Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

ނުރަނގަޅު އެއްޗެއް ރަނގަޅު އެއްޗެއްގެ ގޮތުގައި ގަބޫލުކުރަން އަދި މާ އަވަސް: ނައިބު ރައީސް

16 މާރިޗު 2019 | ހޮނިހިރު 03:35

އިންސާފާއި އިސްލާހުގެ މަގަށް ރައްޔިތުން ފެއްޓި ދަތުރު އަދި ނުނިމޭ ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 16 މާރިޗު 2019 | ހޮނިހިރު 03:35
ވިސާމްގެ ކެމްޕެއިން ހަފުލާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

ވިސާމްގެ ކެމްޕެއިން ހަފުލާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

ނުރަނގަޅު އެއްޗެއް އެއީ ރަނގަޅު އެއްޗެއްގެ ގޮތުގައި ގަބޫލުކުރަން އަދި މާ އަވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނަައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ގަމު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ވިސާމްގެ ކެމްޕެއިން ހަފުލާއެއްގައި ހުކުރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން، ކުރީގެ ސަރުކާރުގައި ކަންކަން ވެގެން ދިޔަ ގޮތަށް އިޝާރާތް ކުރައްވާ ނައިބު ރައީސް ވިދާޅުވީ ހުޅުތަކުގަޔާއި ހަށިގަނޑުގައި އަދިވެސް އެ ވޭން އެބަހުރި ކަމަށާއި، ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވެފައި ވަނީ އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ޓިކެޓުގައި ވާދަކުރައްވާ ގިނަ ކެނޑިޑޭޓުނަތަކަކަށް ތާއިދުކުރައްވަން ނިންމެވުމާ ގުޅިގެން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިގެން އުޅޭ ދަނޑިވަޅެއްގައެވެ.

Advertisement - newsAdvertisement

ނައިބު ރައީސް ފައިސަލް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ގަމު ދާއިރާ އިން އެ ބޭފުޅުންނަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ރައްޔިތުން ބަދަލުކުރަން ވޯޓު ދިނީ ވަރަށް ފޮނި އުއްމީދުތަކަކާ އެކު ގިނަ ކަންތައްތަކެއް ބޭނުންވާތީ ކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އިންސާފާއި އިސްލާހުގެ މަގަށް ރައްޔިތުން ފެއްޓި ދަތުރު އަދި ނުނިމޭ ކަމަށާއި، އެކަންކަމަށް ވާސިލުވާން އަދި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި މަޖިލިހުން ކަންކުރި ގޮތާ މެދު ރައްޔިތުން ވިސްނާލަން އެބަޖެހޭ ކަމަށެވެ. އަދި މިކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައިސް ފައިސަލް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެެވެ. އެގޮތުން ރައީސް ސޯލިހަކީ ރައްޔިތުންނާ ގާތް އަދި ރައްޔިތުންގެ "ވިންދު" ދަންނަ ބޭފުޅެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބަޔަކު މަޖިލީހަށް ހޮވަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ގަމު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ވިސާމްއަށް ނިސްބަތްކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ވިސާމްއަކީ އަބަދުވެސް ހިނިތުންވުމާ އެކު ޖޯޝާއި ފޯރީގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. ނަމޫނާ މަޖިލިސް މެމްބަރަކަށް ވިސާމް ވެވަޑައިގަންނަވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަައިބު ރައީސް ވިދާޅުވީ މި ސަރުކާރު އައީ އެންމެ ބޭނުމެއްގައި ކަމަށާއި، އެއީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމަށެވެ. އަދި އިސްލާހަށް މަސައްކަތް ކުރުމަކީ ވަކި ޕާޓީއެއްގައި ހުރެގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި ވަކި ޕާޓީއަކަށް ބެލުމެއް ނެތި ހެޔޮކަންކަން ކުރުމުގައި އެކަކު އަނެކަަކަށް ވާގިވެރިވުމަށް އެ މަނިކުފާނު ބާރުއެޅުއްވިއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 32 ކެނޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި ވާއިރު، އެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް މެމްބަރުންނާއި ކައުންސިލްގައި ހިމެނޭ އެހެނިހެން ފަރާތްތަކުން ވަނީ ފާޅުކަން ބޮޑު ގޮތެއްގައި އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގެ ވުޒާރާތަކަށް ހޮވިވަޑައިގެންނެވި ބައެއް ބޭފުޅުން ވަނީ ސަރުކާރު ދިފާއު ކުރެއްވުމުގައި ދެމި ތިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ވިސާމްގެ ކެމްޕެއިން ހަރަކާތްތަކުގައި ނައިބު ރައީސް ބައިވެރިވަޑައިގަންނަވާ އިރު ގަމު ދާއިރާ އަށް ޖޭޕީގެ ތާއީދާ އެކު ކެންޑިޑޭޓަކު ވާދަކުރެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް