Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިއުޕޯޓް

ނިއުފޯޓު ވިއު ހުސްކުރަން އެންގި މައްސަލައިގައި ކޯޓަށް ދާން ނިންމައިފި

13 މާރިޗު 2019 | ބުދަ 05:44

ކޯޓުން އަންގާ ގޮތަކަށް އަމަކުރަން ސްޓާރޑާ އިން ވަނީ ނިންމާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 13 މާރިޗު 2019 | ބުދަ 05:44
ނިއު ޕޯރޓް ވިއު

ނިއު ޕޯރޓް ވިއު

ނިއުޕޯޓް ވިއު ހުސްކުރަން ސަރުކާރުން އެންގުމުން އެތަނުގެ ބަދަލު ހޯދުމަށް ސްޓާރޑާ ޕްރައިވެޓް ލިމިޓެޑުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ނިއުޕޯޓުން އެ މައްސަލައިގައި ކޯޓަށް ދާން ނިންމާފައިވާ ކަމަށާއި، ކޯޓުން ނިންމާ ގޮތަކަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަދަލުދިނުމަށް ފަހު، ތަން ހުސްކުރަން ކޯޓުން އަންގައިފިނަމަ އެގޮތަށް އަމަލުކުރަން ނިއުޕޯޓުން ނިންމާފައިވާ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދިނެވެ.

Advertisement - newsAdvertisement

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ހުޅުވާފައިވާ ނިއުޕޯރޓް ވިއު ހުސްކުރަން އެތަނުގެ ވެރިފަރާތަށް ސަރުކާރުން ވަނީ އަންގާފައެވެ.ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ވެރިފަރާތަށް އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށެވެ. އެތަނުގެ އެގްރިމެންޓް ހަދާފައިވާ ގޮތުން އެއް މަހުގެ ކުލި ސަރުކާރަށް ނުދެއްކިއްޖެ ހާލަތެއްގައި ތަން ހުސްކުރަން އެންގިދާނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 6 ގައި ހުޅުވާފައިވާ 500 މީހުންގެ ޖާގައިގެ ނިއުޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒުގެ އަނބިކަނބަލުން މަލަކާ އަބްދުލް ހަކީމެވެ. ކުރިން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒާހިދު ރަމީޒުވަނީ ފަހުން އެ ކުންފުނި ދޫކޮށް މަލަކާގެ ނަމަށް ބަދަލު ކޮށްފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ވެރިފަރާތަށް އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގައި އެތަން ހުސް ކުރުމަށެވެ.

ތަނުގެ ކުލީގެ ގޮތުގައި ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަމުން އައި ނިއުޕޯޓް ވިއު ކުއްޔަށް ދީފައި ވަނީ 8 އަހަރަށެވެ.

ނިއުޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ ޕްލެޓްފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯން ހަދާގޮތަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއުޕޯޓްވިއު ހުސްކުރުމަށް ފަހު ސަރުކާރުން ބޭނުންވަނީ އެތަނުގައި އާންމުންނަށް ތިބެވޭނެ ގޮތަށް ޕާކެއް ހެދުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް