Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ

ހުޅުމީދޫއަށް ބޭރުން ގެންނަންޖެހޭ ބަޔަކު ނެތް، ރަށަށް ގެންނަންވީ ރައްޔިތުން: ރައީސް

9 މާރިޗު 2019 | ހޮނިހިރު 07:50

ހުޅުމީދޫ ޓޫރިޒަމަށް ފައްކާ ކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 މާރިޗު 2019 | ހޮނިހިރު 07:50
އިލްޔާސް ލަބީބުގެ ކެމްޕެއިންގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

އިލްޔާސް ލަބީބުގެ ކެމްޕެއިންގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

އިލްމީ ގާބިލު ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީ ހުޅުދޫމީދޫއަށް ބޭރުން ގެންނަންޖެހޭ ބަޔަކު ނެތް ކަމަށާއި ނަމަވެސް ރަށުގެ ރައްޔިތުން އަނބުރާ އެ ރަށަށް އައިސް ދިރިއުޅެވޭނެ ގޮތް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށަށް ނިސްބަތްވާ ޑޮކްޓަރުންނާއި ގާނޫނީ ވަކީލުންގެ އިތުރުން އިލްމީ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. އެ ރަށުގެ ތަރައްގީއަށް ރަށުން ބޭރުން ގެންނަންޖެހޭނެ ބަޔަކު ނެތް ކަމަށާއި އަމާޒަކީ އެފަދަ އިލްމީ ބޭފުޅުން އެ ރަށުގެ ތަރައްގީއަށްޓަކާ އެ ރަށަށް އެނބުރި އައިސް، މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެން އެބަޖެހޭ އަނބުރާ އެ ބޭފުޅުންނަށް ރަށަށް އައިސް، މިތަނުގައި ދިރިއުޅެވޭނެ ގޮތްތަކެއް ހަދަން. އެބަ ހުރި ފްލެޓުތަކެއް ހަދާފައި. ކާކުތޯ އަންނާނީ އެތަނަށް، މިތަނުގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތިއްޔާ. އަޅުގަނޑުމެން އެބަޖެހޭ އެއާ ދޭތެރޭގައި ވިސްނަން،" ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމަށް ފަހު، ފުރަތަމަ ފަހަރަށް ހުޅުދުއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވިއެވެ.

"މި ރަށުގެ ރައްޔިތުން އަނބުރާ މި ރަށަށް އައިސް ދިރިއުޅެވޭނެ ގޮތްތަކެއް ހަދައި ދިނުމަށްޓަކާ މަސައްކަތްތަކެއް އެބަޖެހޭ މިތާ ފެއްޓެން. ޑޮކްޓަރުން އެބަ ތިއްބެވި. ޓީޗަރުން އެބަ ތިއްބެވި. ގާނޫނީ ވަކީލުން އެބަ ތިއްބެވި. މި ރަށަށް މި ރަށުގެ ތަރައްގީއަށްޓަކާ ބޭރުން ގެންނަންޖެހޭނެ އެއްވެސް މީހަކު ނެތް. އަމިއްލައަށް އޭގެ ޒާތުގައި ދިރިއުޅެވޭ ކަމަށްވަންޏާ، ކުރިއަށްދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އިރާދަ ކުރެއްވިއްޔާ، މި ރަށުގައި އެކަން ފަހިކޮށްދިނުން."

އައްޑޫ ސިޓީގެ އެހެން ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫ ތަރައްގީ ކުރުމުގައި ހާއްސަ ގޮތްތަކެއް ހަދަންޖެހޭ ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސިޓީ ކައުންސިލްގެ ހިދުމަތްތަކާއި ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކާއި މަގުތަކާއި ބަނދަރު ހަދައި ހުއްޓިފައިވާ އެ ރަށުގެ މިފްކޯ މަސް ފެކްޓްރީގެ ހިދުމަތް ފަށަންޖެހޭ ކަމަށެވެ.

ހުޅުމީދޫގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަކީ ދިރުއުޅެން ބޭނުން ނުވާތަނަކަށް ވަންޏާ، އެތަން ބޭނުން ކުރެވޭނެ ގޮތް ހަދަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފްލެޓްތައް ގެސްޓްހައުސެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފާހަގަ ކުރައްވައި ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ހުޅުމީދޫއަކީ ޓޫރިޒަމަށް ފައްކާވެފައި އޮތް ރަށަކަށް ހެދުން ކަމަށެވެ.

"ފްލެޓުތަކަކީ ދިރިއުޅެން ބޭނުން ނުވާ ތަނަކަށް ވަންޏާ، އޭގެ ބޭނުން އެހެން ގޮތަކަށް ހިފޭނެ ގޮތް އެބަޖެހޭ ހަދަން. ގެސްޓްހައުސް އެޅިދާނެ. މިއީ ކުރެވިދާނެ ކަންތައް. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން މި ދަނީ ވިސްނަމުން. އިރާދަ ކުރެއްވިއްޔާ މި ރަށަކީ ގެސްޓްހައުސާއި ޓޫރިޒަމަށް ފައްކާވެފައި އޮތް ރަށަކަށް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ހުޅުމީދޫ ދާއިރާއަށް ވާދަ ކުރައްވާ އިލްޔާސް ލަބީބު މަޖިލީހަށް އިންތިހާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވީ އިލްޔާސަކީ އެމަނިކުފާނުގެ ބައިވެރިއެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބު ކުރަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އިލްޔާސަށް ދޭ ވޯޓަކީ ގެއްލިގެންދާނެ ވޯޓެއް ނޫން ކަމަށެވެ.

އިލްޔާސް ލަބީބު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމީދޫ ދާއިރާގެ ގޮނޑި ފުރުއްވާފައެވެ. ނަމަވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި އިލްޔާސް ނާކާމިޔާބުވެވަޑައިގެންނެވީ ހުޅުދޫ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)އާ ވާދަ ކުރައްވައި 109 ވޯޓުގެ ތަފާތުންނެވެ. އިލްޔާސަށް އެފަހަރު ލިބިވަޑައިގެންނެވީ 943 ވޯޓެވެ. ޝާޑު ވަނީ 1052 ވޯޓު ހޯއްދަވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް