Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެދުއިރުމަތީގެ މައްސަލަ

ރޮކެޓް ހަަމަލާތަކުގެ ބަދަލުގައި އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ހަމަލާތަކެއް

26 މާރިޗު 2019 | އަންގާރަ 04:37

އިސްރާއީލަށް އެރި ރޮކެޓް ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނުނަގާ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 26 މާރިޗު 2019 | އަންގާރަ 04:37
ރޮކެޓް ހަމަލާއަށް ފަހު އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުންވަނީ ޣައްޒާއަށް ވައިގެ މަގުން އެތައް ހަމަލާތަކެއް ދީފައި

ރޮކެޓް ހަމަލާއަށް ފަހު އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުންވަނީ ޣައްޒާއަށް ވައިގެ މަގުން އެތައް ހަމަލާތަކެއް ދީފައި

ތެލްއަވީވްގެ އުތުރުގެ ސަރަހައްދެއްގެ ގެއަށް ރޮކެޓް ހަމަލާއެއްް އެރިތާ ގަޑިއިރުތަކެއްގެ ތެރޭގައި އިސްރާއީލުން ޣައްޒާގައި ހުރި ހަމާސް ޖަމާއަތުގެ އަމާޒުތަކަށް ވައިގެ މަގުން ރައްދުގައި ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލް ޑިފެންސް ފޯސް(އައިޑީއެފް)އިން ބުނީ ހަމަލާ ދިން ތަންތަނުގެ ތެރޭގައި ހަމާސްގެ ސިޔާސީ ލީޑަރުގެ އޮފީހާއި، އެ ޖަމާއަތުގެ އަސްކަރީ އިންޓެލިޖެންސް އިދާރާގެ ހެޑްކުއާޓަރ ހިމެނޭ ކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އެ ހަމަލާތަކުގައި ހަތް މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

އިސްރާއީލުގެ މިޝްމަރަތްއަށް އެރި ރޮކެޓް ހަމަލާގައި ވެސް ހަތް މީހަކު ޒަޚަމްވެފައިވާއިރު އިސްރާއީލް ޑިފެންސް ފޯސްއިން އެ ހަމަލާގެ ތުހުމަތު ކުރަނީ ޣައްޒާގެ ކޮންޓްރޯލް އޮންނަ ހަމާސް ޖަމާއަތެވެ.

"އިސްރާއީލަކުން މިކަން ތަހައްމަލެއް ނުކުރާނެ، އަޅުގަނޑު މިކަން ތަހައްމަލު ކޮށްގެން ނުހުންނާނަން" އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ނަތަންޔާހޫ މިވާހަކަފުޅު ވިދާޅުވެފައިވަނީ، 1967ގެ ހަ ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ސީރިޔާގެ އަތުން ހިފާފައިވާ ގޯލާނުގެ އުސްބިންތަކަކީ އިސްރާއީލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް ބަލައިގަތުން ފާހަގަ ކުރުމަށް ވޮޝިންގޓަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނަތަންޔާހޫވަނީ ދަތުރުފުޅު ކުރުކޮށްލެއްވި ކަމަށް އިއުލާނުކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އިސްރާއީލަށް ދިން ހަމަލާ ކުށްވެރި ކުރައްވައި އިސްރާއީލަށް އެ ގައުމުގެ ދިފާއު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލަށް އަރާފައިވާ ރޮކެޓް ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. ނަން ހާމަ ކުރުމަށް ނޭދޭ ހަމާސްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ އެ ޖަމައާތުން އެފަދަ ކަމެއް ކުރުމުގެ ޝައުގެއް ނެތް ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 މާރިޗު 2018

ފަލަސްތީނުގެ 773 މީހުންގެ ގަޔަށް އިސްރާއީލުން ބަޑި ޖަހައިފި!

31 މާރިޗު 2018
ފަލަސްތީނުގެ 773 މީހުންގެ ގަޔަށް އިސްރާއީލުން ބަޑި ޖަހައިފި!
10 ޖެނުއަރީ 2018

އިސްރާއީލުން ސޫރިޔާއަށް ވައިގެ މަގުން ޙަމަލާދީފި

10 ޖެނުއަރީ 2018
އިސްރާއީލުން ސޫރިޔާއަށް ވައިގެ މަގުން ޙަމަލާދީފި
30 ޑިސެމްބަރު 2017

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި
25 ޑިސެމްބަރު 2017

އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ

25 ޑިސެމްބަރު 2017
އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ
31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
23 ޖޫން 2017

އުތުރު ކޮރެއާ އިން އާ ރޮކެޓް އިންޖީނެއް ޓެސްޓްކޮށްފި

23 ޖޫން 2017
އުތުރު ކޮރެއާ އިން އާ ރޮކެޓް އިންޖީނެއް ޓެސްޓްކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް