Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިނަމާލެ ބްރިޖް

ބްރިޖާ އެކު އައި ތަރައްގީ ވިސްނުމަށް ވެސް އަންނަންޖެހޭ!

ހެލްމެޓްގެ ބަދަލުގައި ބޮލުގައި ޑަސްބިނާއީ ތެލި ފަދަ ތަކެތި އަޅައިގެން މީހުން ދަނީ ސައިކަލް ދުއްވަމުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 11 މާރިޗު 2019 | ހޯމަ 13:47
ބަޔަކު ހެލްމެޓް އަޅައިގެން ދުއްވަނީ

ބަޔަކު ހެލްމެޓް އަޅައިގެން ދުއްވަނީ

ގައުމަކަށް ތަރައްގީ ގެނެވޭނީ އެގެންނަ ތަރައްގީއަށް ރައްޔިތުން ފައިހަމަކޮށްގެންނެވެ. ގައުމަށް ކިތަންމެ ތަރައްގީއެއް ގެނަޔަސް އެކަންތައްތައް ބަލައިގަންނަން ތިބޭ ރައްޔިތުން ހޭލުންތެރި ނުވާހާ ހިނދަކު އެކަށީގެންވާ ނަތީޖާއެއް ނުނިކުންނާނެއެވެ. ހަގީގީ ތަރައްގީއަކީ އިންސާނާ އަށް އަންނަ ތަރައްގީއެކެވެ.

ބްރިޖަކީ ރާއްޖެ އަށް އައިސްފައިވާ ތަރައްގީގެ ރަމްޒެއް ކަމަށް އެއް ބަޔަކު ދަނީ ސިފަކުރަމުންނެވެ. ރަނގަޅު ވާހަކައެކެވެ. އެއީ އުމްރާނީ ތަރައްގީގައި ރާއްޖެ އަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް ސުވާލަކީ އެ ބްރިޖް މަތީގައި ދުއްވާ ދިވެހިން ތަރައްގީ ވެއްޖެ ހެއްޔެވެ؟ ބްރިޖާ އެއްވަރަށް ދިވެހިންގެ ވިސްނުމަށް ތަރައްގީ އައިސްފައިވޭ ހެއްޔެވެ؟

ޑަސްބިނެއް ބޮލުގައި އަޅައިގެން މީހަކު ދުއްވާފައި ދަނީ./ ފޮޓޯ - ފޭސްބުކް

ރިޔާސީ އިންތިހާބާ ދިމާކޮށް ބްރިޖް ހުޅުވި ފަހުން އެތަނުގައި މިހާތަނަށް ހިނގައިދިޔަ ކަންކަމަށް ބަލާއިރު ބައެއް ދިވެހިންގެ ވިސްނުމުގެ ތަރައްގީ އަދި ވަރަށް ފަހަތުގައި އުޅޭ ކަމަށް ބުނަންޖެހެއެވެެ. މާލެ އާއި ހުޅުމާލެއާ ދެމެދު އެތައް ހާސް ބަޔަކު ދަތުރުކުރާ އިރު އެކަށީގެންވާ ފުޅާ މިނެއް ނެތުމުން ބްރިޖްގައި އުޅަނދުފަހަރު ދުއްވުމުގައި ސަމާލުވާންޖެހޭކަން ދިވެހިންނަށް ދަންނަން އެބަޖެއެވެ. ނޫން ނަމަ އެކްސިޑެންޓްތައް އިތުރުވާނެއެވެ. އޭގެ ހިތި ނަތީޖާ މިހާރު ވެސް ދަނީ ފެންނަމުންނެވެ. ހުއްދަ ކޮށްފައިވާ ލިމިޓަށް ވުރެ ބާރަށް ދުއްވުމާއި ގަވާއިދާ ހިލާފަށް އޮވާޓޭކްކުރުން ފަދަ ކަންކަމުގެ ސަބަބުން މިހާތަނަށް ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތައް ހިނގައި ގިނަ ބަޔަކަށް ގެއްލުންތައް ވެފައި ވެއެވެ. ބައެއް މީހުން ނުކުޅެދުންތެރިންނަށް ވެފައި އެބަހުއްޓެވެ.

މާލެ އިން ހުޅުމާލެއަށް ދާން ބްރިޖް ހުރަސްކޮށް ދުވާލެއްގެ މައްޗަށް 10،000 އަށް ވުރެ ގިނަ މީހުން އަރާއިރު ބައެއް ފަރާތްތަކުން އެ ބްރިޖް ދެކެނީ ސަކަރާތް ޖަހާ މަޖާ ކުރަން އޮތް ތަނެއްގެ ގޮތުގައެވެ. ބްރިޖްގެ ވަށައިގެން ހުރި ފެންސްތަކުގެ މައްޗަށް އަރައިގެންނާއި ސައިކަލްގައި އޮށޯވެގެން އޮވެ ފޮޓޯ ނަގާ ބަޔަކު އުޅެއެވެ. އެ ފޮޓޯތައް ތިމާގެ ހުރި މޮޅުކަން ދައްކައި ފޭސްބުކަށް ލަމުން ދިޔައިރު އެއް ފަހަރުވެސް އޭގެ ސަބަބުން ތިމާ ހުށައެޅިގެންދާ ނުރައްކަލާ މެދު ވިސްނާލިބާއެވެ؟.

ހެލްމެޓްގެ ބަދަލުގައި ތެއްޔެއް ބޮލުގައި އަޅައިގެން / ފޮޓޯ- ފޭސްބުކް

އެފަދަ ކަންތައްތަކުގެ ސަބަބުން ބްރިޖްގައި ހިނގާފައި ހުރި ނުރައްކާތެރި ހާދިސާތަކުގެ ޚަބަރުތައް މެދުނުކެޑި ދަނީ މީޑިއާތަކުގެ ފަލަ ސުރުހީ އަށް އަރަމުންނެވެ. އެކަމަކު ދިވެހިންނަށް ހަމަ ވަރިހަމައެވެ. ހިޔާލަށް އަންނަ ކޮންމެ ކަމެއް ކުރަމުން ގޮސް ބްރިޖް މަތިން ވާދައަށް މޫދަށް ފުންމުމަކީ ވެސް ކޮށްފައިވާ ކަންކަމެވެ.

އެގޮތަށް ކަންތައް ކުރާ ފަރާތްތަކަށް ހިތްވަރުދޭ މީހުން ވެސް އެބަތިއްބެވެ. ސޯޝަލް މީޑިއާ އިން ފެންނަނީ އެ މަންޒަރެވެ. ''ހީ އިސް ދަ މޭން'' ''ވަޓް އަ ގައި'' މިއީ އާންމުކޮށް އެފަދަ ޚަބަރުތަކުގެ ލިންކް ޝެއާ ކުރަމުން މީހުން ލިޔެފައި ހުންނަ އެއްޗެއްސެވެ. އަދި ވެސް ހޭލުންތެރިވާން ނުވަނީ ހެއްޔެވެ؟ ދެންވެސް ހަމަ އަނެއްކާ ވެސް މި ދައްކަން ޖެހެނީ އެހެން ރާގަކަށް ހަމަ އެއް ވާހަކައެވެ.

މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ދުއްވާއިރު ހެލްމެޓް އެޅުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކުރަން މަޖުބޫރު ކަމެކެވެ. އަވަށްޓެރި ގައުމުތަކުގައި ވެސް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ހެލްމެޓް އެޅުމަކީ އެތައް ޒަމާނަކުއްސުރެ ކުރަމުން އަންނަ ކަމެކެވެ. މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އެކަމަކީ މުހިއްމު ކަމެއް ކަމަށް ދެކި މާޗް މަހުގެ 10 ވަނަ ދުވަހުން ފަށައިގެން ސިނަ-މާލެ ބްރިޖްގައި ހެލްމެޓް އަޅަން މަޖުބޫރު ކުރިއެވެ. އަދި އަޅަން ޖެހޭނީ ކޮން ވައްތަރެއްގެ ހެލްމެޓެއް ކަމާއި، ހުންނަން ޖެހޭ ގޮތާއި ހުރިހާ މައުލޫމާތުތަކެއް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ. އެކަމަކު ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހުނު ހެލްމެޓް ވެސް މަދު ބަޔަކަށް ވީ ޖޯކަކަށެވެ. ފުރަތަމަ ދުވަހު ވެސް ފެނިގެން ދިޔައީ އެ މަންޒަރުތަކެވެ.

ހެލްމެޓްގެ ބަދަލުގައި ބޮލުގައި ތެއްޔާއި ޑަސްބިން އަޅައިގެން ބްރިޖް ހުރަސްކުރަން މަސައްކަތްކަތްކުރުން ފަދަ ނާތަހުޒީބީ އަމަލުތައް މަދުން ނަމަވެސް ފެނިގެން ދިޔައެވެ. އަދި ނަމެއްގައި އެއްވެސް ރައްކާތެރި ކަމެއް ނެތް ކުޅޭކުޅޭ ހެލްމެޓް އަޅައިގެން ވެސް ބައެއް މީހުން ބްރިޖްގައި ދުއްވާފައި ވެއެވެ.

ނުވިތާކަށް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ހިނގާފައި ދިޔަ ދިވެއްސަކަށް ތޫނުއެއްޗަކުން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައެވެ. އެކަމުގައި ވެސް އެއްބަޔަކަށް ގޯސްވީ ހެލްމެޓް އެޅުމަށް މަޖުބޫރުކުރި ސަރުކާރެވެ. ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން އެކަމުގައި ގޯސްކުރީ ސަރުކާރެވެ. ހެލްމެޓް އަޅައިގެން ބަޔަކު ފޭރުނީ ސަރުކާރުން ހެލްމެޓް އެޅުމަށް މަޖުބޫރުކުރުމުން ކަމަށް ބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައެވެ.

ގައުމަށް އަންނަ ބަދަލުތަކަށް ބޯލަނބައި އެކަމަށް ތަބާވާން އެބަޖެހޭއެވެ. ހޭލުންތެރި ކުރުމުގެ ގޮތުން ސަރުކާރުންނާއި އަމިއްލަ މުއައްސަސާތަކުން އެތައް މަސައްކަތެއް ކުރަމުން އަންނަ އިރު މި ފަދަ މަންޒަރުތައް ފެނުމަކީ ދެރަ ކަމެކެވެ. މިކަން ހުއްޓުވަން ބަޔަކު ކަމެއް ކުރަންދެން ބަލަން ނުތިބޭށެވެ. ޒަމާނަށް އަންނަ ތަރައްގީއާ އެއްހަމައެއްގައި ފައިހަމަ ކުރުމަކީ ތިމާއަށް ލިބޭ ފަހުރެކެވެ. ތަރައްގީއަކީ ހަމައެކަނި ބްރިޖާއި އުސް އިމާރާތްތައް ފަދަ އުމަރާނީ ތަރައްގީއެއް ނޫނެވެ. ތަރައްގީއަކީ އިންސާނާ އަށް އަންނަ ތަރައްގީއެކެވެ. އިންސާނާގެ ވިސްނުމަށް އަންނަ ތަރައްގީއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

30 އެޕްރީލު 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު