Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

ރިޔާސީ އިންތިހާބުގައި އެހީވި ޕާޓީއެއްގެ މަތިން ހަނދާން ނައްތާނުލާނަން: ރައީސް

15 މާރިޗު 2019 | ހުކުރު 18:49

ވެރިކަން ފެށުނީއްސުރެ މި ދަނީ ވައުދުތައް ފުއްދުމަށް މަސަތްކަތްކުރަމުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 15 މާރިޗު 2019 | ހުކުރު 18:49
ރައީސް ސޯލިހު ޖަލްސާގައި ވާހަކަދައްކަވަނީ

ރައީސް ސޯލިހު ޖަލްސާގައި ވާހަކަދައްކަވަނީ

ނިމިދިޔަ ރިޔާސީ އިންތިހާބު ބޮޑު އަޢްލަބިއްޔަތަކަުން ކާމިޔާބު ކުރުމަށް އެހީވެދިން އެއްވެސް ޕާޓީއެއްގެ މަތިން ހަނދާން ނައްތާނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއިރު އޮތް އަނިޔާވެރި ވެރިކަން ބަދަލުކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމުން އިސް ދައުރެއް އަދާކުރެއްވި ކަމަށާއި މިއަދު ކުރާ މަސަތްކަތުން އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނަހަދާނެ ކަމަށެވެ.

Advertisement - newsAdvertisement
"އެނގިވަޑައިގަންނވާނެ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަޅުގަނޑަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު އަޢްލަބިއްޔަތެއްގެ ވޯޓު ލިބުނު ، އެކަން އަޅުގަނަޑަށް ކާމިޔާބުކުރެވުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސަތްކަތުން . ހާއްސަކޮށް އެމްޑީޕީގެ ބޮޑު ތާއިދާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ރައީސް މައުމޫނާއު އަދިވެސް ވަކި ވަކި ފަރުދުންގެ ބުރަ މަސަތްކަތް އޭގައި ހިމެނޭ . އެ ދުވަހު އެ ހާލަތައް ބަލައި ރާއްޖެ ބަދަލުކުރުމަށް އެންމެންނަށް ގަބޫލުކުރެވޭތީ އެންމެން އެކުގައި ނިކުމެ އެ މަސަތްކަތް ކުރީ . އަޅުގަނޑު މި ވެރިކަމުގައި ހުރިހާ ދުވަހަކު އިރާދަކުރެއްވިއްޔާ އެއިން އެއްވެސް ބޭފުޅެއްގެ މަތިން ހަނދާނެއް ނެތިގެން ނުދާނެ . އަދި އަޅުގަނޑު މިއަދު ކުރަން ނިކުމެ މިހުރި މަސަތްކަތުން އެއިން އެއްވެސް ބޭފުޅަަކަށް ދެރަ ގޮތެއް ވިޔަ ނުދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަން ރައްޔިތުން ބަދަލުކުރީ، އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ނައްތާލައި ލާމަރުކަޒީ ނިޒާމުން މި ރާއްޖެ ހިންގުމަށް ބަދަލުގެނެސް އަސާސީ ހިދުމަތް ތަފާތުކުރުމެއް ނެތި ރައްޔިތުން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ވައުދުތަކަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުުދުތަކެއް ކަމަށާއި އެ ވައުދުތަކާ ދުރަށް ދެވެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމަށް ކުރެވެން އޮތް ހުރިހާ މަސަތްކަތެއް ކުރައްވާނެ ކަމަށާއި ވެރިކަން ފެށުނީއްސުރެ އެ މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެންމެ ހިނދުކޮޅެއްގައި ވެސް މަޑުނުޖެހި ވައުދުތައް ފުއްދުމުގައި ކުރިއަށް ދާނަން،" ރައީސް ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގައި މަސްތަކަތް ކުރިއަށް ދާ ގޮތަށް އިޝާރާތް ކުރައްވައި ރައިީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭނީ ވައުދުތަކަަށް ތާއީދު ކުރައްވާ މެމްބަރުން ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ ތެރެއިން ގާނޫނުތައް ހަދައި ގާނޫނުގެ ތެރެއިން ބާރުތައް ހޯދަންޖެހޭ ކިތަންމެ ބައެއް އެބަ ހުރި ކަމަށާއި މަޖިލީހުގައި ސަރުކާރަށް ތާއީދު ނުވަތަ މެޖޯރިޓީ ނެތްނަމަ ސަރުކާރު ހިންގުމަށް ބުރޫ އަރާނެކަމަށެވެ.

" ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު ، ރައްޔިތުންގެ މަޖިލީހުގައި ތިބެންޖެހޭނީ އަޅުގަނޑު މި ދެންނެވި ވައުދުތަކަށް ތާއީދުކުރާ ވައުދުތައް ގަބޫލުކުރާ މެމްބަރުން . އެހެން ނޫނީ އެ ވައުދުތައް ފުއްދުމަކި ދަތި އުނދަގޫކަމަކަށް ވެގެންދާނެ . ގާނޫނުތައް ހަދަން އެބަޖެހޭ ، ގާނޫނޫތަކުގެ ތެރެއިން ބާރުތައް ހޯދަންޖެހޭ ކިތަންމެ ކަމެއް އެބަހުރި . ރައްޔިތުންގެ މަޖިލީހުގައި މި ދެންނެވި ކަންތައްތަކަަށް ތާއީދުކުރާ ބަޔަކަކު ނެތްކަމުގައި ވާނަމަ އަޅުގަނޑަށް ސަރުކާރު ހިންގުމަށް ދަތި އުނދަގޫތަކާއި ކުރިމަތިވާނެ މިކަން އޮތީ އަޅުގަނޑުމެން މީގެކުރިންވެސް ތަޖުރިބާކޮށްފަ " ރައީސް ސޯލިހު ވިދާޅުވިއެވެ.

ހިންނަވަރުގައި ބޭއްވި ޖަލްސާގައި ރައިސް ވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކުރުމަށް ވައުދުވި ކަންތައްތަކުގެ ތެރެއިން ހާސިލްވެފައިވާ ކަންތައްތައް އިއުލާނު ކުރައްވާފައެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މައިގަނޑު ސަބަަބަކީ ޖީހާން މަހުމޫދުގެ ކެމްޕެއިންގައި ބައިވެރިވެ ވޯޓް ހޯދައިދިނުން ކަމަށެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ އެ ދަތުރުފުޅުގައި ރައީސް ސޯލިހު ހޮނިހިރު ދުވަހުގެ ހެނދުނު ޅ. އަތޮޅު ވެރިކަން ކުރާ ރަށް، ނައިފަރަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު ކުރެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް