Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީ

އެޗްޑީސީ އޮތީ އެއް ބިލިއަން ޑޮލަރުން ދަރާފައި: މިނިސްޓަރ ފައްޔާޒް

14 މާރިޗު 2019 | ބުރާސްފަތި 23:37

ރިޝްވަތު ނަގައިގެން ކޮންޓްރެކްޓަރުންލައްވައި މަޖްބޫރު ކޮށްގެން ފައިސާ ނަގާފައިވޭ: ފައްޔާޒް

އަލީ ސަމާޚް
އަލީ ސަމާޚް | 14 މާރިޗު 2019 | ބުރާސްފަތި 23:37
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

މިސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުވިއިރު އެ ކޯޕަރޭޝަން އޮތީ އެއް ބިލިއަން ޑޮލަރުން ދަރަނިވެރިވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުންފުނީގެ މާލިއްޔަތުން ރައީސް ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހުޅުމާލޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުރި ރައީސް ޔާމީންގެ ފޮޓޯޖެހި ބިލްބޯޑްތައް ޕްރިންޓްކޮށް، އޭގެ ފްރޭމް ހަދާފައިވަނީވެސް އެޗްޑީސީގެ ޚަރަދުގައެވެ.

Advertisement - newsAdvertisement

އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އަލީ ނިޔާޒް (ނިޔާ)ގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވި، އިކޮނޮމިކް މިނިސްޓްރީގައި މިހާރު ކުރަމުންދާ މަސައްކަތަކީ، އެޗްޑީސީގައި ހިންގާފައި ހުރި ކަންތައްތައް ބަލައި އެކަންތައްތައް ހައްލު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ހަމައެއާއިކު އެޗްޑީސީގެ ދަރަނި އޮތީ ބަޔަކަށް އިހްސާސް ނުކުރެވޭވަރަށް މައްޗަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''ހަމަ އެކަނި ބޯހިޔާވަހިކަމުގެ ނަމުގައި އެކުންފުނިން ކޮށްފަ ހުރި ކަންތައްތަކުންވެސް އެއް ބިލިއަން ޑޮލަރާއި ގާތްކުރާ ވަރަށް އެޗްޑީސީ އޮތީ ދަރާފައި. ދަރާފައޭ އަޅުގަނޑު މިދަންނަވަނީ އެވަރުގެ ދަރަނި ނަގާފައި އޮތް ވާހަކަ'' ފައްޔާޒް ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ބުނެ ސަރުކާރުގެ އެކި ވުޒާރާތަކުގެ ނަމުގައި ބޮޑެތި އަގުގައި ކުދިކުދި އިމާރާތްތައް ހަދައިގެން އެޗްޑީސީއިން ރައްޔިތުންނަށް ހުވަފެންތައް ދައްކާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ސޯލިހު އުފައްދަވާފައިވާ ''ފަހި ދިރިއުޅުން ކޯޕަރޭޝަން" އަކީ ރައްޔިތުންނަށް އުދަގޫތަކެއް ނެތި މިލްކު ކުރެވޭ ފްލެޓްތަކެއް ފޯރުކޮށްދޭނެ ކުންފުންޏަކަށް ވެގެންދާނެ ކަމަށާއި، އެ ފްލެޓް ތަކަކީ ތަނަވަސްކަމާއިއެކު ހިތްހަމަޖެހިގެން ރައްޔިތުންނަށް އުޅެވޭނެ ތަންތަނަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ވާހަކައަށް ބާރު ދެއްވައި މިނިސްޓަރ ވިދާޅުވީ، މިހާރު ހުރި ފްލެޓް ތަކާއި އަޅައި ބަލާއިރު އެ ފްލެޓްތައް އަގު ހެޔޮވާނެ ކަމަށެވެ.

ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ''ހިޔާ މަޝްރޫއު'' އަށް އިޝަރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ، އެކަން ސިފަ ކުރައްވަނީ ކޮށްފައި އޮތް ވައްކަމެއް ގޮތުގައި ކަމަށާއި، ބޮޑެތި އަގުތައް ޖަހައިގެން ރިޝްވަތު ނަގައިގެން ކޮންޓްރެކްޓަރުން ލައްވާ މަޖްބޫރު ކޮށްގެން ފައިސާ ނަގާފައިވާ ކަމަށެވެ.

އެކަން ހައްލުކުރުމަށް ދުވަސްތަކެއް ނަގާނެ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަތަކަށް ހައްލެއް ހޯދޭނެ ކަމުގެ ޔަގީން ކަން ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްޑީޕީން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ''އެޖެންޑާ 19" ގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ގަބޫލު ނުކުރާ ހަމައެކަނި ކަމަކީ ''ނަޒާހާތްތެރި މަޖިލީހެއް'' އޮތުން ކަމަށްވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް