Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫއެންޑީޕީގެ އެހީ

މިހާތަނަށް 37 މިލިއަން ރުފިޔާގެ ހިލޭ އެހީ ޖަމިއްޔާތަކަށް ފޯރުކޮށްދެވިފައިވޭ: ޔޫއެންޑީޕީ

12 މާރިޗު 2019 | އަންގާރަ 13:30

އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި 50 މަޝްރޫއެއް ކުރިއަށްދޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 12 މާރިޗު 2019 | އަންގާރަ 13:30
ދިރުންތައް ހިމާޔަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ހަރުކުރެވިފައިވާ ބިލްބޯޑެއް

ދިރުންތައް ހިމާޔަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ހަރުކުރެވިފައިވާ ބިލްބޯޑެއް

ޔޫއެންޑީޕީގެ ގްލޯބަލް އެންވެއަރަމެންޓް ފެސިލީޓީ (ޖެފް) ގެ ސްމާލް ގްރާންޓްސް ޕްރޮގްރާމުން މިހާތަނަށް 37 މިލިއަނާ ގާތްކުރާ އަދަދެއްގެ ފައިސާގެ ހިލޭ އެހީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ޖަމިއްޔާ ޖަމާއަތްތަކަށް ފޯރުކޮށްދީފައި ވާކަމަށް މި ޕްރޮގްރާމްގެ ނޭޝަނަލް ކޯޑިނޭޓަރ ފާތުމަތު ސައީދު ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރަމްގެ މައިގަނޑު މަގުސަދާ ބެހޭ ގޮތުން ރާއްޖެޓީވީއަށް މައުލޫމަތު ދެއްވަމުން ފާތުމަތު ސައީދު ވިދާޅުވީ ޖެފް އިން ފޯރުކޮށްދޭ އެހީތެރިކަމަކީ ދެމެހެއްޓެނިވި ތިމާވެއްޓެއް ރާއްޖޭގައި އޮތުމުގެ ފުރުސަތެއް ހޯދައި ދިނުމުގެ ގޮތުން ފޯރުކޮށްދޭ އެހީތެރިއެއް ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި އުފެދިފައިވާ ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް މުޖުތަމައުގެ އެކި ކަހަލަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށްޓަކައި 37 މިލިއަނާ ގާތްކުރާ އަދަދެއްގެ ފައިސާގެ ހިލޭ އެހީ ފޯރުކޮށްދެވިފައި ވާކަމަށެވެ. އަދި މިހާރު ވެސް 50 ޕްރޮޖެކްޓެއް އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.

ސްމާލް ގްރާންޓްސް ޕްރޮގްރާމްގެ އެހީގެ ދަށުން ފަސް ދާއިރާއަކުން އެހީތެރިކަން ފޯރުކޮށް ދޭކަން ފާހަގަ ކުރައްވާ ފަތުމަތު ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމާއި، ބިން ހިމާޔަތް ކުރުމާއި، ކަނޑާއި މޫދު ހިމާޔަތްކުރުމުގެ އިތުރުން އެތަންތަނުގެ ދިރުންތައް އާލާކޮށް ހިމާޔަތް ކުރުން ފަދަ މަޝްރޫއުތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ވެސް އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އަދި ޒުވާނުން ބާރުވެރި ކުރުވުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިމާވެއްޓާ ގުޅުން ހުރި ދާއިރަތަކަކުން ޖަމިއްޔާ ޖަމާއަތްތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާކަން ފާތުމަތު ވަނީ ފާހަގަ ކުރައްވާފައެވެ.

ޔޫއެންޑީޕީގެ "ޖެފް"ގެ ސްމާލް ގްރާންޓްސް ޕްރޮގްރާމަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް