Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

އެސްއެމްއީ ލޯނު އަންނަ ހަފުތާގެ ތެރޭގައި ދޫކުރަން ފަށާނެ: ރައީސް

14 މާރިޗު 2019 | ބުރާސްފަތި 07:39

ރައީސް ވިދާޅުވީ އެޖެންޑާ 19 އަކީ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތަފްސީލް

އަމަން ހަލީމް
އަމަން ހަލީމް | 14 މާރިޗު 2019 | ބުރާސްފަތި 07:39
ރައީސް ސޯލިހު ކެޔޮދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމްކުރައްވަނީ

ރައީސް ސޯލިހު ކެޔޮދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމްކުރައްވަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ބޭންކު މެދުވެރިކޮށް އަންނަ ހަފުތާގެ ތެރޭގައި ލޯނު ދޫކުރެވެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ވ. ކެޔޮދޫގައި ބޭއްވި ހުސައިން ގާސިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެޖެންޑާ 19 އަކީ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތަފްސީލް ކަމަށެވެ. އަދި މި ވައުދުތައް ފުއްދުމަށް އެޖެންޑާ 19 ގައިވާ ކަންކަން ގަބޫލުކުރާ ވައުދުތައް ފުއްދުމަށް އެ މެނިފެސްޓޯގައިވާ ކަންކަން ގަބޫލު ކުރައްވާ މެމްބަރުން އިންތިހާބު ކުރުން މުހިންމު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު ވެސް ސަރުކާރުން ވައުދުތައް ފުއްދަމުންދާ ކަމަށާއި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ހަނދާން އެބަހުރި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން ތައުލީމީ ޖީލެއް އުފެއްދުމަކީ މި ސަރުކާރުގެ އެއްމެ ބޮޑު އެއް އަމާޒުކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމުގެ ގޮތުން ސްޓޫޑެންޓް ލޯން އިންޓްރެސްޓް ކުޑަކުރެވިފައިވާ ކަމަށާއި އަދި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު މިހާރު ލިބިލައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަންނަ ސެމިސްޓަރއިން ފެށިގެން މި ސަރުކާރުން ކުރިޔަށް ގެންދާ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެސް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށިިގެން ދާނެ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ފުއްދަވާ ދެއްވާފައިވާ އެހެން ވައުދުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ވިހެއުމުން މަަންމައަށް ހަ މަހުގެ ޗުއްޓީއެއް އަދި ބައްޕައަށް އެއް މަހުގެ ޗުއްޓީއެއް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެން ދާއިރު ރާއްޖޭގައި ފެނާ ނަރުދަމާގެ ހިދުމަތް ނުލިބޭ މީހުން ދިރިއުޅޭ އެއްމެ ރަށެއް ނުހުންނާނެ ކަމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި އެއްވެސް ރަށެއްގެ ކުޑަ ބޮޑު މިނަށް އާބާދީއަކަށް ބެލުމެއް ނެތި ހަމަހަމަކަމާ އެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ވ. ކެޔޮދޫއަށް ހާއްސަ ކުރެވިފައިވާ ކަންކަމަށް އަލި އަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ވެސް ފެނާ ނަރުދަމާގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކެޔޮދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފޭސްގެ މަސައްކަތް ފެށިގެން ދާނެ ކަމަށާއި، އެ ރަށު ސްކޫލްގައި މަލްޓި ޕާރޕަސް ހޯލެއް އެޅުމުގަ މަސަތްކަތާއި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް