Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުމްހޫރީ ޕާޓީ

ޖޭޕީ ކައުންސިލް ހޫނުވެ، އަލީ ވަހީދުގެ އިސްތިއުފާއަށް ގާސިމް ނުސީދާކޮށް ގޮވާލައްވައިފި

ޕާޓީން ވަކިވުމުގެ ކުރިން، ސަރުކާރުން ވަކިވުމަށް ގާސިމް ގޮވާލެއްވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 15 މާރިޗު 2019 | ހުކުރު 12:18
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ޖޭޕީގެ ރައީސް އަލީ ވަހީދު

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ޖޭޕީގެ ރައީސް އަލީ ވަހީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު މަޖިލިސް އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ނުކުންނަން ނިންމުމުން، އެކަމަށް ތާއިދު ނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން، އެމަނިކުފާނުގެ އިސްތިއުފާއަށް ނުސީދާކޮށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ޔާމީންގެ ތާއިދާ އެކު, ޕީޕީއެމާއި ޕީއެންސީއާ ގުޅިގެން ޖޭޕީން، މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމުމުން، ޖޭޕީގެ ފަރާތުން ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅުން އެކަމާ ދެކޮޅު ހައްދަވަމުން ގެންދަވާތީ، ގާސިމް ވަނީ ޖޭޕީ ކައުންސިލް މެމްބަރުން ހިމެނޭ "ވަޓްސްއެޕް" ގްރޫޕުގައި ހުކުރު ދުވަހު ހާއްސަ މެސެޖެއް ލިޔުއްވާފައެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ ޖޭޕީ ނިކަމެތިވާނެ ކަމެއް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ޖޭޕީގެ ފަރާތުން ސަރުކާރުގެ މަގާމަކަށް ވަޑައިގެން ހުންނެވި ބޭފުޅަކު ޕާޓީން ވަކިވުމުގެ ކުރިން، ކުރައްވަންވީ ކަމަކީ ސަރުކާރުން ލިބިފައިވާ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އެގޮތަށް ވިދާޅުވެފައިވެފައި ވަނީ އަލީ ވަހީދު ވިދާޅުވި ވާހަކަފުޅަކަށެވެ. ބުރާސްފަތި ދުވަހުގެ ރޭ އަލީ ވަހީދު ވިދާޅުވެފައި ވަނީ އިހުލާސްތެރި މަސައްކަތް ޖޭޕީގެ ލީޑަރަކަށް ގަބޫލުނުކުރެވޭނަމަ، ޖޭޕީގައި އެންމެ ސިކުންތަކު ވެސް ހުންނަން ބޭނުން ނުވާ ކަމަށެވެ.

އާންމުވެފައިވާ ޖޭޕީ ކައުންސިލްގެ ސްކްރީންޝޮޓްތައް

އަލީ ވަހީދު އެހެން ވިދާޅުވެފައި ވުމުން، ގާސިމް ނުސީދާކޮށް އެ ގޮވާލެއްވީ ވަޒީރުކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށެވެ. ގާސިމް އެގޮތަށް ގޮވާލެއްވުމުން، ޖޭޕީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕުގައި އަލީ ވަހީދު ވިދާޅުވީ ސަރުކާރު މަގާމުތަކަށް ވަޑައިގެންނެވި ޖޭޕީގެ މެމްބަރުން ބަދުނާމު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ހައްގު މިންވަރު ހޯދީ ކުރި ބުރަމަސައްކަތުން ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު ވިދާޅުވީ ޖޭޕީން ކުރި ބުރަ މަސައްކަތާއި ކުރި އިތުބާރު ހަނދާން ނުނެތޭ ކަމަށާއި ހަމަ އެގޮތަށް އަނިޔާވެރިން ކުރި އަނިޔާ ވެސް ހަނދާނެއް ނުނެތޭ ކަމަށެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރެއްވި ޖޭޕީއަށާއި ގައުމަށް އިހްލާސްތެރިވި ހުރިހާ މެމްބަރުންނަށް ތާއިދު ކުރާނަން،" ވަޓްސްއެޕް ގްރޫޕުގައި އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

ޖޭޕީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ގާސިމްގެ ވާހަކަފުޅަށް ތާއިދު ކުރައްވައި މެސެޖު ލިޔުއްވާފައި ވަނީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި ޖޭޕީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ފަސް ވަޒީރުންގެ ތެރެއިން ތިން ވަޒީރަކު ވަނީ ފާޅުގައި ގާސިމްގެ ނިންމެވުމަށް ދެކޮޅު ހައްދަވައި، ސަރުކާރު ދިފާއު ކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު