Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ލަތީފާގެ މަގާމު ނުގެއްލޭ ގޮތަށް ބާ ކޮމިޝަންގެ ބިލު އިސްލާހު ކުރަން އެއްބަސްވެއްޖެ

ވަކި މީހަކަށް އަމާޒުވާ ގޮތަށް ގާނޫނެއް ނުހަދާނަން: އިންތި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 10 މާރިޗު 2019 | އާދީއްތަ 03:51
ލަތީފާ ގާސިމް: ބާ ކޮމިޝަންގެ ބިލު އޮތީ އޭނާގެ މަގާމު ގެއްލާ ގޮތަށް

ލަތީފާ ގާސިމް: ބާ ކޮމިޝަންގެ ބިލު އޮތީ އޭނާގެ މަގާމު ގެއްލާ ގޮތަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގާނޫނީ ވަކީލުންގެ ފަރާތުން އައްޔަން ކުރައްވާފައިވާ ލަތީފާ ގާސިމްގެ މަގާމު ނުގެއްލޭ ގޮތަށް، ބާ ކޮމިޝަން އުފެއްދުމަށް ހުށަހަޅާފައިވާ ގާނޫނީ ހިދުމަތުގެ ބިލު އިސްލާހު ކުރަން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން އެއްބަސްވެއްޖެއެވެ.

މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން ލަތީފާގެ މަގާމު ގެއްލޭ ގޮތަށް ބިލު އޮތް ކަމަށް ބުނެ، އޭނާ މަޖިލީހަށް ސިޓީއެއް ހުށަހެޅުއްވީ ގާނޫނީ ހިދުމަތުގެ ބިލު ފާސްކުރަން މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނިކޮށެވެ. އޭނާ އެކަން ހުށަހެޅުއްވުމުން، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނިންމީ އެ ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވުމަށެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ "ފަލަސުރުހީ ޕްރޮގްރާމް"ގައި ވާހަކަ ދައްކަވަމުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ގާނޫނަކަށް ގެނެވޭ ބަދަލަކުން، މަގާމަކާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްގެ މަގާމު ގެއްލުވާލުމަކީ އެމްޑީޕީން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. ކޮމެޓީގައި މަޝްވަރާ ކުރުމަށް ފަހު، ނިންމާފައި ވަނީ ލަތީފާގެ މަގާމު ނުގެއްލޭ ގޮތަށް ބިލު އިސްލާހު ކުރުމަށް ފަހު މި މަހުގެ 15 ކުރިން ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކަމަށް އިންތި ވިދާޅުވިއެވެ.

ގާނޫނީ ވަކީލުން ތަމްސީލު ކުރެއްވުމަށް ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވާ ލަތީފާއަކީ ހަމައެކަނި ގާނޫނީ ވަކީލުންގެ މެދުގައި ނެގި ވޯޓަކުން އެ މަގާމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި އޭނާ އެ މަގާމަށް ވަޑައިގެންނެވީ ފަނޑިޔާރުންގެ ވޯޓާ ވެސް އެކުގައި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މީހަކަށް ޓާގެޓްކޮށްގެން އެގޮތަކަށް ގާނޫނުތަކެއް ނުހަދާނެ. އެހެންވެގެންތާ އަޅުގަނޑުމެން ބުނަމުންދިޔައީ އޮޑިޓަރ ޖެނަރަލްގެ މަގާމު ގެއްލޭ ގޮތަށް ކުއްލިއަކަށް މާއްދާއެއް ފާސްކުރި ކުރުން އަޅުގަނޑުމެން ދެކޮޅު ހަދަމުންދިޔައީ މިހާރު ވެސް އަޅުގަނޑުމެން ހަދާ ގާނޫނަކުން މީހެއްގެ މަގާމު ކުއްލިއަކަށް ގެއްލޭ ގޮތަކަށެއް ފާސްކުރުމަކަށް އަޅުގަނޑުމެންގެ ތާއިދެއް ނެތް،" މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާ އިންތި ވިދާޅުވިއެވެ.

ގާނޫނީ ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައްޔަން ކުރައްވާފައިވާ ލަތީފާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ހޯއްދެވުމަށް ރިޔާސީ ކެމްޕެއިންގައި އަމަލީ ގޮތުން އުޅުއްވެވި ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފުގެ އަނބިކަނބަލުންނެވެ.

އެސްސީއަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަންގައި ލަތީފާއާ އެކު، ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފު އިބްރާހިމާއި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅާއި ގާނޫނީ ވަކީލު އަބްދުލް ހަންނާން އަހުމަދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަސްތޫރު ހުސްނީ އާއި ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު