Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލ؛ިސް

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ފަހު ނިންމުން ކަނޑަނޭޅޭ ގޮތަށް ކޮމެޓީން ފާސްކޮށްފި

ވަޒީރުންގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ގޮތް ބަޔާންކޮށްފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 13 މާރިޗު 2019 | ބުދަ 13:39
ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުން

ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުން

ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ފަހު ނިންމުން ކަނޑަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން އާންމު ކޮމެޓީން ފާސްކޮށްފިއެވެ.

މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން އަމަލު ކުރާނެ ގޮތް ސުޕްރީމް ކޯޓުން 2017 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ކުރި ހުކުމެއްގައި ވަނީ ކަނޑައަޅާފައެވެ. އެ ހުކުމްގައި ބުނެފައި މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ ހުކުމްގައިވެއެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާންމު ކޮމެޓީއަށް ހުށަހަޅުއްވައި، އެ ކޮމެޓީން ބުދަ ދުވަހު ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމުން، އޭނާގެ މަގާމު އެ ހިނދުން ފެށިގެން ވަކިވީ ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސްކުރުމާ ދެކޮޅު ހެއްދެވީ އެމްޑީޕީގެ ތިން މެމްބަރުންނެވެ.

މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހަށް އަމަލު ކުރަން ފަށާނީ، މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސްކުރުމުންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތް، މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅުމަށް ކޮމެޓީން ފާސްކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. މާރިޔާގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ޕީޕީއެމްގެ 14 މެމްބަރަކު ސޮއިކޮށް، މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ތަޅުމަށް އެ މައްސަލައެއް އިއްވުމަށްފަހު، ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް އެ މައްސަލަ ފޮނުވަންވާނެ ކަމަށެވެ. އެ ކޮމެޓީ އެކުލަވާލަންޖެހޭނީ ކޮންމެ ސިޔާސީ ޕާޓީއަކުން މަދުވެގެން އެއް މެމްބަރަކާއި އަމިއްލަ އެއް މެމްބަރެއްގެ މައްޗަށް ކަމަށެވެ. ކޮމެޓީއަށް އެ މައްސަލައެއް ފޮނުވަންވާނީ ބަހުސް ކުރުމާ ނުލައި ކަމަށް އިސްލާހުގައިވެއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އިއްވުމަށްފަހު، ހަމަ އެ ދުވަހު އެ މައްސަލައިގެ ނޯޓިސް ވަޒީރަށް ފޮނުވަންޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އެ މައްސަލައިގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ފަށަން ވަނީ 14 ދުވަހުގެ މުއްދަތެއް ގުނުމަށްފަހުގައި ކަމަށް އިސްލާހުގައިވެއެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކޮމެޓީން ތަހުގީގު ކުރާއިރު، ކޮމެޓީއަށް ހާޒިރުވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވަޒީރަށް ދޭންޖެހޭނެ ކަމަށާއި އޭނާއާ އެކު ދިފާއުގައި ވާހަކަ ދެއްކުމަށް ގިނަވެގެން ދެ ވަކީލުން ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ކޮމެޓީއަށް އެ މައްސަލައެއް ލިބޭތާ ގިނަވެގެން ނުވަ ދުވަހުގެ ތެރޭގައި އެ މައްސަލަ ތަހުގީގުކޮށް ނިންމަންވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ވަޒީރުން އިތުބާރާ ގުޅޭ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތް

  • 7 މެމްބަރުގެ ވަގުތީ ކޮމެޓީއެއް ނެގުން
  • ކޮމެޓީގައި ކޮންމެ ޕާޓީއަކުން އެއް މެމްބަރެއް
  • ކޮމެޓީ ފަށަން ވާނީ 72 ގަޑިއިރު ވަޒީރަށް ދިނުމަށްފަހު
  • 9 ދުވަހުގެ ތެރޭގައި ކޮމެޓީން މަސައްކަތް ނިންމަންވާނެ
  • ދިފާއުގައި ވާހަކަ ދައްކަން ވަޒީރާ އެކު ދެ ވަކީލަކަށް ފުރުސަތު ލިބޭނެ
  • މަގާމު ގެއްލޭނީ ގިނަވެގެން 43 މެމްބަރުންގެ ވޯޓުން ފާސްވުމުން

ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް ބެލުމަށް ވަގުތީ ކޮމެޓީއެއް ނެގުމަށް އެ އިސްލާހުގައި ބާރު އަޅާފައި ވިޔަސް، ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ދިރާސާ ކުރާނީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުން ކަމަށް އިސްލާހުގައިވެއެވެ. އަދި އެ ކޮމެޓީތަކުން އެ މައްސަލައެއް 10 ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ. އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ދިފާއުގައި ވާހަކަ ދެއްކުމަށް އެ ބޭފުޅަކު ހާޒިރުވެ، ދެ ވަކީލަކު ވެސް ބޭނުންކުރެވިދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު