Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ނިޔާޒް

ހުޅުމާލެ ޑިވޮލޮމެންޓް ޕްލޭން އަލުން އެކުލަވައިލާން ޖެހޭ: ނިޔާޒް

15 މާރިޗު 2019 | ހުކުރު 12:22

ދާއިރާއަށް ކޮށްދެވޭނެ ކަމަކީ '' އެޖެންޑާ 19'' ގައި ހުރި ކަންތައްތައް ތަންފީޒު ކުރުން : ނިޔާ

އަލީ ސަމާޚް
އަލީ ސަމާޚް | 15 މާރިޗު 2019 | ހުކުރު 12:22
ނިޔާގެ ކެމްޕޭނު ޖަލްސާގެ ތެރެއިން

ނިޔާގެ ކެމްޕޭނު ޖަލްސާގެ ތެރެއިން

ހުޅުމާލެ ތަރައްގީ ކުރުމަށްޓަކައި ހަދާފައިވާ ޑިވޮލޮޕްމެޓް ޕްލޭނާ ލޭންޑް ޔޫޒް ޕްލޭން އަލުން އެކުލަވާލައިލަން ޖެހޭ ކަމަށް ހުޅުމާލެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލި ނިޔާޒު (ނިޔާ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ، ހުޅުމާލެ ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ހަދާފައިވާ ލޭންޑް ޔޫޒް މައްޗަށް ދެން ހުޅުމާލެ ތަރައްގީ ކުރުމަކީ އޭގެ ސަބަބުން ނުރަނގަޅު ނަތިއްޖާތަކެއް ނުކުންނާނެ ކަމެއް ކަަމަށެވެ.

Advertisement - newsAdvertisement
''އެހެންވީމަ އަޅުގަނޑު އެދެން ސަރުކާރުގައި އަލުން ހުޅުމާލޭގެ ޑިވިލޮޕްމެންޓް ޕްލޭނާއި ލޭންޑް ޔޫޒް ޕްލޭން އެކުލަވައިލުމަށް. އެހެން ނަމަވެސް މި ފަހަރު އެކަން ކުރައްވަންވާނީ ހުޅުމާލޭގެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ފަހު'' ނިޔާ ވިދާޅުވިއެވެ.

އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިޝާރާތް ކުރައްވާ ނިޔާ ވިދާޅުވީ، އެ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ކަމާ އެކު ކެމްޕޭނު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، ސަރުކާރުގެ ކެންޑިޑޭޓަކަށް ވީހިދު އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވަން ބޭނުންނުވާ ކަމަށެވެ.

އެކަމަކު ދެން ތިބި ކެންޑިޑޭޓުންނަކީ ހުޅުމާލެ ދާއިރާއަށް ވޯޓު ވެސް ލެވޭ ބޭފުޅުންތަކެއް ނޫން ކަން ނިޔާ ފާހާގަކުރެއްވެވިއެވެ. ހުޅުމާލޭގައި ހަ އަހަރު ވަންދެން ދިރިއުޅެމުންދާ ރައްޔިތެއްގެ ހައިސީޔަތުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކާއި ހައްލު ކުރަން ޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް ދެނެގަނެފައިވާ ކަމަށް ވިދާޅުވިއެވެ.

ދާއިރާއަށް ކޮށްދެވޭނެ ކަމަކީ ''އެޖެންޑާ 19''ގައި ހުރި ކަންތައްތައް ތަންފީޒު ކުރުން ކަމަށާއި، މަޖިލީހުގައި ތަމްސީލު ކުރަން ފުރުސަތު ލިބިއްޖެއްޔާ މަސައްކަތް ކުރައްވާނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައި ކަމަށްވެސް ނިޔާ ވިދާޅުވިއެވެ.

އެ ޖަލްސާގައި ނިޔާއަށް ތާއިދު ކުރައްވާ ކަމަށް ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ވިދާޅުވެފައެވެ. މިސަރުކާރު ގެނައުމަށް ނިޔާ ކުރެއްވި މަސައްކަތަށް އަލީ ވަނީ ތައުރީފް ކުރައްވާފައެވެ.

އަންނަ މަހުގެ ހަވަަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިޔާ ހިމެނޭ ގޮތަށް ހުޅުމާލެ ދާއިރާ އަށް 6 ބޭފުޅަކު ވާދަކުރައްވާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް