Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތް މިނިސްޓްރީ

ބޭހުގެ ފެންވަރު ކަށަވަރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް | 22 މާރިޗު 2019 | ހުކުރު 08:09
ސިންގަޕޯރގެ ކުންފުންޏާއި އެކު އެެއްބަސްވުމުގައި ސޮއިކުރެވުނު ރަސްމިއްޔާތުގެ ތެރެއިން

ސިންގަޕޯރގެ ކުންފުންޏާއި އެކު އެެއްބަސްވުމުގައި ސޮއިކުރެވުނު ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ނެޝަނަލް ހެލްތު ލެބޯޓަރީއިން ހަދަން ބޭނުންވާ ޓެސްޓުތައް ހެދުމުގައި އެހީތެރިކަން ހޯދުމުގެ ގޮތުން ސިންގަޕޯރގެ ކުންފުންޏަކާއެކު މިނިސްޓްރީ އޮފް ހެލްތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސިންގަޕޯރ ގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން ސިންގަޕޯރ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. އަބްދުﷲ މައުސޫމްއެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމަކީ ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގެ އުސޫލުތައް ހަރުދަނާކޮށް ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަރކުރުމަށް މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ވެފައިވާ ވައުދު ހާސިލް ކުރުމަށް ސޮއިކުރެވިފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ބޭހުގެ އިތުރުން ކާބޯތަކެތީގައި ޕެސްޓިސައިޑް ހުންނަ މިންވަރު ބެލުމަށް ޓެސްޓު ހެދުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް ހެލްތުން މައުލޫމާތުދޭއެވެ.

ސިންގަޕޯރގެ ޓީޔޫވީ އެސްޔޫޑީ ޕީއެސްބީ ކުންފުންޏަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ 1000 އަށް ވުރެ ގިނަ ތަނުގައި ލެބޯޓަރީގެ ޚިދުމަތްދޭ ތަޖްރިބާކާރު ކުންފުންޏެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ނެޝަނަލް ހެލްތު ލެބޯޓަރީއިން ކުރެވޭ މަސައްކަތް އިތުރަށް ފުޅާވެ ނެޝަނަލް ހެލްތު ލެބޯޓަރީއިން ހެދެން ނުހުންނަ ޓެސްޓްތައް ހެދުމަށް ވަރަށް ބޮޑެތި ފަސޭހަ ތަކެއް ވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި
27 އެޕްރީލު 2017

ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ

27 އެޕްރީލު 2017
ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ
18 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި

18 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި
09 އެޕްރީލު 2017

ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ފަށައިފި

09 އެޕްރީލު 2017
ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ފަށައިފި
05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު