Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއީކުއޭޓާރ ވިލެޖް

އީކުއޭޓަރ ވިލެޖްގެ އޮކިއުޕެންސީ 85 ޕަސެންޓަށް ވުރެ މަތީގައި

13 މާރިޗު 2019 | ބުދަ 13:41

އީކުއޭޓަރ ވިލެޖަކީ އައްޑޫސިޓީގައި ފުރަތަމަ ހިންގަން ފެށި ރިސޯރޓް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 13 މާރިޗު 2019 | ބުދަ 13:41
އީކުއޭޓާރ ވިލެޖް

އީކުއޭޓާރ ވިލެޖް

ދިވެހިރާއްޖޭގައި ފުރަތަމަ ބޭއްވި އިންޓަރނޭޝަނަލް ޓްރެވަލް އެވޯޑް "ސަތާ އެވޯޑް" ބޭއްވި އީކުއޭޓަރ ވިލެޖް އޮކިއުޕެންސީ މި ދިޔަ އަހަރާ އަޅާ ބަލާއިރު 20 ޕަސެންޓް އިތުރުވެފައިވާ ކަމަށް އީކުއޭޓާރ ވިލެޖުން ބުނެފިއެވެ.

އީކުއޭޓާރ ވިލެޖްގެ މެނޭޖާރ މުހައްމަދު ވަހީދު ވިދާޅުވީ ރިސޯރޓް އޮކިއުޕެންސީ މިހާރު ހުރީ 85 ޕަސެންޓްގައި ކަމަށާއި، އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 20 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

އީކުއޭޓާރ ވިލެޖުން ބުނީ އޮކިއުޕެންސީ ރަނގަޅުވުމުގެ މައިގަނޑު ސަބަބަކީ ރިސޯރޓް އިޝްތިހާރު ކުރުމަށް ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ކުރަމުން އަންނަ މަސައްކަތުގެ އިތުރުން، ރިސޯރޓްގެ މުވައްޒިފުންގެ ފަރާތުން ލިބޭ ހިތްހެޔޮ މެހެންމާންދާރީއާ މެދު ފަތުރުވެރިންނަށް ލިބެމުން އަންނަ ހިތްހަމަޖެހުން ކަމަށެވެ.

ވަހީދު ވިދާޅުވީ އީކުއޭޓާރ ވިލެޖުގެ އޮކިއުޕެންސީއެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ މައިގަނޑު އެހެން ސަބަބުތަކަކީ ރިސޯރޓް ކުރިއެރުވުމަށް، ރިސޯރޓްގެ ވެރި ފަރާތުން ކުރަމުން އަންނަ މަސައްކަތާއި، އައްޑޫ ސިޓީ ރައްޔިތުންގެ ލޯބި ރިސޯރޓަށް އިތުރުވެގެން ދިއުން ކަމަށެވެ. މީގެ އިތުރުން ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އައްޑޫސިޓީ އަށް ކުރަމުން އަންނާތީ ރިސޯރޓްގެ އޮކިއުޕެންސީ ކުރިއާ އަޅާ ބަލާއިރު، ވަރަށް ބޮޑު ތަން އިތުރުވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އެގޮތުން ޗައިނާ، އަދި އިންޑިޔާ މާރކެޓް އިތުރުވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ އަދަދު ވެސް އިތުުރުވެފައިވާ ކަަމަށް ވަހީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ގަމުގައި އޮންނަ އީކުއޭޓާރ ވިލެޖް ރިސޯރޓަށް ވަނީ މޯލްޑިވްސް ޓްރެވަލް އެވޯޑް ގާލާ 2017،2018 ވިދިވިދިގެން ދެ ފަހަރު ލީޑިން އެއަރޕޯޓް ހޮޓެލް ލިބިފައެވެ.

އީކުއޭޓަރ ވިލެޖަކީ އައްޑޫ ސިޓީގައި ފުރަތަމަ ހިންގަން ފެށި ރިސޯރޓްއެވެ. މި ރިސޯރޓް ފުރަތަމަ ހިންގަން ފަށާފައި ވަނީ 1983 ވަނަ އަހަރު ގަން ހޮލިޑޭ ކޭމްޕްގެ ނަމުގައެވެ. އޭގެ ފަހުން އޯޝަން ރީފް ކްލަބްގެ ނަމަށް ބަދަލުކުރުމަށް ފަހު، އޭގެ ދުވަސްތަކެއް ފަހުން ރިސޯރޓްގެ ނަން ވަނީ އީކުއޭޓަރ ވިލެޖްގެ ނަމަށް ބަދަލުކޮށްފައެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2018

ޗައިނާގެ އުފެއްދުންތެރިކަން ލަފާކުރި ވަރަށް ވުރެ މާޗް މަހު ރަނގަޅު

31 މާރިޗު 2018
ޗައިނާގެ އުފެއްދުންތެރިކަން ލަފާކުރި ވަރަށް ވުރެ މާޗް މަހު ރަނގަޅު
16 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޮކިއުޕެންސީ 65 ޕަސެންޓް ދަށަށް ދާނެ!

16 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޮކިއުޕެންސީ 65 ޕަސެންޓް ދަށަށް ދާނެ!
31 ޖެނުއަރީ 2018

ދިރާގަށް ހަތަރު ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 200 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

31 ޖެނުއަރީ 2018
ދިރާގަށް ހަތަރު ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 200 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ
12 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

12 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
04 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

04 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
15 އޯގަސްޓު 2017

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

15 އޯގަސްޓު 2017
ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ
02 އޯގަސްޓު 2017

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް