Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ދޭދޭ ގައުމުތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރާ އެއްވެސް މަސަތްކަތަކަށް ޖާގަ ނުދޭޭނަން: ރައީސް ސޯލިހު

16 މާރިޗު 2019 | ހޮނިހިރު 06:24

ގާތް ގުޅުމެއް އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރައްވާ އެއްވެސް މަސައްކަތަކަށް ޖާގައެއް ނުދޭނަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 16 މާރިޗު 2019 | ހޮނިހިރު 06:24
ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ

ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ

ގައުމުގެ މަސްލަހަތާއި އަމަންކަން ގެއްލުވައި ދޭދޭ ގައުމުތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރާ އެއްވެސް މަސަތްކަތަކަށް ޖާގަ ނުދޭޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނައިފަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު ކާރިމްގެ ކެމްޕެއިން އިފްތިތާހް ކުރުމަށް ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސަތްކަތް ކުރައްވާ ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖލީހުގައި ސަރުކާރަށް ތާއިދުކުރައްވާ ކެންޑިޑޭޓުން ތިބެންޖެހޭ ކަމަށެވެ. ފާއިތުވެގެންދިޔަ ސަރުކާރުން ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ ކަންތައްތަކަށް ރިޢާޔާތްކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން މި ސަރުކާރުގެ ފަރާތުން ނުހިފަހައްޓާނެ ކަމަށެވެ.

"މިނިވަންކަމާ އެކު އަޑު އުފުލައި ހިޔާލު ފާޅުކުރުމުގެ ފުރުސަތު މި ސަރުކާރުން އެންމެނަށް ވެސް ލިބިފައި އޮންނާނެ. އެހެން ނަމަވެސް ގައުމުގެ މަސްލަހަތު ގެއްލުވައި އަމަން އަމާންކަން ގެއްލުވައި ދޭދޭ ގައުމުތަކުގެ ދޭތެރޭގައި ފިތުނަ އުފައްދާ އަޅުގަނޑުމެންނާއި ގާތް ގުޅުމެއް އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރައްވާ އެއްވެސް މަސަތްކަތަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވެސް އަދި ނައިފަރުގައި ބޭއްވި ޖަލްސާގައި ވެސް އެއިރު އޮތް އަނިޔާވެރި ވެރިކަން ބަދަލުކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމުން އިސް ދައުރެއް އަދާކުރި ކަމަށާއި މިއަދު ކުރާ މަސަތްކަތުން އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނަހަދާނެ ކަމަށް ވިދާޅުވެފައެވެ.

ނައިފަރު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ކާރިމް

ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ކާރިމް ވިދާޅުވީ ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށާއި އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ވޯޓް ލާއިރު އެޖެންޑާ 19 އަށް ގައުމު ކުރިއެރުވުމަށް ވޯޓް ދޭން ޖެހޭ ކަމަށެވެ. މަޖަލީހަށް ކުރިމަތިލީ ލާމރުކަޒީ ނިޒާމު ދަނެ ހުރެ ކުރިއަރުވުމަށްޓަކައި ކަމަށާއި ރަށުގެ ތިބެ ހަލާލު މަސަތްކަތްކޮށް އާމްދަނީ ހޯދޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށެވެ. ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވެސް ކާރިމް ވާހަަކަދައްކަވާފައިވެއެވެ. އެގޮތުން ކާރިމް ވިދާޅުވީ، 2008 ގައި އެމްޑީޕީގެ ވެރިކަން ވައްޓާލުމުން ކުރިމަތިލާން ޖެހުނު ކަންކަން އަލުން ތަކުރާރުވުމަށް އެމްޑީޕީގެ މެމްބަރުންނާއި، އިސްލާހަށް މަސައްކަތް ކުރެއްވި އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށެވެ.

ރައިސް ސޯލިހުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ކުރެންދޫގެ އިތުރުން ނ. އަތޮޅަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2017

ލަންކާގައި ތިބި ދިވެހި ކިޔަވާ ކުދިން ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗެއް ހެރުމުން ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެއްޖެ

12 އޮކްޓޯބަރު 2017
ލަންކާގައި ތިބި ދިވެހި ކިޔަވާ ކުދިން ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗެއް ހެރުމުން ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެއްޖެ
09 އޮކްޓޯބަރު 2017

ބަޖެޓަކީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ނިންމާލެވޭނެ އެއްޗެއް ނޫން: ރޮޒައިނާ

09 އޮކްޓޯބަރު 2017
ބަޖެޓަކީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ނިންމާލެވޭނެ އެއްޗެއް ނޫން: ރޮޒައިނާ
09 އޮކްޓޯބަރު 2017

ކޮމެޓީއަށް މީޑިއާ ކައުންސިލް ހާޒިރު ކުރުމާމެދު ޕީޕީއެމް މެމްބަރުންގެ މެދުގައި ދެބަސްވުން!

09 އޮކްޓޯބަރު 2017
ކޮމެޓީއަށް މީޑިއާ ކައުންސިލް ހާޒިރު ކުރުމާމެދު ޕީޕީއެމް މެމްބަރުންގެ މެދުގައި ދެބަސްވުން!
05 އޮކްޓޯބަރު 2017

އެމްޕީއެލް މުވައްޒަފުންގެ މެދުގައި ޑިގު މުބާރާތެއް ބާއްވަނީ!

05 އޮކްޓޯބަރު 2017
އެމްޕީއެލް މުވައްޒަފުންގެ މެދުގައި ޑިގު މުބާރާތެއް ބާއްވަނީ!
27 ސެޕްޓެމްބަރު 2017

ނަދީމް މަރާލީ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަ ނުޖެހުމެއްގައި، ހަތަރު މީހުނަށް ދައުވާކޮށްފި: ފުލުހުން

27 ސެޕްޓެމްބަރު 2017
ނަދީމް މަރާލީ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަ ނުޖެހުމެއްގައި، ހަތަރު މީހުނަށް ދައުވާކޮށްފި: ފުލުހުން
29 ޖުލައި 2017

ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން ފަށައިފި

29 ޖުލައި 2017
ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން ފަށައިފި
25 ޖޫން 2017

އީދާއި ގުޅިގެން އަޅުގަނޑުމުންގެ ދޭދޭ ގުޅުންތައް ބަދަހި ކުރަން ޖެހޭ: މަޖިލީހުގެ ރައީސް

25 ޖޫން 2017
އީދާއި ގުޅިގެން އަޅުގަނޑުމުންގެ ދޭދޭ ގުޅުންތައް ބަދަހި ކުރަން ޖެހޭ: މަޖިލީހުގެ ރައީސް
13 ޖޫން 2017

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

13 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!
01 މެއި 2017

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ

01 މެއި 2017
ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް