ޕާޓީގެ ބޮލުގައި އެ ބަދުނާމު އޮތީ އަޅުވާފައެވެ. ހާއްސަކޮށް ގިނަ ޕާޓީތައް ވާދަކުރި ފުރަތަމަ އިންތިޚާބު ކަމަށްވާ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދޮންކުރަމުން ދިޔައިރު އެމްޑީޕީ އާއި އެ ޕާޓީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ދެއްކުމަށް އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ގެންދެވީ ކެނޑިނޭޅި މަސައްކަތްކުރައްވަމުންނެވެ. އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން އޭރު ވެސް ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެ ވާހަކަތައް ގަބޫލުކުރާނެ މާގިނަ ބަޔަކު އޭރު ވެސް ނެތެވެ.

އާ ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީއަކީ ލާދީނީ ބައެއް ކަމަށް ދެއްކުމަށް އޭރު އޮތް ސަރުކާރުން މަސައްކަތް ކުރިއެވެ. އެމްޑީޕީ ވެރިކަމަށް އަތުވެއްޖެ ނަމަ ރާއްޖޭގައި އިސްލާމް ދީން ނޫން ދީންތަކަށް ޖާގަ ހުޅުވިގެންދާނެ ކަމަށް ބުންޏެވެ. ރަށްރަށުގައި ފައްޅިތައް އެޅިގެންދާނެ ކަމަށް ބުންޏެވެ. ބުދު ބަހައްޓައި އެއް ޖިންސުން ކައިވެނިކުރުން ފަދަ ކަންކަމަށް މަގުފަހިވާނެ ކަމަށް ވެސް އެއް ބަޔަކު ދިޔައީ ބުނަމުންނެވެ. ނަމަވެސް އެ ވާހަކަތައް ގަބޫލުނުކޮށް 2008 ވަނަ އަހަރު ރާއްޖޭގެ ގިނަ ރައްޔިތުން ނިންމީ އެމްޑީޕީ އަށް ވޯޓު ދިނުމަށެވެ.

އެފަހަރު އިންތިހާބު ނިމުނު ނަމަވެސް އެމްޑީޕީ އަށް އަމާޒުކޮށް އެ ވާހަކަތައް ކެނޑި ނޭޅި ދައްކަމުން ދިޔައެވެ. ރާއްޖޭގެ ބިން އެހެން ބަޔަކަށް ވިއްކާލީ ކަމަށް ބުނެ ގައުމިއްޔަތުގައި ވެސް ހައްދު ފަހަޅައަޅައި ދިޔަ އެވެ. ނަތީޖާއަކަށްވީ އެ ވާހަކަތަކުގެ އަވާގައި ޖެހި ގައުމީ ސަލާމަތުގެ ބާރުތައް ކަމަށްވާ ފުލުހުންނާއި ސިފައިންގެ ތެރެއިން މަދު ބަޔަކު ހިންގި ހަޑިމުޑުދާރު އަމަލެއްގެ ތެރޭގައި ތިން އަހަރުވީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރުމެވެ.

އޭގެ ފަހުން 2009 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދި 2013 ވަނަ އަހަރުގެ އިންތިހާބުގައި ވެސް އެމްޑީޕީއާ ދެކޮޅަށް ބޭނުންކުރި މައި ހަތިޔާރަކީ އިސްލާމް ދީނާއި ގައުމިއްޔަތުގެ ހައްދުފަހަނަ އަޅާފައިވާ ވާހަކަތަކެވެ. ނަމަވެސް ދީނާއި ގައުމަށްޓަކައި 2013 ވަނަ އަހަރު ވެރިކަމަށް އައި މީހުންގެ ފަރާތުން ވެސް ދީނާ ހިލާފު އެތައް ޝިޔާރުތަކެއް ފެނިގެން ދިޔައެވެ. ވެރިކަން ކުރި ކޯލީޝަންގެ ތެރެއިން އަދާލަތު ޕާޓީ ވަކިވެ އިދިކޮޅާ ގުޅުމުން ވެސް އެކަމަށް ހެކި ދެއެވެ.

އަނެއްކާ ވެސް މި ވަނީ ބޮޑު އިންތިހާބެއް ކުރިމަތިވެފައެވެ. ދެ ހަފްތާއެއްހާ ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިމަތިވެފައިވާ އިރު މި ފަހަރު ވެސް އެމްޑީޕީއާ ދެކޮޅަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ދީނާ ގުޅޭ ވާހަކަތަކެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ވެސް އަދި ސަރުކާރުގައި ބައިވެރިވެގެން އޮތް ބައެއް އެހެން ފަރާތްތަކުން ވެސް ގެންގުޅެނީ ހަމަ އެއްކަހަލަ ބުދު ފައްޅީގެ ވާހަކަ އެވެ. އޭގެ ތެރެއިން ވެސް އަރައިހުންނެވީ އެމްޑީޕީއާ ބައިވެގެން މި ސަރުކާރު އެކުލަވާލި ބައިވެރިއެއް ކަމަށްވާ ޖުމްހޫރީ ޕާޓީ އެވެ.

ދާދި ފަހުން ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ވެސް އެފަދަ ވީޑިއޯއެއް ވަނީ ލީކުވެފައެވެ. އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖޭގައި ބުދު ފައްޅި އަޅާނެ ކަމަށް ޖޭޕީގެ ލީޑަރު ވިދާޅުވެއެވެ. މިއީ އާ ވާހަކައެއް ނޫނެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ރާއްޖޭގައި އެބުނާ ފައްޅިއެއް އަޅާ ވާހަކަ ދައްކަ އެވެ. ނަމަވެސް ފެންނާކަށް ނުހުރެއެވެ. އެމްޑީޕީ އުފެދުނުތާ 13 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ދީނީ ކާޑު ކުޅެގެން ކުރި ލިބުނު ޒަމާން ފަހަނަ އަޅައިފިއެވެ. ދިވެހިން އެއަށް ވުރެ މާބޮޑަށް ހޭލުންތެރިވެއްޖެއެވެ. މައުލޫމާތުގެ ގޮތުން ދިވެހިން މުއްސަންޖެވެ. އިންތިހާބު ކާމިޔާބުކުރަން އުޅޭ ފަރާތްތަކަށް އަދި ވެރިކަން ކުރަން އުޅޭ ފަރާތްތަކަށް ރާއްޖޭގެ ގާނޫނުއަސާސީގައި ލިޔެފައި އޮތް އެއްޗެއް ވަރަށް ސާފުކޮށް އެނގެއެވެ. މި ދިވެހި ފަސްގަނޑަށް ނިސްބަތްވާ ދިވެއްސަކަށް ވުމުގެ ފުރަތަމަ ޝަރުތަކީ މުސްލިމަކު ކަމުގައިވުމެވެ. ދުވަހަކު ސަޖިދަ އަށް ތިރިނުވިއެއްކަމަކު އިސްލާމް ދީނޭ ބުނާ އިރަށް ފުންމައިގަންނަން ދިވެހިން ތައްޔާރަށް ތިބޭނެކަން އެއްވެސް ކެންޑިޑޭޓަކަށް ވެސް އޮޅިފައެއް ނެތެވެ. އެހެންކަމުން އިސްލާމް ދީނަށް ހުތުރުވާ ގޮތަށް ނުވަތަ މި ގައުމުގައި ފައްޅި އަޅަން ކެރޭނެ ދިވެއްސެއް، މެންބަރެއް، ޕާޓީއެއް އަދި ސަރުކާރެއް ވެސް ނެތެވެ. ނަމަވެސް ކޮންމެ އިންތިހާބަކާ ދިމާކޮށް ތިޔަ އަޅާ ފައްޅިތަކުގެ އަވާގައި ޖެހޭނެ ބަޔަކު ވެސް މި ގައުމުގައި މިހާރަކު ނެތެވެ. ދެރަކަމަކީ ދީނާއި ގައުމަށްޓަކައޭ ބުނެ އެ ވާހަކަ އެންމެ ގިނައިން ދައްކައި އުޅޭ މީހުންގެ ހާލު ބޮޑު ކަމެވެ.

އެގޮތަށް އެ ދައްކާ ވާހަކަތަކަކީ ސިޔާސީ ގޮތުން، އެމްޑީޕީގެ އަގު ވައްޓާލުމަށް ބޭނުންކުރާ ހަތިޔާރެއްކަން ރައްޔިތުން ގަބޫލުކުރާކަން ކަށަވަރު ވަނީ، އަދިވެސް އެންމެ މަގުބޫލް ޕާޓީއަކީ އަދި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ، އަދި ވެރިކަމަށް ދެ ފަހަރު އިންތިޚާބުވި ޕާޓީއަކީ އެ ޕާޓީކަމަށް ވުމެވެ. އިންތިޚާބު ކާމިޔާބު ކުރަން އާ ލަވައެއް ވެސް އެ މީހުންނަށް ދަހެއް ނުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

28 ފެބުރުއަރީ 2018
ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

15 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018
2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު \"ޝަރުއީ\" ފަރުވާ

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

30 ޑިސެމްބަރު 2017
އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

11 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު