Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ ކޯޕަރޭޝަން

11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ

19 މާރިޗު 2019 | އަންގާރަ 11:50

14 ރީޖަނަލް އޮފީސް ބަންދުކުރަން ފެނަކައިން ވަނީ ނިންމާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 19 މާރިޗު 2019 | އަންގާރަ 11:50
ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވޭ

ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވޭ

ފެނަކަ ކޯޕަރޭޝަނުން ވަޒީފާއިން ވަކިކޮށްފައިވާ 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން ކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދުސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ގިނަ މުވައްޒިފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ފެނަކައިގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ކުންފުނިން މިހާތަނަށް ޖުމްލަ 53 މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައިވާ 53 މީހުންގެ ތެރެއިން 11 މީހުންނަކީ ކުންފުނީގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވެގެން ވަޒީފާއިން ވަކިކޮށްފައިވާ މީހުން ކަމަށެވެ. ބާކީ 39 މީހުންނަކީ އިންޒާރުދީ އިސްލާހީ ފިޔަވަޅު އަޅައި، އިސްލާހު ނުވެގެން ވަޒީފާއިން ވަކިކޮށްފައިވާ މީހުން ކަމަށް ސައީދު ވިދާޅުވިއެވެ.

" ފިޔަވަޅު އެޅި ހުރިހާ މީހުންގެ ރިކޯރޑް އެބަހުރި. ހުރިހާ މައުލޫމާތެއް އެބަހުރި. އެއްވެސް ކަމެއް ސިއްރުކޮށްފައެއް ނޯންނާނެ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އާ ސަރުކާރުން ފެނަކައާއި ހަވާލުވިއިރު ކުންފުނީގެ މާލީ ހާލަތު ވަރަށް ނާޒުކު ކަމަށެވެ. އެހެންކަމުން ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން 14 ރީޖަނަލް އޮފީސް ހުއްޓާލަން ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވިއެެވެ. ރީޖަނަލް އޮފީސްތަކުގައި މަސައްކަތް ކުރި 84 މުވައްޒިފުންގެ ތެރެއިން 14 މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާ އޭނާ ވިދާޅުވިއެވެ. މުވައްޒިފުން ވަޒީފާއިން ވަކިކޮށްފައިވަނީ ދޭންޖެހޭ އިނާޔަތްތައް ދިނުމަށްފަހުގައިކަން ސައީދު ފާހަގަކުރެއްވިއެވެ. ރީޖަނަލް އޮފީސް ބަންދުކުރުމުން 14 މިލިޔަން ރުފިޔާ ސަލާމަތްވާ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ރީޖަނަލް އޮފީސްތައް ބަންދުކުރުމަކީ ހަމައެކަނި މި ސަރުކާރުގެ އެކަނި ވިސްނުމެއް ނޫން ކަމަށާއި، ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުން ކުރީ ސަރުކާރުންވެސް އެކަން ކުރަން މަސައްކަތް ކުރެއްވި ކަމަށެވެ.

" ރީޖަނަލް އޮފީސް ހިންގުން ކުރީ ސަރުކާރުންވެސް ބޮޑު ބުރަޔަކަށްވެފައި އޮތީ. ނިމިދިޔަ ސަރުކާރުންވެސް އެ އުވާލަން ބޯޑުގައި މަޝްވަރާ ކޮށްފައިވޭ. ނަމަވެސް ރިޔާސީ އިންތިޚާބު އޮތުމުން އެކަން ކުރުން މަޑުޖައްސާލާފައި އޮތީ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އޭނާ ކުންފުންޏާއި ހަވާލުވެވަޑައިގެންނެވި ފަހުން ކުންފުނީގެ މާލީ ހާލަތަށް ގެނެވުނު ބަދަލުގެ ސަބަބުން ފަސް މިލިޔަންގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ސައީދު ވިދާޅުވީ އޭނާ ފެނަކަ އާއި ހަވާލުވެވަޑައިގެންނެވިއިރު، އަމިއްލަ ގިނަ ފަރާތްތަކަށާއި ،އެފްއެސްއެމްއަށް ގިނަ ފައިސާތައް ދައްކަން އޮތް ކަމަށެވެ.

"އެފްއެސްއެމް ފިޔަވާ އެހެން ކުންފުނިތަކައް ދައްކަން ވެސް 40 މިލިޔަން ރުފިޔާ އޮތް. އޭގެއިން 60 ޕަސެންޓް ވަނީ ދައްކާފައި. 190 މިލިޔަން އެފްއެސްއެމްއަށް ދެއްކިފައިވަނީ. އެފްއެސްއަށް ދައްކަން ހުރި ފައިސާ ފިޔަވައި ފަސް މިލިޔަންގެ ކުރިއެރުމެއް ވަނީ ލިބިފައި" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އޭނާ ފެނަކަ އާއި ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުން ދޭ ސަބްސިޑީ ފިޔަވައި ފިނޭންސް މިނިސްޓްރީން އެއްވެސް ފައިސާއެއް ކުންފުނި ހިންގަން ނަގާފައިނުވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ސަބްސިޑީގެ ފައިސާގެ އިތުރުން ވެސް، ކުންފުނި ހިންގަން ފިނޭންސްއިން ފައިސާ ނަގާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް