Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް މައްސަލަ

އެފްއޭއެމްގެ މައްސަލަ ހައްލުވާނީ އިންޓަރިމް ކޮމިޓީއަކާ ހަވާލުކޮށްގެން: އަލީ ވަހީދު

13 މާރިޗު 2019 | ބުދަ 17:38

ފީފާގެ މަންދޫބުންނާ އަލީ ވަހީދު ވަނީ ބައްދަލުކުރައްވާފައި

ލީވާން އަލީ
ލީވާން އަލީ | 13 މާރިޗު 2019 | ބުދަ 17:38
އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމެއްގެ ތެރެއިން

އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމެއްގެ ތެރެއިން

އެފްއޭއެމްއަށް ދިމާވެފައިވާ މައްސަލަ ހައްލުވާނީ އިންޓަރިމް ކޮމިޓީއަކާ ތަން ހަވާލުކޮށްގެން ކަމަށް ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ބުދަ ދުވަހު ފީފާއިން އެފްއޭއެމްއާއެކު ޔޫތު މިނިސްޓްރީއާ ބައްދަލު ކޮށްފައިވާ ކަމަށާއި، މި ބައްދަލުވުމުގައި އެފްއޭއެމްގެ ކަންތައް ހައްލުވާނީ އިންޓަރިމް ކޮމިޓީއަކާ އެފްއޭއެމް ހަވާލުކޮށްގެން ކަމަށް ލަފާދީފައިވާނެ ކަމަށެވެ.

ފީފާއިން އަންގާރަ ދުވަހު ކްލަބްތަކާ ބައްދަލު ކުރުމަށް ފަހު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އަދަދު ހަމަނުވާ ކަމަށް ނިންމި ނިންމުމާއެކު، އެފްއޭއެމްގެ މައްސަލައަށް ހައްލު ލިބިގެން ދިޔަ ކަމަށް ގަބޫލުނުކުރާ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދު ވިދާޅުވީ، ފުޓުބޯޅައިގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީތަކާ ގުޅިގެން ފީފާ އަދި އޭއެފްސީގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަން އެ ފަރާތްތަކުން ލަފާ އަރުވާފައިވާ ކަމަށެވެ.

ނަމަވެސް އަންގާރަ ދުވަހު ހިނގައިދިޔަ ކަންކަމަށް ފަހު އެ ދެ ކޮމިޓީވެސް އުވާލަން ނިންމާ، ފީފާއިން ރާއްޖޭގެ ފުޓުބޯޅައަށް ހައްލު ހޯދައިދިނުމަށް އެދި ދަންނަވާފައިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އެކްޓިންގ ޔޫތު މިނިސްޓަރުކަމާ ހަވާލުވުމަށް ފަހު ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ މައްސަލަތައް ބަލައި ދިރާސާ ކުރުމަށް "ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީ" ގެ ނަމުގައި އަލީ ވަހީދު ކޮމިޓީއެއް އުފައްދަވާފައިވާއިރު، މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށް އެކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް