Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުޢުނީއާމެދު ފިޔަވަޅު އެޅުން

މުޣުނީގެ މައްސަލާގައި ޕާޓީން އިތުރު އެއްޗެއް ބުނާކަށް ނެތިން: އެމްޑީޕީ

ފިޔަވަޅު އަޅާފައިވަނީ ޕާޓީގެ ގުނަވަންތަކާ މަޝްވަރާ ކުރުމެއް ނެތި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މާރިޗު 2019 | ހޯމަ 08:26
އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް

އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަބްދުލް މުޣުނީއާ މެދު ޕާޓީން އަޅާފައިވާ ފިޔަވަޅާ މެދު އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޣުނީގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ފުލުހުން ބުނެފައިވާތީ، މުޣުނީއާ މެދު އަޅާފައިވާ ފިޔަވަޅު މުރާޖައާކޮށްފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، ޕާޓީގެ ނިންމުމަކީ ކުރިން ވެސް ނިންމާފައިވާ ނިންމުން ކަމަށާއި، އެކަމާ ގުޅޭ ގޮތުން ޕާޓީން ހާމަކުރާނެ އިތުރު އެއްޗެއް ނެތް ކަމަށެވެ.

"ކުރިން ވެސް އަޅުގަނޑުމެން ދަންނަވާފައި އިންނާނީ އެއީ ސިޔާސީ ނިންމުމެއް ކަމަށް. އަދި އެއީ ޕާޓީގެ ސްޓޭންޑް ކަމަށް. އަދި އިތުރަށް އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން އިތުރު އެއްޗެއް ދަންނަވާކަށް ނެތިން،" އަފްޝަން ވިދާޅުވިއެވެ.

މުޣުނީ އަށް ތުހުމަތު ކުރެވިފައި ވަނީ ގެވެށި އަނިޔާގެ ސީރިއަސް މައްސަލަތަކެއް ކަމަށް ބުނެ އެމްޑީޕީން އޭނާ އަށް ކުރި ތާއިދު އަނބުރާ ގެންގޮޮސްފައިވާއިރު، މި މަހު 22 ވަަނަ ދުވަހު ފުލުހުން މުޣުނީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަައެއް އެއްވެސް އިރެއްގައި އެ އިދާރާ އަށް ލިބިފައި ނުވާ ކަމަށާއި، އަދި ފުލުހުންގެ ރިކޯޑުން ވެސް އެކަން ނުދައްކާ ކަމަށެވެ.

އެކަމާ ގުޅިގެން މުޣުނީއަށް އަޅާފައިވާ ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަބާވުދެއްވަމުން އަފޝަން ވަނީ އެ މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ވިދާޅުވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ކުރިން ވެސް ދެއްވި ޖަވާބު ތަކުރާރު ކުރައްވާފައެވެ.

މުޣުނީއަށް އެ ޕާޓީން ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާއިރު، މުޣުނީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މީގެ 10 އަހަރު ކުރިން އޭނާގެ އޭރުގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ. އެ މައްސަލަ ދައުލަތުގެ އިދާރާއަކަށް އަދި ޝަރުއީ ކޯޓަކަށް ހުށަހަޅައި ޝަރީއަތް ހިންގައި، ގޮތް ކަނޑައަޅާފައި ނުވާއިރު، މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންދިއުމަށް ޕާޓީގެ ގުނަވަންތަކާ މަޝްވަރާ ކުރުމެއް ނެތި ނިންމި ނިންމުމަކީ އެ ތުހުމަތުތަކާ ގުޅިގެން ޕާޓީން ނިންމާފައިވާ ސިޔާސީ ނިންމުމެއް ކަމަށާއި، އަދި ޕާޓީގެ ލީޑަރޝިޕަށް އެފަދަ ސިޔާސީ ނިންމުންތައް ނިންމޭނެ ކަމަށް އަފްޝަން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު